ދިވެހިރާއްޖެ
ިކުންފުނީގެ ފަރާތުންދޭ މައުލޫމާތާއި އެއްގޮތްވާގޮތުގެ މަތިން، މިކުންފުނީގެ HPE 3PAR 8200 2N+SW ސްޓޯރޭޖް ސިސްޓަމް އަޕްގުރޭޑްކޮށް، ކޮންފިގަރޭޓް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއެވެ. ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވާލާއި އެއްގޮތަށް މައުލޫމާތު ސާފުކުރެއްވުމަށްފަހު އަގު ހުށައެޅުއްވުން އެދެމެވެ.
ތަން |
ގަޑި |
ތާރީހް |
ތަފްސީލް |
އެމް.ޑަބްލިޔު.އެސް.ސީ (ކަސްޓަމާރ ސާރވިސް ބިލްޑިންގ، 6 ވަނަ ފަންގިފިލާ) |
11:00 |
10 އޮކްޓޯބަރ 2022 |
މައުލޫމާތު ސާފުކުރުން |
އެމް.ޑަބްލިޔު.އެސް.ސީ (ކަސްޓަމާރ ސާރވިސް ބިލްޑިންގ، 6 ވަނަ ފަންގިފިލާ) |
11:00 |
17 އޮކްޓޯބަރ 2022 |
އަގު ހުށައެޅުން |
ބީލަމުގައި ބައިވެރިވުމަށް ފުރިހަމަ ވާންޖެހޭ މުހިންމު ޝަރުތުތައް:
- މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓް އިން ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށްވުން.
- މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގައި ޖީ.އެސް.ޓީ އައް ރެޖިސްޓްރީ ވެފައިވާ ފަރާތަކަށްވުން.
- ފާއިތުވެދިޔަ ހަމަހުގެ މީރާ ޓެކްސް ކުލިޔަރެންސް ރިޕޯޓް އޮތް ފަރާތަކަށްވުން.
- އެޗް.ޕީ.އީ މެނުފެކްޗަރަރ އޮތޮރައިޒޭށަން ލެޓާރ އޮތް ފަރާތަކަށްވުން.
ނޯޓް: އަގު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ. އަގު ހުށަހަޅުއްވާއިރު ކުންފުނީގެ ރަޖިސްޓްރީ، ޖީ.އެސް.ޓީ ސެޓްފިކެޓްގެ ކޮޕީ، މީރާ ޓެކްސް ކުލިޔަރެންސް ރިޕޯޓް އަދި އެޗް.ޕ.ީއީ މެނުފެކްޗަރަރ އޮތޮރައިޒޭށަން ލެޓާރ ބިޑާއި އެއްކޮށް ހުށަހަޅަން ވާނެއެވެ.
ލޯކަލް ޕްރޮކިއުމަންޓް ޑިޕާޓްމަންޓް