ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
"ތަރޑް އެޑިޝަން އޮފް ދަ ނެޝަނަލް ޓްރައިބަލް ޑާންސް ފެސްޓިވަލް އޮން ދި އޮކޭޝަން އޮފް ޓްވެންޓީ ސެކަންޑް ފައުންޑޭޝަން ޑޭ އޮފް ދަ ޗަތިސްގަރް، އިންޑިއާ" ގައި ބައިވެރިވުމުގެ ފުރުޞަތު
އިންޑިއާ ސަރުކާރުން އިންތިޒާމް ކުރައްވައިގެން މި އަހަރުގެ ނޮވެމްބަރު މަހުގެ 01 ން 03 ށް ބޭއްވުމަށް ހަމަޖެހިފައިވާ ސުރުޚީގައި ދަންނަވާފައިވާ ފެސްޓިވަލްގައި ބައިވެރިވެވަޑައިގަތުމުގެ ފުރުޞަތު ދިވެހިރާއްޖޭގެ ގްރޫޕަކަށް ވަނީ ލިބިފައެވެ.
އެގޮތުން މި ޑާންސް ފެސްޓިވަލްގައި ބައިވެރިވެވަޑައިގަންނަވާ ގްރޫޕަކަށް އިންޑިއާ ސަރުކާރުގެ ފަރާތުން ދެކޮޅު ޓިކެޓް، އެކޮމޮޑޭޝަން އަދި ލޯކަލް ޓްރާންސްޕޯޓޭޝަން ހަމަޖައްސަވައި ދެއްވާނެކަން އިންޑިއާ ހައިކޮމިޝަނުން ވަނީ އަންގަވާފައެވެ.
ވީމާ، މި ފެސްޓިވަލްގައި ބައިވެރިވެރިވެވަޑައިގަތުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ގްރޫޕްތަކުން 10 އޮކްޓޯބަރު 2022 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް ސީވީ މެއިލް ކުރެއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3313456 ނަންބަރު ފޯނަށެވެ.
04 އޮކްޓޫބަރު 2022
ހޯދާ