ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
2022 ވަނަ އަހަރުގެ މަތީ ސާނަވީ (އެޗް.އެސް.ސީ) އިމްތިހާނުގެ ޖަވާބު ކަރުދާސް މާކު ކުރާނެ އެގްޒެމިނަރުން، އޮޑިޓަރުން، މޮޑަރޭޓަރުން އަދި މާކަރުން ހޯދުން

އިޢުލާން

       2022 ވަނަ އަހަރުގެ މަތީ ސާނަވީ (އެޗް.އެސް.ސީ) އިމްތިހާނުގެ ޖަވާބު ކަރުދާސް މާކު ކުރާނެ އެގްޒެމިނަރުން، އޮޑިޓަރުން، މޮޑަރޭޓަރުން އަދި މާކަރުން ހޯދުން 

2022 ވަނަ އަހަރުގެ މަތީ ސާނަވީ އިމްތިހާނުގެ ޖަވާބު ކަރުދާސް މާކުކުރާނެ އެގްޒެމިނަރުން، އޮޑިޓަރުން، މޮޑަރޭޓަރުން އަދި މާކަރުން ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމަށް އާންމުކޮށް އިޢުލާންކުރީމެވެ.

 ބޭނުންވާ އަދަދު:

މަޤާމް

ދިވެހި

އިސްލާމް

އެގްޒޭމިނަރ

01

01

އޮޑިޓަރ

02

02

މޮޑަރޭޓަރ

03

03

މާކަރ

15

15

 

 މަސައްކަތް   ކުރިއަށް ދާނެ   ތާރީޚްތަކާއި   ގަޑިތައް:

  1. އެގްޒެމިނަރުން، އޮޑިޓަރުން، މޮޑަރޭޓަރުން މާކިންގ ސްކީމް ފައިނަލް ކުރުން:

  22 އޮކްޓޫބަރ 2022 އިން 10 ނޮވެންބަރ 2022 އަށް (14:00 އިން 18:00 އަށް) 

  2. މާކިންގ ވާރކްޝޮޕް: 

  13 އިން 16 ނޮވެންބަރ 2022 އަށް (14:00 އިން 18:00 އަށް) 

  3. މާކިންގ: 

  19 ނޮވެންބަރ 2022 އިން 1 ޑިސެމްބަރ 2022 އަށް (14:00 އިން 18:00 އަށް)

 އުޖޫރަ:

  1. މާކިންގ ސްކީމް ފައިނަލް ކުރުމާއި މާރކިންގ ވާރކްޝޮޕް ހިންގައި ދިނުން: 12،000.00  (ބާރަހާސް) ރުފިޔާ
  2. އެގްޒޭމިނަރުގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުޖޫރައަކީ، އެ އަހަރަކު މާކުކުރާ މާކަރަކަށް ކަރުދާހަށް އެވްރެޖްކޮށް ޖެހޭ ޖުމުލަ ޢަދަދާއި މަސްއޫލިއްޔަތު އެލަވަންސް ގޮތުގައި -/5,000ރ (ފަސްހާސް ރުފިޔާ) އެވެ. އަދި ޑީ.ޕީ.އީގައި މާކިން  މަސައްކަތް ވޭތުވެދިޔަ 5 އަހަރުގެ ތެރެއިން 3 އަހަރު ކޮށްފައިވާނަމަ، ކޮންޓިނިއުޓީ އެލަވަންސްގެ ގޮތުގައި -/1,000ރ (އެއްހާސް ރުފިޔާ) އެވެ.  
  3. އޮޑިޓިންގ އެގްޒޭމިނަރެއްގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުޖޫރައަކީ، އެ އަހަރަކު މާކުކުރާ މާކަރަކަށް ކަރުދާހަށް އެވްރެޖްކޮށް ޖެހޭ ޖުމުލަ ޢަދަދާއި މަސްއޫލިއްޔަތު އެލަވަންސް ގޮތުގައި -/4,000ރ (ހަތަރުހާސް ރުފިޔާ) އެވެ. އަދި ޑީ.ޕީ.އީގައި މާކިން  މަސައްކަތް ވޭތުވެދިޔަ 5 އަހަރުގެ ތެރެއިން 3 އަހަރު ކޮށްފައިވާނަމަ، ކޮންޓިނިއުޓީ އެލަވަންސްގެ ގޮތުގައި -/1,000ރ (އެއްހާސް ރުފިޔާ) އެވެ.
  4. މޮޑަރޭޓިންގ އެގްޒޭމިނަރެއްގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުޖޫރައަކީ، އެ އަހަރަކު މާކުކުރާ މާކަރަކަށް ކަރުދާހަށް އެވްރެޖްކޮށް ޖެހޭ ޖުމުލަ ޢަދަދާއި މަސްއޫލިއްޔަތު އެލަވަންސް ގޮތުގައި -/3,000ރ (ތިންހާސް ރުފިޔާ) އެވެ. އަދި ޑީ.ޕީ.އީގައި މާކިން  މަސައްކަތް ވޭތުވެދިޔަ 5 އަހަރުގެ ތެރެއިން 3 އަހަރު ކޮށްފައިވާނަމަ، ކޮންޓިނިއުޓީ އެލަވަންސްގެ ގޮތުގައި -/1,000ރ (އެއްހާސް ރުފިޔާ) އެވެ.
  5. މާކަރުންނަށް ކަނޑައެޅިފައިވަނީ މާކުކުރާ ކޮންމެ ކަރުދާހަކަށް: 60.00 (ފަސްދޮޅަސް) ރުފިޔާ
  6. މާކިންގ މަސައްކަތް ވޭތުވެދިޔަ 5 އަހަރުގެ ތެރެއިން 3 އަހަރު ކޮށްފައިވާނަމަ، ކޮންޓިނިއުޓީ އެލަވަންސް ގޮތުގައި: 1,000.00 (އެއްހާސް) ރުފިޔާ

 ޝަރުޠު:

 އެގްޒަމިނަރ، އޮޑިޓަރ، މޮޑަރޭޓަރ ކަމަށް އެދޭ މީހުންގެ ޝަރުޠު:

  1. މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ބެޗްލަރސް ޑިގްރީ އެއް ޙާޞިލްކޮށްފައިވުން.
  2. ދެ އަހަރު ދުވަހުގެ މާކިންގ ތަޖުރިބާ ލިބިފައިވުން ނުވަތަ ސާނަވީ / މަތީ ސާނަވީ ސިލަބަހަށް 3 އަހަރު ދުވަހު ކިޔަވައިދިނުމުގެ ތަޖުތިބާ ލިބިފައިވުމާއެކު 3 އަހަރު ދުވަހުގެ މާރކިންގ ތަޖުރިބާ ލިބިފައިވުން.

 މާކުކުރުމަށް އެދޭ މީހުންގެ ޝަރުޠު:

  1. މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލްކޮށްފައިވުން.
  2. ސާނަވީ / މަތީ ސާނަވީ ސިލަބަހަށް 2 އަހަރު ދުވަހު ކިޔަވައިދިނުމުގެ ތަޖުތިބާ ލިބިފައިވުން ނުވަތަ ވޭތުވެދިޔަ ދެ އަހަރު (މެދުނުކެނޑި) މާކުކުރަން އެދޭ މާއްދާގެ އިމްތިޙާނު މާކުކޮށްފައިވުން.

 މަސްޢޫލިއްޔަތު:

 1-  2022 ވަނަ އަހަރު އޮކްޓޯބަރ / ނޮވެމްބަރ ގައި އޮންނަ މަތީ ސާނަވީ އިމްތިޙާނުގެ ނަތީޖާ   ނެރުމަށްޓަކައި އެކުލަވާލާ ޓީމުގައި އެގްޒޭމިނަރުން،އޮޑިޓަރުން، މޮޑަރޭޓަރުން ގެ ގޮތުން ބައިވެރިވެ، މާކިންގ ގެ   އިސްޓީމުގެ ލަފަޔާ އިރުޝާދުގެ ދަށުން އެ އިމްތިޙާނުގެ މާކިންގ ސްކީމް ފައިނަލްކުރުމާއި މާކަރުންގެ   ވާކްޝޮޕް  ބޭއްވުމާއި މާކިން މަސައްކަތް ބެލެހެއްޓުމާއި ދޭންޖެހޭ ލަފާދިނުމާއެކު ނިންމަންޖެހޭ ނިންމުންތައް   ނިންމުން.

  2- މާކަރުން: 2022 ވަނަ އަހަރު އޮކްޓޯބަރ / ނޮވެމްބަރ ގައި އޮންނަ މަތީ ސާނަވީ އިމްތިޙާނުގެ ނަތީޖާ   ނެރުމަށްޓަކައި އިސްޓީމުގެ ލަފަޔާ އިރުޝާދުގެ ދަށުން ދަރިވަރުންގެ ޖަވާބު ކަރުދާސްތައް މާކުކުރުން

މީހުން ހޮވުމުގައި ކަނޑައަޅާ ކްރައިޓީރިއާ:

  1. ތަޢުލީމީ ފެންވަރު:     % 30
  2. ކިޔަވައި ދިނުމުގެ ތަޖުރިބާ: %20   
  3. މަސައްކަތު ތަޖުރިބާ:    % 50   

އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

  1. އެގްޒެމިނަރުން، އޮޑިޓަރުން، މޮޑަރޭޓަރުން ކަނޑައަޅާނީ މާކަކުރުމުގެ މަސައްކަތަށް އެދޭ ފޯމުން އެންމެމަތިން ޕޮއިންޓް ލިބޭފަރާތްތަކުގެ ތެރެއިން އެ އަހަރަކަށް ކަނޑައަޅާފައިވާ އަދަދަށް.
  2. މާކަރުން ކަނޑައަޅާނީ މާކަކުރުމުގެ މަސައްކަތަށް އެދޭ ފޯމުން ކަނޑައެޅިފައިވާ ޕޮއިންޓާއި 4 ދުވަހުގެ މާކިންގ ވާރކްޝޮޕް ފުރިހަމަ ކުރުމުން ލިބުނު ޕޮއިންޓް ޖުމްލަ ކުރުމުން އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތަކުގެ ތެރެއިން އެ އަހަރަކަށް ކަނޑައަޅާފައިވާ އަދަދަށް.

ހުށަހަޅަންޖެހޭ ތަކެތި:

  1. މާކުރުމުގެ މަސައްކަތަށް އެދޭ ފޯމު
  2.  ދާއިރާއިން ލިބިފައިވާ އެންމެމަތީ ތަޢުލީމީ ސެޓްފިކެޓުގެ ކޮޕީ
  3. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިއުންތައް
  4. ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ 1 މަސް ހަމަނުވާ ލިއުންތައް
  5.  ވަނަވަރު
  6. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ

ސުންގަޑި:

 2022 އޮކްޓޫބަރު 12 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން

އެދެންވީ ގޮތް:

  • ޝައުޤުވެރިވާ ފަރާތްތަކުން މިކަމަށް ޚާއްޞަ ކުރެވިފައިވާ "މާކަކުރުމުގެ މަސައްކަތަށް އެދޭ ފޯމު" ފުރިހަމަ ކުރެއްވުމަށް ފަހު، ހުށައަޅަންޖެހޭ ޑޮކިއުމަންޓްތަކާއެކު ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން (ހ. އަސްރަފީވިލާ، 2 ވަނަ ފަންގެފިލާ، މަޖީދީމަގު) ނުވަތަ އީ މެއިލް މެދުވެރިކޮށް [email protected] އަށެވެ.
  • މާކުރުމުގެ މަސައްކަތަށް އެދޭ ފޯމު މި ޑިޕާޓްމަންޓް ގެ ކައުންޓަރުންނާއި ވެބްސައިޓުން www.dpe.edu.mv ލިބެން ހުންނާނެއެވެ.
  • އިތުރު މައުލޫމާތު ހޯއްދެވުމަށް 4003999 ނުވަތަ 7957373 ގުޅުއްވުން އެދެމެވެ.
04 އޮކްޓޫބަރު 2022
ހޯދާ