މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
Indian Naval Academy Course (ST-2022)

 

ކޯހާއިބެހޭ މަޢުލޫމާތު

 

ކޯސް:

Indian Naval Academy Course (ST-2022)

ޖާގައިގެ ޢަދަދު:

01 (އެކެއް)

އިންސްޓިޓިއުޓް / ޤައުމު :

އިންޑިއަން ނޭވަލް އެކެޑަމީEzhimala/ India /

މުއްދަތު:

19 ޑިސެންބަރު 2022 އިން 28 ނޮވެންބަރު 2026 އަށް

ކޯހުގެ ބާވަތް:

ނޭވީ

ކޯހުގެ ޚަރަދު:

އިންޑިއާ ސަރުކާރު އަދި އެމް.އެން.ޑީ.އެފް

ކޯހުން ހާޞިލްވާ ތަޢުލީމީ ފެންވަރު:

ބެޗްލަރސް ޑިގްރީ

ކޯސް ފުރިހަމަކުރުމުން ލިބޭނެ މަގާމު:

ކަމިޝަންޑް އޮފިސަރެއްގެ މަގާމު

ޝަރުތު:

  • ޖީ.ސީ.އީ "އޭ" ލެވެލް އިން މެތަމެޓިކްސް، ކެމިސްޓްރީ އަދި ފިޒިކްސް އިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.
  • ޢުމުރުން 18 އަހަރު ފުރިފައިވާ އަދި 2022 ޑިސެންބަރު 19 ވަނަ ދުވަހުގެ ކުރިން  23 އަހަރު ނުފުރޭ، ޒަވާޖީ ހަޔާތެއް ފަށާފައިނުވާ ފަރާތެއް  ކަމުގައިވުން.
  • ނަފްސާނީ ގޮތުންނާއި ޖިސްމާނީގޮތުން ދުޅަހެޔޮ އަދި ރަނގަޅަށް ފަތަން ދަންނަ ހަށިހެޔޮ ފަރާތެއްކަމުގައިވުން.

ހުށަހަޅަންޖެހޭ ތަކެތި:

  • އެމް.އެން.ޑީ.އެފް ސްކޮލަރޝިޕް އެޕްލިކޭޝަން ފޯމާއި، އެފޯމުގައި ބަޔާންކޮށްފައިވާ ލިޔެކިއުންތައް.
  • ތަޢުލީމީ ސެޓްފިކެޓްތަކާއި، ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީގައި އަސްލާއި އެއްގޮތްކަމަށް ބަޔާންކޮށް، ސަރުކާރުގެ އޮފީހަކުން، ލޯ ފާމަކުން ނުވަތަ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން ތައްގަނޑުޖެހި އަސްލު.
  • މި ސްކޮލަރޝިޕްގެ ދަށުން  ތަޢުލީމް ޙާސިލްކުރުމަށްފަހު، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއަށް ޚިދުމަތްކުރަން އެއްބަސްވާކަމަށް ކެންޑިޑޭޓް ސޮއިކޮށްފައިވާ ސިޓީއެއް ހުށަހަޅަންވާނެއެވެ.
  • ހުށަހަޅަންޖެހޭ ހުރިހާ ޑޮކިއުމަންޓެއް ހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ބާތިލުކުރެވޭނެއެވެ.

ސުންގަޑި:

މި ކޯހަށް ޝަރުތު ހަމަވާ ފަރާތްތަކުން ކޯސް އެޕްލިކޭޝަން ފޯމު ފުރުއްވުމަށްފަހު، 2022 އޮކްޓޯބަރު 14 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން އެޕްލިކޭޝަން ފޯމު އެމް.އެން.ޑީ.އެފް (ބަންޑާރަކޮށި) އަށް ދުރުވެ ހުށަހެޅުއްވުން އެދެމެވެ. އަދި ފޯމު ހުށަހަޅަން ދުރުވެ 9871235 ނަންބަރަށް ގުޅުއްވުންވެސް އެދެމެވެ. ނުވަތަ އެޕްލިކޭޝަން ފޯމް އެމް.އެން.ޑީ.އެފް ޓްރޭނިންގ ޑިޕާޓްމަންޓްގެ މެއިލް: [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

ކޯހާއި ބެހޭ އިތުރު މަޢުލޫމާތު:

-          ކޯހާއިގުޅޭ އިތުރު މަޢުލޫމާތު އެކަޑަމީގެ އޮފިޝަލް ވެބްސައިޓް http://www.ina.gov.in އިން ލިބިލައްވާނެއެވެ.

-          އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3322607 (އެކްސްޓެންޝަން 2156)، ނުވަތަ 9871235 އަށް ގުޅުންވުން އެދެމެވެ.

-          ކޯސް އެޕްލިކޭޝަން ފޯމު އެމް.އެން.ޑީ.އެފްގެ ވެބްސައިޓް (www.mndf.gov.mv) އިން ލިބެން ހުންނާނެއެވެ.

-          ކޯހަށް ހޮވޭ ފަރާތް އެމް.އެން.ޑީ.އެފްގެ ވަޒީފާ ހަމަޖެއްސޭނެއެވެ.

02 އޮކްޓޫބަރު 2022
ހޯދާ