ދިވެހިރާއްޖެ
މި އިދާރާގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަނުގެ ކުނީގެ މަސައްކަތުގައި ބޭނުންކުރަމުން ގެންދިޔަ 200 ގެ އެކްސްކަވޭޓަރެއް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި މިއިދާރާގެ ނަންބަރު: IUL)425-CB/1/2014/195)ފ(01 އޮކްޓޯބަރ 2014) އިޢުލާނާ ގުޅިގެން އަގު ހުށަހެޅުމަށް ހާޒިރުވި ފަރާތްތަކުގެ އަދަދު މަދުކަމަށް ފެންނާތީ އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާންކުރަމެވެ.
ވީމާ، 200 ގެ އެކްސްކަވޭޓަރ މަރާމާތު ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށްފަހު މިއިދާރާއަށް އަގު ހުށަހެޅުއްވުން އެދެމެވެ.
ތަފުސީލު |
ތާރީޚު |
ތަން |
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފުކުރެއްވުމަށް |
12 ނޮވެންބަރު 2014 |
މާލޭ ސިޓީ ހޯލް |
ބުދަ |
11:30 |
އަގު ހުށަހެޅުއްވުމަށް |
20 ނޮވެންބަރު 2014 |
މާލޭ ސިޓީ ހޯލް |
ބުރާސްފަތި |
14:00 |
އަގު ހުށަހަޅުއްވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި މި އިޢުލާން ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. ކަނޑައެޅިފައިވާ ގަޑިއަށް މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކާއި ގަޑިޖެހިގެން ހާޒިރުވާ ފަރާތްތަކުގެ ބިޑް ބަލައެއްނުގަނެވޭނެއެވެ.
03 މުޙައްރަމް 1436