ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.
|
މަޤާމު
|
ޖެނެރަލް މެނޭޖަރ (މެއިންޓެނެންސް އެންޑް އިންޖިނިއަރިންގ)
|
ޑިޕާޓްމަންޓް
|
މެއިންޓަނެންސް އެންޑް އިންޖިނިއަރިންގ ޑިޕާޓްމަންޓް
|
މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން
|
ޖެނެރަލް މެނޭޖަރ
|
މުސާރައާއި ޢިނާޔަތްތައް
|
މަހަކު -/33,000 އާއި -/35,000 ރުފިޔާއާއި ދެމެދު (ހާސިލުކޮށްފައިވާ ތައުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)
|
ވަޒިފާ އަދާކުރަންޖެހޭ ތަން
|
ކ. މާލެ
|
ބޭނުންވާ އަދަދު
|
01
|
ޝަރުޠު
|
- އޮޓޯ މޮބައިލްސް ނުވަތަ މެކޭނިކަލް އިންޖިނިއަރިންގ ނުވަތަ ގުޅުންހުރި ދާއިރާއިން ޤައުމީ ސަނަދުތަކުގެ އޮނުގަނޑުލެވެލް 9 (މާސްޓަރސް ޑިގްރީ) ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 05 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
- އޮޓޯ މޮބައިލްސް ނުވަތަ މެކޭނިކަލް އިންޖިނިއަރިންގ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7/8 (ޑިގްރީ) ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 10 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން
- އޮޓޯ މޮބައިލްސް ނުވަތަ މެކޭނިކަލް އިންޖިނިއަރިންގގެ ދާއިރާއިން ހިންގިފައިވާ އެކިއެކި މަޝްރޫޢުތަކުގެ މަސައްކަތު ތަޖުރިބާ ލިބިފައިވާ ފަރާތަކަށް އިސްކަން ދެވޭނެއެވެ.
- އިނގިރޭސި ބަހާއި ދިވެހި ބަހުން ފަރިތަކޮށް މުޢާމަލާތް ކުރަން އެނގުން،
- އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތެއްކަމުގައިވުން،
- މަޤާމުގެ މަސްއޫލިއްޔަތު އަދާ ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން.
|
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ކޯޕަރޭޝަނުގައި ބޭނުންކުރާ އުޅަނދުތަކަށް ބޭނުންވާ މަރާމާތާއި މެއިންޓަނަންސްގެ މަސައްކަތްތައް ވަކި ތާވަލެއްގެ ދަށުން ކުރުމާއި ކޯޕަރޭޝަންގެ މަސައްކަތްތައް ނުހުއްޓި ކުރިއަށް ގެންދިއުމަށް ބޭނުންވާ މެޝިންތަކާއި އާލާތްތަކާއި ވަސީލަތްތައް ބެލެހެއްޓުން،
- ކޯޕަރޭޝަނަށް ބޭނުންވާ ވޯކްޝޮޕްތަކާއި އިމާރާތްތަކާއި އަދި އެހެނިހެން ވަސީލަތްތައް މަރާމާތު ކުރުމުގެ މަސައްކަތް ކުރުމާއި ކޯޕަރޭޝަންގެ ސްޕެއަރ އިންވެންޓްރީ ބެލެހެއްޓުން،
- މެއިންޓަނަންސާއި ގުޅުންހުރި ސިޔާސަތުތައް އެކުލަވައިލުމާއި މަސައްކަތް ކުރައްވާ މުވައްޒަފުންނާއި ވަސީލަތްތަކާއި ބޭނުންކުރާ އާލާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވައިލުން
- ބޭނުންކުރާ އެއްގަމާއި ކަނޑުގެ އުޅަނދާއި މެޝިންތަކާއި އެހެނިހެން އާލާތްތަކާއި ވަސީލަތްތައް އިންސްޕެކްޓް ކުރުމާއި އަދި ބޭނުންކުރެވޭ ފަދަ ރަނގަޅު ހާލަތެއްގައި ހުރިތޯ ޔަގީންކުރުމާއި ލޮގް ބެލެހެއްޓުން
- ކޯޕަރޭޝަން ހިންގުމުގައި ބޭނުންވާ ޕްލޭންތައް ތައްޔާރުކުރުމާއި އެ ޕްލޭންތައް ތަރައްޤީ ކުރުމާއި ތަންފީޒުކުރުމުގައި ޚަރަދުކުޑަ ލުއިފަސޭހަ އުސޫލުތަކެއްގެ ބިނާކުރުމާއި އަދި ހިންގުން ހަރުދަނާކޮށް ކުރިއެރުވުމަށް މަސައްކަތްކުރުން
- މުވައްޒަފުންނަށް މަސައްކަތުގެ ފެންވަރު ރަނގަޅު ކުރުމަށް ބޭނުންވާ އިރުޝާދު ދިނުމާއި އަދި މުވައްޒަފުން ތަމްރީން ކުރުމާއި ކޯޕަރޭޝަންގެ ސިޔާސަތުތަކާއި އިޖުރާތުތައް ބުނެދިނުން
- މެއިންޓަނަންސްގައި ދިމާވާ މައްސަލަތައް ޙައްލުކުރުމަށް ޑިޕާޓްމަންޓްތަކުގެ އިސްބޭފުޅުންނާއި މަޝްވަރާކުރުމާއި، މެޝިންތަކާއި އެހެނިހެން ވަސީލަތްތައް ގިނަ ދުވަހަށް މަސައްކަތްކުރުމަށް/ ބެހެއްޓުމަށް/ ގެންގުޅުމަށް ބޭނުންވާ ލަފައާއި އިރުޝާދު ދިނުން
- މެއިންޓަނަންސަށް ބޭނުންވާ ބަޖެޓް ތައްޔާރުކުރުމާއި ބަޖެޓް ހޭދަވާގޮތް މޮނިޓަރކުރުން
- ވެއަރ ހައުސްގައި ބޭނުންކުރާ ތަކެތި ކަނޑައެޅިފައިވާ ވަކި ނިޒާމެއްގެ ތެރެއިން ބެލެހެއްޓުމާއި އަދި ވެއަރ ހައުސްގެ މަސައްކަތް ނުހުއްޓި ކުރިއަށްދާނެ ގޮތަކަށް ކަންތައްތައް ރޭވުން
- ކޯޕަރޭޝަންގެ މެންބަރެއްގެ ހައިސިއްޔަތުން ބޭނުންވާ މަސައްކަތު މާހައުލު ޤާއިމުކުރުމަށް މަސައްކަތް ކުރުމާއި ކޯޕަރޭޝަންގެ ލަނޑުދަނޑިތަކާއި އަމާޒަށް ވާސިލުވުމަށް މަސައްކަތްކުރުން
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:
|
- މަސައްކަތާ ގުޅުން ހުރި ދާއިރާއިން ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ؛
- ކޯޕަރޭޝަންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމާއި ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރި ވެފައިވާ މިންވަރު.
- އިންޓަރވިއާއި އިމްތިޙާން
|
ހުށަހަޅަންޖެހޭ ތަކެތި:
|
- ވަޒީފާއަށް އެދި ހުށަހަޅާ ފޯމު (ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑްގެ މައި އޮފީހުގެ ކައުންޓަރުން އަދި މި ކޯޕަރޭޝަންގެ ވެބްސައިޓް (www.wamco.com.mv) އިން ލިބިވަޑައިގަންނަވާނެ).
- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު
- ލިބިފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ (އެޓެސްޓްކޮށް އެކްރެޑިޓް ކުރެވިފައިވާ) ކޮޕީ،
- ޕޮލިސް ރިޕޯޓު (ދޫކުރި ފަހުން 03 މަސްދުވަސް ހަމަނުވާ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު) ކޮޕީ
|
ސުންގަޑި އަދި ވަޒީފާއަށް އެދި ހުށަހަޅުއްވާނެ ތަން:
|
2022 އޮކްޓޯބަރު 10 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ މައި އޮފީހަށް (މއ. ޖަންބުގަސްދޮށުގެ، 2 ވަނަ ފަންގިފިލާ) ހުށަހެޅުއްވުން. ނުވަތަ [email protected] އަށް މެއިލްކުރުން.
|
އިންޓަރވިއު:
|
- އިންޓަރވިއުއާއި އިމްތިޙާނުކުރުން 2022 އޮކްޓޯބަރު މަސްތެރޭގައި ކުރިއަށް ގެންދެވޭނެއެވެ.
|
އިތުރު މަޢުލޫމާތު:
|
ކޯޕަރޭޝަނުން އިންޓަވިއުއާއި އިމްތިޙާންކުރުމަށް ގުޅާނީ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.
މަޢުލޫމާތު ފުރިހަމަ ނުވާ ފޯމު، އަދި ލިޔެކިޔުންތައް ހަމަ ނުވާ އެޕްލިކޭޝަން ބާޠިލުކުރުމުގެ ޙައްޤު ކޯޕަރޭޝަނަށް ލިބިގެންވެއެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް – ނަންބަރު 3025803 ފޯނަށް ގުޅުއްވުން އެދެމެވެ.
|
08 ރަބީޢުލް ޢައްވަލް 1444
04 އޮކްޓޯބަރު 2022
|