ދިވެހިރާއްޖެ
ތިރީގައިވާ މަޤާމަށް މީހަކު ބޭނުންވެއްޖެ
މަޤާމު: |
އެސިސްޓެންޓް ރެޖިސްޓްރަރ |
ސެކްޝަން |
ރަޖިސްޓްރޭޝަން |
ބޭނުންވާ އަދަދު: |
1 (އެކެއް) |
ރޭންކް: |
LS5 |
މަޤާމުގެ ޝަރުޠު: |
1- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ޝަރީޢަތާއި ޤާނޫނު ނުވަތަ ޝަރީޢާ ނުވަތަ ޤާނޫނުން، ދިވެހިރާއްޖޭގެ ޤަޢުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ލީގަލް އޮފިސަރ- އެލް.އެސް-4 ގެ މަޤާމުގައި ނުވަތަ އެފެންވަރުގެ މަޤާމެއްގައި 9 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ، 2- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ޝަރީޢަތާއި ޤާނޫނު ނުވަތަ ޝަރީޢާ ނުވަތަ ޤާނޫނުން، ދިވެހިރާއްޖޭގެ ޤަޢުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލެ 7 ނުވަތަ 8 އަދި ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ލީގަލް އޮފިސަރގެ އެލް.އެސް-4 ގެ މަޤާމުގައި ނުވަތަ އެފެންވަރުގެ މަޤާމެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: |
|
މުސާރަ: |
-/13,065 (ތޭރަހާސް ފަސްދޮޅަސް ފަސްރުފިޔާ) |
އެލަވަންސްތަކާއި ޢިނާޔަތްތައް: |
ސަރވިސް އެލަވަންސްގެގޮތުގައި މަހަކު -/ 3000 ރުފިޔާ (ތިންހާސް ރުފިޔާ) އާއި، ހަމަޖެހިފައިވާ އުސޫލުން ޖުޑީޝަލް އެލަވަންސްގެގޮތުގައި މުސާރައިގެ %60 އާއި، އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި |
1. ވަޒީފާއަށް އެދޭ ފޯމް. 2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. 3. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ (އެޓެސްޓްކޮށް، ތައްގަނޑު ޖަހާފައިވާ ކޮޕީ) 4. ސްކޫލް ލީވިންގ ސެޓްފިކެޓުގެ ފޮޓޯ ކޮޕީ (ސްކޫލް ނިންމުމަށްފަހު ވަޒީފާއާ ގުޅޭ މީހުންނާއި، GS3 ރޭންކުން ފެށިގެން ދަށުގެ ވަޒީފާތަކަށް ކުރިމަތިލާ މީހުން) 5. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) 6. ވަޒީފާ އަދާކުރާނަމަ، ވަޒީފާގައި އުޅޭ ނުވަތަ އުޅުނުކަމުގެ ލިއުން (ވަޒީފާގެ ކްލެސިފިކޭޝަނާއި މުސާރަ އެނގޭގޮތަށް) 7. ބޮންޑެއް އޮތް ފަރާތެއްނަމަ ވަޒީފާއިން ދޫކުރައްވާނެކަމުގެ ލިޔުން. |
ސުންގަޑި |
12 ނޮވެންބަރު 2014 ގެ 14:00 |
އިތުރު މަޢުލޫމާތު | ވަޒީފާއަށް އެދި ފުރިހަމަކުރަންޖެހޭ ފޯމް ހައިކޯޓުގެ ކައުންޓަރުން ލިބޭނެއެވެ. އަދި ހައިކޯޓުގެ ވެބްސައިޓުން (www. highcourt.gov.mv) ޑައުންލޯޑް ކުރެވޭނެއެވެ. އިތުރު މައުލޫމާތު ހޯދުމަށް 3325029 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. |
ނޯޓު | މަތީގައިވާ މަޤާމުގެ އިންޓަރވިއުއަށް ދަޢުވަތުދެވޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. |
04 މުޙައްރަމް 1436