ދިވެހިރާއްޖެ
ލ. އުވަދެވިފުށި (ބަރެސްދޫގެ އުތުރު) ވަގުތީގޮތުން ބެލެހެއްޓުން ޙަވާލުކުރުމާއި ގުޅޭ:
ލ. އުވަދެވިފުށި (ބަރެސްދޫގެ އުތުރު) ވަގުތީގޮތުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި އިދާރާގެ ބަންބަރު (IUL)240-ADS/240/2022/26 (14 އޭޕްރީލް 2022) އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ ފޯމުތައް ފުރިހަމަ ނުވާތީ އެ އިޢުލާނު ބާތިލްކޮށް އަލުން އެ ފުރުޝަތު ހުޅުވާލަމެވެ.
# |
ރަށް |
ބިޑު ހުށަހެޅުމާއި ބިޑު ކެނޑުން |
01 |
އުވަދެވިފުށި ( ބަރެސްދޫގެ އުތުރު) |
16 އޮކްޓޫބަރު 2022، އާދީއްތަ ދުވަހުގެ 11:00 |
ވީމާ ލ. އުވަދެވިފުށި (ބަރެސްދޫގެ އުތުރު) ވަގުތީގޮތުން ބެލެހެއްޓުމަށް ޝައުގުވެރިވެލައްވާ ފަރާތް ތަކުން ކުލި ބަޔާން ކުރުމާއެކު ފަޅުރަށް ވަގުތީގޮތުން ބެލެހެއްޓުން ހަވާލުވުމަށް އެދި ހުށަހަޅާ ފޯމު ފުރިހަމަ ކުރައްވައިގެން 16 އޮކްޓޫބަރު 2022 ވާ އާދީއްތަ ދުވަހު 11:00 އަށް މި ކައުންސިލް އިދާރާއަށް ވަޑައިގެން ދެއްވުމަށް ދައުވަތު އަރުވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަންބަރު 6800713 ފޯނާއި ގުޅުއްވުން އެދެމެވެ. މިކަމާއި ގުޅޭ މަޢުލޫމާތު ކަރުދާސް އަދި ފަޅުރަށް ވަގުތީ ގޮތުން ބެލެހެއްޓުން ހަވާލުވުމަށް އެދި ހުށަހަޅާ ފޯމު މި އިޢުލާނާއި އެއްކަރުދާސް ކުރެވިފައިވާނެވެ.