ޑްރަގް ކޯޓު
ދިވެހިރާއްޖެ
ކޯޓް އެޑްމިނިސްޓްރޭޓަރ

މި ކޯޓުގެ ނަންބަރު IUL) 435-A1/435/2014/7  (ސެޕްޓެންބަރު، 1، 2014) އިޢުލާނަށް އެކަށީގެންވާ ފަރާތްތަކުން ކުރިމަތިލައްވާފައިނުވާތީ، އެ އިޢުލާނު ބާޠިލުކޮށް އެ މަޤާމަށް އަލުން އިޢުލާނު ކުރަމެވެ.

 

ވަޒީފާގެ ފުރުސަތު

ނަންބަރު: IUL) 435-A1/1/2014/52

ތާރީޚް:  30 އޮކްޓޫބަރު 2014

މަޤާމު

ކޯޓް އެޑްމިނިސްޓްރޭޓަރ

ރޭންކް: އީ.އެކްސް 1

އަދަދު

1

މަސައްކަތްކުރަންޖެހޭ ތަން

ޑްރަގް ކޯޓު

އަސާސީ މުސާރަ

-/8,835 ރުފިޔާ

އެލަވަންސް

- ސަރވިސް އެލަވަންސް -/2,000 ރުފިޔާ

- ޖުޑީޝަލް އެލަވަންސް: މުސާރައިގެ %40

- ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

އަސާސީ ޝަރުޠު

- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން މާސްޓަރސް ޑިގްރީ ހާސިލުކޮށްފައިވުން. ނުވަތަ،

- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، MS-4 ރޭންކުގައި، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތުތައް

- ޤަވާޢިދު ނަންބަރު 2012/R-15 (ޑްރަގް ކޯޓުގެ ޤަވާޢިދު) ގެ 22 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކޮށްފައިވާ މަސްޢޫލިއްޔަތުތައް.

ހުށަހަޅަންޖެހޭ ތަކެތި

 

 

1- ވަޒީފާއަށް އެދޭ ފޯމް.

2- ކުރިމަތިލާ ފަރާތުގެ ވަނަވަރު.

3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

4- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

5- ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހެއްއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާގެ ރޭންކް އެނގޭނެފަދަ ރަސްމީ ލިޔުމެއް. (އަދާކުރި ވަޒީފާގެ ރޭންކަކީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ވަޒީފާގެ އޮނިގަނޑުން ކޮން ރޭންކެއްކަން މި ލިޔުމުގައި އެނގެން އޮންނަންވާނެއެވެ.)

ސުންގަޑި

2014 ނޮވެންބަރު 10 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން ޑްރަގް ކޯޓަށް ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު

 

 

- މި މަޤާމަށް ހޮވާނީ ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއު އިންނާއި ޕްރެކްޓިކަލް ޓެސްޓުން 70% އަށްވުރެ މަތީ މާރކްސް ލިބޭ ފަރާތްތަކެވެ.

- މި މަޤާމަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ ވަޒީފާއަށް އެދޭ ފޯމް، މި ކޯޓުގެ ކައުންޓަރުންނާއި ވެބްސައިޓް www.drugcourt.gov.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް މި ކޯޓުގެ ނަންބަރު 3018556 ފޯނަށް ގުޅުން އެދެމެވެ.

ނޯޓް:

- މަތީގައިވާ މަޤާމުގެ އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުތު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެންމެމަތިން މާކްސް ލިބިފައިވާ ފަރާތްތަކަށެވެ.

30 އޮކްޓޫބަރު 2014
ހޯދާ