ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ގދ.ގޮފި ހިންގަމުންދާ ޢިމާރާތާއި ގޯތިތެރެ ފޮޅާ ސާފުކުރުން
(IUL)196-C/1/2022/59 :ނަންބަރު
އިޢުލާން
މި އޮފީހަށް 03 (ތިނެއް) އަހަރު ދުވަހުގެ މުއްދަތަށް، މިއޮފީހުގެ ގދ.ގޮފި ހިންގަމުންދާ ޢިމާރާތާއި ގޯތިތެރެ ފޮޅާ ސާފުކުރުމާއި ގޮފިން ބަހަންޖެހޭ ސިޓީ ފަދަ ތަކެތި ބަހައިދިނުމާއި އެހެނިހެން މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
• ބީލަމުގައި ރަޖިސްޓްރީވުމާއި މަޢުލޫމާތު ދިނުން: 13 އޮކްޓޫބަރު 2022، 10:00 އަށް
• ބީލަން ހުށަހެޅުމާއި ހުޅުވުން: 25 އޮކްޓޫބަރު 2022، 10:00 އަށް
ވީމާ، މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް މިއޮފީހުގެ ގދ. ގޮތްޕަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. ބީލަމުގައި ރަޖިސްޓްރީ ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ. އަދި އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 10:00 ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ. ބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް އެޓޭޗް ކުރެވިފައިވާނެވެ.
ނޯޓު: މަޢުލޫމާތު ސާފުކުރެއްވުމަށް ނުވަތަ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ވާނަމަ، މަޢުލޫމާތު ސާފުކުރެއްވުމަށް ނުވަތަ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ޖެހިގެން އަންނަ ރަސްމީ ދުވަހުއެވެ.
09 ރަބީޢުލްއައްވަލް 1444
05 އޮކްޓޫބަރު 2022
ހޯދާ