އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު ބެލެހެއްޓުމާ ބެހޭ ޤަވާޢިދާ ގުޅޭ

އިޢުލާން

 

                    ބަނދަރު ބެލެހެއްޓުމާ ބެހޭ ގަވާއިދު ނަންބަރު 2022/R-115 ވަނީ 2022 ޖުލައި 06 ވަނަ ދުވަހު ގެޒެޓްކުރެވިފައެވެ. 

                  މިގަވާއިދުގެ 02 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން އއ.މަތިވެރީގެ ބަނދަރުގެ ސަރަޙައްދާއި ބަނދަރާ ގުޅޭ ފަޅުގެ ސަރަޙައްދު ކަނޑައަޅާ ޗާޓް، މިއިޢުލާނާއެކު އާންމުކުރަމެވެ. 

                  މިގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މިގަވާއިދު ތަންފީޛުކުރުމުގެ ގޮތުން ކައުންސިލުން ކަނޑައަޅާ ކަންކަން މިއިޢުލާނާއެކު އާންމުކުރަމެވެ.  

-          ބަނދަރުގައި އުޅަނދުފަހަރު އަޅަންވީގޮތްތައް އަންގައިދޭ ބޯޑު މިހާރުވާނީ އެސަރަހައްދު ވަކިވާގޮތަށް ހަރުކުރެވިފައެވެ.

-          އެއުޅަނދެއް އެޅުމަށް ނުވަތަ ފައްތިޔަ ކުރުމަށް ހަމަޖެއްސިފައިވާ ސަރަހައްދު ނޫން ސަރަޙައްދެއްގައި އޮންނަ ނަމަ އެކަން އެއުޅަނދެއްގެ އޮޑިވެރިޔާއަށް ނުވަތަ ޒިންމާނަންގަވާ ފަރާތަކަށް އެންގުމަށްފަހު ގަވާއިދުގެ 28 ވަނަ މާއްދާގައި ވާގޮތުގެ މަތިން ނަސޭހަތް ދިނުން، ދެވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމަ -/500 (ފަސްސަތޭކަ) ރުފިޔާއާއި -/1000 (އެއްހާސް) ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން، ތިންވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމަ، -/3000 (ތިންހާސް) ރުފިޔާއާއި -/5000 (ފަސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން. އަދި ހަތަރު ފަހަރަށް ވުރެ އިތުރަށް ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު -/5000 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އިޚްތިޔާރު، މި ގަވާއިދުގެ ދަށުން މިކައުންސިލަށް ނުވަތަ ބަނދަރު ބެލެހެއްޓުމަށް ކައުންސިލުން ހަވާލުކުރާ ފަރާތަށް ލިބިގެންވެއެވެ.

-          ކައުންސިލުން ގަވާއިދާ ޚިލާފަށް އަޅާފައިވާ އުޅަނދުނެގުމަށް އަނގަބަހުން އެންގުމަށްފަހު، އުޅަނދު ނުނަގާފިނަމަ ދެން އުޅަނދު ނެގުމަށް އަންގާ ސްޓިކާ އުޅަނދުގައި ތަތްކުރުމަށްފަހު އެކަން އުޅަނދުގެ ވެރިފަރާތަށް ނުވަތަ ޒިންމާ ނަންގަވާ ފަރާތަށް އެންގޭނެއެވެ. މިގޮތުންވެސް އުޅަނދު ނުނަގާނަމަ މި ގަވާއިދުގެ 28 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ޖޫރިމަނާ ކުރެވެމުންދާނެއެވެ.

-          ކައުންސިލުން އުޅަނދެއް ނެގުމަށް އެންގުމާއިއެކު އެ މައުލޫމާތު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އެންގޭނެއެވެ. އަދި ކުރެވޭ ޖޫރިމަނާގެ މައުލޫމާތުވެސް ހިއްސާކުރެވޭނެއެވެ.

                  މިހެންކަމުން މިގަވާއިދުގައިވާ ގޮތުގެ މަތިން މިހާރު ބެހެއްޓިފައިވާ ބޯޑުތަކާއި އެއްގޮތަށް 2022 އޮކްޓޯބަރ 9 ވާ އާދިއްތަ ދުވަހުގެ އިރުއޮއްސި 18:00 ގެ ކުރިން އުޅަނދުތައް އަޅާ ނުވަތަ ފައްތިޔަކޮށް އިސްލާހުކުރުމަށް އަންގަމެވެ. އަދި އޭގެ ފަހުން މިގަވާއިދާ އެއްގޮތަށް ފިޔަވަޅުއެޅޭނެއެވެ. އަދި 10 މީޓަރުން ދަށުގެ އުޅަނދުފަހަރުގެ ތެރެއިން ފައްތިޔަ ނަގާފައިނުވާ ފަރާތްތަކުން ވީ އެންމެ އަވަހަކަށް ރަސްމީ ގަޑީގައި ކައުންސިލަށްދުރުވެ ފައްތިޔަ ގުރު ނެންގެވުމަށް ދަންނަވަމެވެ. އަދި ފައްތިޔަ ނަންގަވާފައިވާ ފަރާތްތަކުގެ ލިސްޓް އާންމުކުރަމެވެ.

                     މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

                  08 ރަބީޢުލްއައްވަލް 1444

                  04   އޮކްޓޫބަރު  2022

04 އޮކްޓޫބަރު 2022
ހޯދާ