އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިކައުނސިލުންދޭ މައުލޫމާތާއި އެއްގޮތައް އިސްމާޢީލް ކަލޭފާނު ޒިޔާރަތްސަރަހައްދު ވަކިކޮށް އާސާރީ ތަނެއްގެގޮތުގައި ބެލެހެއްޓުމައް ތަނައްގެންނަންޖެހޭ ބަދަލާއި އާބާތުރަ ހިމެނޭގޮތަށް ކުރުމަށް ކަނޑައަޅާފައިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއްހޯދުމާއި ގުޅޭ:-

ނަމްބަރ: (IUL)343/343/2022/84

އިޢުލާން

މިކައުނސިލުންދޭ މައުލޫމާތާއި އެއްގޮތައް އިސްމާޢީލް ކަލޭފާނު ޒިޔާރަތްސަރަހައްދު ވަކިކޮށް އާސާރީ ތަނެއްގެގޮތުގައި ބެލެހެއްޓުމައް ތަނައްގެންނަންޖެހޭ ބަދަލާއި އާބާތުރަ ހިމެނޭގޮތަށް ކުރުމަށް ކަނޑައަޅާފައިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއްހޯދުމާއި ގުޅޭ:-                   

މިކައުންސިލުންދޭ މައުލޫމާތާއި އެއްގޮތައް އިސްމާޢީލް ކަލޭފާނު ޒިޔާރަތްސަރަހައްދު ވަކިކޮށް އާސާރީ ތަނެއްގެ ގޮތުގައި ބެލެހެއްޓުމައް ތަނައްގެންނަންޖެހޭ ބަދަލާއި އާބާތުރަ ހިމެނޭގޮތަށް ކުރުމަށް ކަނޑައަޅާފައިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ . މިކައުންސިލުންދޭ މައުލޫމާތު ޝީޓާއި އެއްގޮތަށް މަސައްކަތްކޮށްދޭނެ އަގު ބަޔާންކޮށް 10 އޮކްޓޫބަރ 2022ވާ ހޯމަ ދުވަހުގެ 13:30ގައި މިއިދާރާއަށް ޕްރޮޕޯސަލް ހުށައެޅުއްވުމަށް ދަންނަވަމެވެ. އަދި ހުށައެޅޭ  ޕްރޮޕޯޝަލްތައް ކެނޑުން އޮންނާނީ ހުށައަޅާ  ފަރާތްތަކުގެ  ހާޒިރުގައި 10 އޮކްޓޫބަރ 2022ވާ ހޯމަ ދުވަހުގެ 13:30ގައި ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާގައެވެ. ބަދަލުގައި ބޭފުޅުން ފޮނުވާ ފަރާތްތަކުން، ކޮންފަރާތަކުން ފޮނުވާ ބޭފުޅެއްކަން އެނގޭނެ ލިޔުމަކާއެކު ބަދަލުގައި ބޭފުޅަކު ފޮނުވިދާނެއެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6660900 ނަންބަރާއެވެ.

ވީމާ، މިކަން އެންގުމަށްޓަކައި އާއްމުކޮށް އިޢުލާން ކުރަމެވެ.

06 މުޙައްރަމް  1444

02 އޮކްޓޫބަރ  2022

 

 

 

 

 

 

 

 

 

 

 

ބީލަމާއިގުޅޭ މަޢުލޫމާތު ކަރުދާސް

 

މިކައުނސިލުންދޭ މައުލޫމާތާއި އެއްގޮތައް އިސްމާޢީލް ކަލޭފާނު ޒިޔާރަތްސަރަހައްދު ވަކިކޮށް އާސާރީ ތަނެއްގެގޮތުގައި ބެލެހެއްޓުމައް ތަނައްގެންނަންޖެހޭ ބަދަލާއި އާބާތުރަ ހިމެނޭގޮތަށް ކުރުމަށް ކަނޑައަޅާފައިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއްހޯދުމާއި ގުޅޭ:- 

  1. 1.      ތަޢާރަފް

މިއީ، އއ. ބޮޑުފޮޅުދޫ އިސްމާޢީލް ކަލޭފާނު ޒިޔާރަތްސަރަހައްދު ވަކިކޮށް އާސާރީ ތަނެއްގެގޮތުގައި ބެލެހެއްޓުމައް ތަނައްގެންނަންޖެހޭ ބަދަލާއި އާބާތުރަ ހިމެނޭގޮތަށް ކުރުމަށް ކަނޑައަޅާފައިވާ މަސައްކަތްތައް ކޮށްދޭނެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ފަރާތްތަކަށް ދެވޭ މަޢުލޫމާތު ކަރުދާހެކެވެ. މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓުރީ ކުރެވިފައިވާ ތިރީގައި ބަޔާންކުރާ ފަރާތްތަކަށެވެ.

 

  • ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ ކުންފުނިތައް.
  • ޕާޓްނަރޝިޕް ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ ޕާޓްނަރޝިޕްތައް.
  • ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ ކޯޕަރޭޓިވް ސޮސައިޓީތައް.
  • އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތައް.

މި ބީލަމުގެ އެންމެހައި ކަންތައްތަކެއް ކުރިޔަށްދާނީ ދަޢުލަތުގެ މާލިއްޔަތު ޤަވާޢިދުގައި ބަޔާންކޮށްފައިވާ ހަމަތަކާއި އުޞޫލުތަކުގެ މަތީންނެވެ.

  1. 2.      ބީލަމުގެ މަޢުލޫމާތު

2.1.      ބީލަމާއި ގުޅިގެން ސާފުކުރަންޖެހޭ މަޢުލޫމާތެއް ވާނަމަ އެ ސުވާލެއް ފޮނުވަންވާނީ ތިރީގައި އެވާ އީމެއިލް އެޑްރެހަށެވެ.

  • އީމެއިލް:[email protected]
  • ފޯނު ނަންބަރު: 6660900 ޙަސަން ނައީމް،
  • އަގު ހުށަހެޅުމުގެ ކުރިން ސައިޓް ( އިސްމާޢީލް ކަލޭފާނު ޒިޔާރަތްސަރަހައްދު ) ބެލުމަށް ބޭނުންވާ ފަރާތްތަކުން 02 އޮކްޓޫބަރ ވާ ބުރާސްފަތި ދުވަހުން 06 އޮކްޓޯބަރ 2022 އަށް ކޮންމެ ދުވަހެއްގެ ހެނދުނު 09:00 ން 13:00 އަށް ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާއަށް ހާޟިރުވުން އެދެމެވެ.

2.2.     އަންދާސީ ހިސާބު ހުށައެޅުން އަދި ހުޅުވުން އޮންނާނެ ތާރީޚާއި ގަޑި އަދި ތަން ތިރީގައި އެވަނީއެވެ.

  • ތަން:        އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ، އަބަދައްފެހި މަގު، ބޮޑުފޮޅުދޫ
  • ތާރީޚް:     ‏10‏ އޮކްޓޯބަރ‏ 2022
  • ގަޑި:       މެންދުރުފަހު 13:30 

   

1. ދޮރުބެހެއްޓުމުގެ މަސައްކަތް.

  • ލަކުޑިން ހަދައި ހަރުކޮށްފައިވާ ދޮރުގައި ކައުންސިލުން އަންގާ ގޮތަކަށް ތަންޑެއް ނުވަތަ ތަޅެއް ހަރުކުރުން.

2. މަހާނަ ފުރާޅުގަނޑު ހެދުން.

  • 8 ފޫޓް ދިގު މިނުގައި ދެފުރާޅަށް ވާގޮތަށް ފަރާތަކަށް 4 ފޫޓު ފުޅާމިނުގައި މަހާނަ މަތީގައި ހިޔާގަނޑެއް ހަދައި، ޓިނުން ހިޔާކޮށް، ހިޔާގަނޑު މަހާނަމަތީގައި ހަރުކޮށް، ހިޔާގަނޑާއި ގުޅޭ އެންމެހާ މަސައްކަތް ނިންމުން.

3. ލަންޓަން ހަރުކުރުން.

  • ކައުންސިލްގެ ލަފާގެ މަތިން 8 ފޫޓޫގެ 2 ލަންޓަން، މިސަރަހައްދުގައި ބަހައްޓައި، ލަންޓަން ދިއްލުމަށް އަޅަންޖެހޭ ކަރަންޓްވައިރުއަޅައި، ލަންޓަނާއި ގުޅޭ އެންމެހާ މަސައްކަތް ނިންމުން.

 

4. ޒިޔާރަތާއިގުޅޭ މަޢުލޫމާތު ފިލާ ބެހެއްޓުން

  • ތައްޔާރުކުރެވިފައިވާ އިސްމާޢީލް ކަލޭފާނު މަހާނައާއިގުޅޭ ދެ މަޢުލޫމާތު ފިލާ، ކޮންކްރީޓް ދެ ޝީޓް ( 4 ފޫޓް 5 ފޫޓް، 3 އިންޗި ބޯ ) އަޅާއި، ދެޝީޓްގެ ސިމެންތީގެ މަސައްކަތް ނިންމައި ، މަޢުލޫމާތު ފިލާ ހަރުކޮށް، ކައުންސިލުން އަންގާކުލައެއް ކޮންކްރީޓް ދެޝީޓްގައި ލައި، މަސައްކަތާގުޅޭ އެންމެހާ ކަންކަން ނިންމުން.

5. ދޮންވެލިލުން.

  • ޒިޔާރަތައް ކަނޑައެޅިފައިވާ ސަރަހައްދުގެ ގޭޓުގެ ދަށުން އޮޅިގަނޑެއްހަދައި، އޮޅިގަނޑާއި ގުޅޭ އެންމެހާ ކަންކަން ނިންމުމަށްފަހު، ސަރަހައްދުގެ އެތެރެއަށް ދޮންވެލި ފެތުރުން.

6. ނަންބޯޑު ޖެހުން.

  • ސަރަހައްދުގެ ބޭރުގައި ކައުންސިލުން ދޭ ނަމޫނާއާއި އެއްގޮތަށް ޒިޔާރަތުގެ ނަންބޯޑު ހަދައި ހަރުކުރުމުގެ އެންމެހާ މަސައްކަތް ނިންމުން.

 

  1. 3.      ހޯދަންބޭނުންވާ ތަކެތި/ކުރަންޖެހޭ މަސައްކަތް

3.1             އިސްމާޢީލް ކަލޭފާނު ޒިޔާރަތްސަރަހައްދު ވަކިކޮށް އާސާރީ ތަނެއްގެގޮތުގައި ބެލެހެއްޓުމައް ތަނައްގެންނަންޖެހޭ ބަދަލާއި އާބާތުރަފިލުވުން

3.1.1        ލަކުޑިން ހަދައި ހަރުކޮށްފައިވާ ދޮރުގައި ކައުންސިލުން އަންގާ ގޮތަކަށް ތަންޑެއް ނުވަތަ ތަޅެއް ހަރުކުރުން.

 

3.1.2        8 ފޫޓް ދިގު މިނުގައި ދެފުރާޅަށް ވާގޮތަށް ފަރާތަކަށް 4 ފޫޓު ފުޅާމިނުގައި މަހާނަ މަތީގައި ހިޔާގަނޑެއް ހަދައި، ޓިނުން ހިޔާކޮށް، ހިޔާގަނޑު މަހާނަމަތީގައި ހަރުކޮށް، ހިޔާގަނޑާއި ގުޅޭ އެންމެހާ މަސައްކަތް ނިންމުން.

 

3.1.3        ކައުންސިލްގެ ލަފާގެ މަތިން 8 ފޫޓޫގެ 2 ލަންޓަން، މިސަރަހައްދުގައި ބަހައްޓައި، ލަންޓަން ދިއްލުމަށް އަޅަންޖެހޭ ކަރަންޓްވައިރުއަޅައި، ލަންޓަނާއި ގުޅޭ އެންމެހާ މަސައްކަތް ނިންމުން.

 

3.1.4. ތައްޔާރުކުރެވިފައިވާ އިސްމާޢީލް ކަލޭފާނު މަހާނައާއިގުޅޭ ދެ މަޢުލޫމާތު ފިލާ، ކޮންކްރީޓް ދެ ޝީޓް (4 ފޫޓް 5 ފޫޓް،3 އިންޗި ބޯ) އަޅާއި، ދެޝީޓްގެ ސިމެންތީގެ މަސައްކަތް ނިންމައި، މަޢުލޫމާތު ފިލާ ހަރުކޮށް، ކައުންސިލުން އަންގާކުލައެއް ކޮންކްރީޓް ދެޝީޓްގައި ލައި، މަސައްކަތާގުޅޭ އެންމެހާ ކަންކަން ނިންމުން.

 

   3.1.5 ޒިޔާރަތައް ކަނޑައެޅިފައިވާ ސަރަހައްދުގެ ގޭޓުގެ ދަށުން އޮޅިގަނޑެއްހަދައި، އޮޅިގަނޑާއި ގުޅޭ އެންމެހާ ކަންކަން    ނިންމުމަށްފަހު، ސަރަހައްދުގެ އެތެރެއަށް ދޮންވެލި ފެތުރުން.

 

3.1.6        ސަރަހައްދުގެ ބޭރުގައި ކައުންސިލުން ދޭ ނަމޫނާއާއި އެއްގޮތަށް ޒިޔާރަތުގެ ނަންބޯޑު ހަދައި ހަރުކުރުމުގެ އެންމެހާ މަސައްކަތް ނިންމުން.

 

  1. 4.      ބީލަން ވަޒަންކުރާނެ މިންގަނޑު (ބިޑް އިވެލުއޭޝަން ކްރައިޓީރިއަރ)

ޕޮއިންޓް ދެވޭނެ ދާއިރާ

ޕޮއިންޓް ދެވޭނެ ގޮތުގެ ތަފްސީލް

ޕޮއިންޓްގެ އަދަދު

4.1.     އަގު

އެންމެ ކުޑައަގެއް ހުށަހަޅާ ފަރާތަށް އަގުގެ ގޮތުން އެންމެ ގިނަ ޕޮއިންޓް ލިބޭގޮތަށް ފްރެކްޝަން އުޞޫލުން

90

4.2.     މަސައްކަތުގެ ތަޖުރިބާ

 

 

 

 

 

 

 

 

 

މިބަޔަށް ޕޮއިންޓް ދެވޭނީ 2022 އޮކްޓޫބަރ 06 އިން  2022 އޮކްޓޫބަރ 10 އަށް ސަރުކުރާގެ އިދާރާއަކަށް، ނުވަތަ ދައުލަތުގެ ހިއްސާއޮންނަ ކުންފުނިތަކާއި މޯލްޑިވްސްސްޓޮކް އެކްސްޗޭންޖްގައި ލިސްޓް ކޮށްފައިވާ ކުންފުނިތަކާއި ރިސޯޓު އަދި ގެސްޓްހައުސްތަކުން ދީފައިވާ މިފަދަ ޕްރޮޖެކްޓް  (އިސްމާޢީލް ކަލޭފާނު ޒިޔާރަތްސަރަހައްދު ވަކިކޮށް އާސާރީ ތަނެއްގެގޮތުގައި ބެލެހެއްޓުމައް ތަނައްގެންނަންޖެހޭ ބަދަލާއި އާބާތުރަފިލުވާ) ތައް ނިންމިކަމުގެ ލިޔުމަށް ބަލައި، ގުޅުންހުރި ކޮންމެ ޕްރޮޖެކްޓްއަކަށް 2 ޕޮއިންޓް އަދި ފަސް ލިޔުން ނުވަތަ އެޔަށްވުރެ އިތުރަށް ލިޔުން ހުށައަޅާ ފަރާތްތަކަށް މިބަޔަށް ފުލްކޮށް ޕޮއިންޓް ދެވޭނެއެވެ. ޖޫރިމަނާވެފައިވާ ނުވަތަ ޕްރޮޖެކްޓް ނިންމުމުގައި ފަރުވާކުޑަކޮށްފައިވާކަމަށް ފާހަގަކޮށްފައިވާ ލިޔުންތަކަށާއި، އަމިއްލަ ފަރާތްތަކަށް ކޮށްދީފައިވާ މަސައްކަތްތަކުގެ ލިޔުންތަކަށް ޕޮއިންޓްއެއް ނުދެވޭނެއެވެ. ތަޖުރިބާއަށް ލިޔުން ހުށަނާޅުއްވާ ފަރާތްތަކަށް މިބަޔަށް ޕޮއިންޓްއެއް ނުދެވޭނެއެވެ.

10

ޖުމްލަ

100

 

ނޯޓް: 2021 ފެބްރުއަރީ 10 ގައި ނެރެފައިވާ ދައުލަތުގެ އޮފީސްތަކުން ކުރިއަށްގެންދާ ބީލަންތަކުގައި ސަރަޙައްދަށް ނިސްބަތްވާ ބީލަންވެރިންނަށް އިސްކަންދިނުމުގެ އުސޫލަށް އަމަލުކުރެވޭނެއެވެ.

  1. 5.      ބީލަން ހުށައެޅުން

5.1.      އަންދާސީހިސާބުތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި ކޮންކަމަކަށް ހުށަހެޅޭ އަންދާސީހިސާބެއްކަން އެގެން އޮންނަންވާނެއެވެ.

5.2.      ބީލަން ތައްޔާރުކުރުމަށް ކުރާ އެންމެހާ ޚަރަދެއް ކުރާނީ އެބީލަމެއް ތައްޔާރުކުރާ ފަރާތަކުންނެވެ.

5.3.      ޖީ.އެސް.ޓީ ނެގޭ މުދަލެއް / ހިދުމަތެއްނަމަ އަގު ހުށަހަޅަންވާނީ ޖީ.އެސް.ޓީ ހިމަނައިގެން ދިވެހި ރުފިޔާއިންނެވެ. ހުށަހަޅާ އަންދާސީ ހިސާބުގައި އަގުތައް ސާފުކޮށް އެނގެން އޮންނަންވާނެއެވެ. އަގު ހުށަހެޅުމަށް ދެވިފައިވާ ހުރިހާ ބައިތަކަށް އަގު ހުށަހަޅަންވާނެއެވެ. އަދި ހުށަހަޅާ އަންދާސީ ހިސާބުތަކުގެ ވެލިޑިޓީގެ ގޮތުގައި އަންދާސީ ހިސާބު ހުށަހަޅާ ތާރީހުން ފެށިގެން 60 ދުވަހުގެ މުއްދަތެއް ދޭންވާނެއެވެ.

5.4.      އަންދާސީހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑި ފާއިތުވުމަށްފަހު ހުށަހެޅޭ އެއްވެސް އަންދާސީހިސާބެއް ބަލައެއް ނުގަނެވޭނެއެވެ. އަންދާސީހިސާބުތައް ބަންދުކޮށްފައިވާ އުރަ ކެނޑުމަށް ހަމަޖެހިފައިވަނީ އެކަމަށް ކަނޑައެޅިފައިވާ ގަޑީގައި އަންދާސީހިސާބު ހުށަހަޅާ ހުރިހާ ފަރާތްތަކެއްގެ ހާޟިރުގައެވެ. އަންދާސީ ހިސާބު ހުށަހެޅުމަށްފަހު، އަގަށް ބަދަލެއް ނުގެނެވޭނެއެވެ. ބީލަން ހުޅުވަން ކަނޑައެޅިފައިވާ ގަޑި ޖެހުމުގެ ކުރިން ހުޅުވަން ކަނޑައެޅިފައިވާ ތަނާއި ގަޑި ކަށަވަރު ކުރުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

5.5.      އަންދާސީހިސާބު ހުށަހަޅާ ފަރާތުން ކަނޑައެޅިފައިވާ ގަޑިއަށް ހާޟިރުވާން ވާނެއެވެ. އަދި މިގޮތުން ހުށަހަޅާ އަންދާސީ ހިސާބާއި ބެހޭ ގޮތުން މަޢުލޫމާތެއް ސާފުކުރަން ބޭނުންވެއްޖެ ހިނދެއްގައި އެފަދަ މަޢުލޫމާތެއް ދެވޭވަރުގެ މީހަކު ހާޟިރުވާން ވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުމުގެ ކުރިން ޚިލާފު އުފެދޭ ނުވަތަ އޮޅުންއަރާ އެއްވެސް ކަމެއް ސާފުކުރަން ބޭނުންވެއްޖެނަމަ އެކަމެއް ސާފުކުރަންޖެހޭނެއެވެ. އަންދާސީހިސާބު ހުށަހެޅުމަށް ހާޟިރުވާ ކޮންމެ ފަރާތަކުން ހުށަހެޅޭނީ އެންމެ އަންދާސީހިސާބެކެވެ.

5.6.      އީމެއިލް އާއި ފެކްސްގެ ޒަރީއާއިން ފޮނުވާ އަންދާސީހިސާބުތައް ބަލައެއްނުގަނެވޭނެއެވެ.

5.7.      ޕްރޮޖެކްޓާއި ގުޅިގެން މިއޮތޯރިޓީން އެމެންޑްމެންޓެއް ދެވޭނަމަ އެއެމެންޑްމެންޓެއް މިއޮތޯރިޓީގެ ވެބްސައިޓުގައި އާއްމު ކުރެވޭނެއެވެ. ވެބްސައިޓްގައި އާއްމުނުކުރެވޭ ޙާލަތެއް މެދުވެރި ވެއްޖެނަމަ އެމެންޑްމެންޓް އީމެއިލް ކުރެވޭނެއެވެ. އަދި އީމެއިލް ނުކުރެވޭ ޙާލަތެއް މެދުވެރިވެއްޖެނަމަ، ނަންނޯޓު ކުރެވުނުއިރު ދެވިފައިވާ ނަންބަރަށް ގުޅައި އެމެންޑްމެންޓް ދޫކުރުމުގެ ކަންތައްތައް ހަމަޖައްސައިދެވޭނެއެވެ.

5.8.      ޕްރޮޖެކްޓުގައި ނަންނޯޓު ކުރާއިރު ދީފައިވާ މޮބައިލް ނަންބަރަކީ ބީލަން ވެރިޔާގެ ނުވަތަ ބީލަމުގެ ކަންކަން ބަލަހައްޓާ ފަރާތުގެ ނަންބަރު ކަމުގައި ވާންވާނެއެވެ.

5.9.      ޚިދުމަތެއް ދިނުމަށް އެވޯރޑް ކުރުމަށްފަހު ސޮއި ނުކޮށްފިނަމަ ނުވަތަ އެއްވެސް ހިސާބަކުން ޚިދުމަތް ނުކުރެވޭނެކަމަށް ބުނެ ދޫކޮށްލައިފިނަމަ، 1 (އެކެއް) އަހަރަށްވުރެ ކުރުނޫން މުއްދަތަކަށް އެފަރާތަކުން ހުށަހަޅާ މިފަދަ އެއްވެސް ޚިދުމަތެއް ނުހޯދުމުގެ އިޚްތިޔާރު މި އޮތޯރިޓީއަށް ލިބިގެންވެއެވެ.

5.10.   އަންދާސީހިސާބުތައް ހޯދި ޚިދުމަތް/ތަކެތި ހޯދުމަށް، މިއޮތޯރިޓީން ބޭނުން ނުވެއްޖެ ހިނދެއްގައި އެކަމަށްހުށަހެޅި އަންދާސީ ހިސާބުތައް ބާތިލް ކުރުމުގެ ހައްޤު މިއިދާރާއަށް ލިބިގެންވެއެވެ. މިގޮތުން އަންދާސީހިސާބުތައް ބާތިލް ކުރެވިއްޖެނަމަ ހުށަހަޅާފައިވާ ފަރާތްތަކުގެ އަންދާސީހިސާބު ބާތިލް ކުރެވިފައިވާކަން އެންގުމުގެ އިތުރުން އާއްމުކޮށް އިޢުލާންކުރެވޭނެއެވެ

  1. 6.      އަންދާސީ ހިސާބާއި އެކު ހުށަހަޅަންޖެހޭ ތަކެތި

6.1.        އަންދާސީ ހިސާބު ހުށައަޅާ ފޯމް

6.2.        ބީލަން ހުށަހަޅާ ފަރާތުގެ ޕްރޮފައިލް (ޖަދުވަލު 1)

6.3.        ބީލަން ހުށަހަޅާ ފަރާތުގެ މުއްދަތު ހަމަނުވާ ވިޔަފާރި/ކުންފުނި ރަޖިސްޓަރީ ކޮޕީ

6.4.        ޖީ.އެސް.ޓީ/ މީރާ ރަޖިސްޓްރީ ސެޓްފިކެޓް ކޮޕީ

6.5.        އެސްއެމްއީ ރެޖިސްޓްރޭޝަންގެ ކޮޕީ

6.6.        ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތައް ( ޖަދުވަލް 02 )

ނޯޓް: ހުށަހަޅާ އަންދާސީ ހިސާބުގައި މަތީގައިވާ މަޢުލޫމާތުގެ ތެރެއިން ނަންބަރު 6.1 ން 6.5 އަށް ހުށައަޅަން ބުނެފައިވާ ލިޔުމެއް ހުށަނާޅާނަމަ އެ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބާޠިލްކުރެވޭނެއެވެ.އަދި ނަންބަރު 6.6 ގައި ހުށަހަޅަންބުނާ ލިޔުމެއް ހުށަނާޅާނަމަ އެބަޔަށްވާ ޕޮއިންޓްނުލިބޭނެއެވެ.

 

  1. 7.      ބީލަންވެރިންގެ އަމަލުތައް ބަހައްޓަންޖެހޭ ގޮތް

7.1.     މާލިއްޔަތު ޤަވާއިދުގެ 10 ވަނަ ބާބުގެ ނަމްބަރު 10.33 ގައިވާގޮތަށް ބީލަންވެރިންގެ އަމަލުތައް ބަހައްޓަންވާނެއެވެ.

7.2.     މިމާއްދާގެ 7.1 ގައި ބަޔާންކޮށްފައިވާ ގޮތައް އަމަލުތައް ނުބެހެއްޓޭ ފަރާތްތައް ބީލަމުން ވަކިކުރުމުގެ އިޚްތިޔާރު މިއިދާރާއަށް ލިބިގެންވެއެވެ.

 

  1. 8.      ބީލަން އެވޯޑްކުރުން

8.1.     ބީލަން އެވޯޑްވިކަމުގެ ސިޓީއާއިއެކު އެއްބަސްވުމުގައި ސޮއިކުރާ ފަރާތްތަކުގެ މަޢުލޫމާތު ހޯދުމަށް ފޮނުވޭނެއެވެ. ސިޓީގައިވާ މުއްދަތުގެ ތެރޭގައި މި އޮތޯރިޓީން އެދޭ މަޢުލޫމާތުތައް ބީލަން ކާމިޔާބުކުރި ފަރާތުން ފޮނުވަންވާނެއެވެ.

8.2.     ބީލަން އެވޯޑްކުރުމަށް ނިންމާ ފަރާތަށް މަސައްކަތު އެއްބަސްވުމުގެ ޑްރާފްޓް ފޮނުވޭނެއެވެ. އެއްބަސްވުމުގެ ޑްރާފްޓް ފޮނުވާތާ 3 ދުވަހުގެ ތެރޭގައި ބީލަން ކާމިޔާބުކުރި ފަރާތުގެ ކޮމެންޓާއިއެކު ފޮނުވަންވާނެއެވެ.

8.3.     އެއްބަސްވުމުގައި ސޮއިކުރުމަށް އަންގާ ތާރީހުން ފެށިގެން 3 ދުވަހުގެ ތެރޭގައި އެއްބަސްވުމުގައި ސޮއި ކުރަންވާނެއެވެ.

8.4.     މިމާއްދާގެދަށުން ބަޔާންކުރެވިފައިވާ ކަންތައްތައް ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ފުރިހަމަ ނުކޮށްފިނަމަ ބީލަން އެވޯޑްކުރިކަމުގެ ސިޓީ ބާތިލުކުރުމަށްފަހު ދެވަނައަށް އެންމެމަތިން ޕޮއިންޓް ލިބުނު ފަރާތަށް އެވޯޑުކުރުމުގެ އިޚްތިޔާރު މިއޮތޯރިޓީއަށް ލިބިގެންވެއެވެ.

8.5.     ބީލަން އިވެލުއޭޓްކޮށް އެވޯޑް ކުރުމުގެ ކުރިން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއްވޭތޯ މިއޮތޯރިޓީއިން ބަލާ ކަށަވަރު ކުރެވޭނެއެވެ. އެގޮތުން ބަލާ ބެލުމުން، ދަޢުލަތަށް އެއްވެސް ފައިސާއެއް ދައްކަން ޖެހޭ ފަރާތެއްނަމަ، ޕްރޮޖެކްޓު އެވޯޑު ކުރެވޭނީ މިއިދާރާއިން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި އެފައިސާ ދައްކާ ޚަލާސް ކުރިކަމުގެ ލިޔުން ހުށަހެޅުމުންނެވެ. އަދި މިމުއްދަތުގެ ތެރޭގައި ފައިސާ ދައްކާ ޚަލާސްކުރިކަމުގެ ލިޔުން ހުށަނާޅައިފިނަމަ، ދެން އެންމެ މަތިން ޕޮއިންޓް ލިބިފައިވާ ފަރާތަށް މަސައްކަތް އެވޯޑު ކުރުމުގެ އިޚްތިޔާރު މިއޮތޯރިޓީއަށް ލިބިގެން ވެއެވެ.

 

  1. 9.        މުޙިއްމު އެންގުން/މަޢުލޫމާތު

9.1.           ބީލަން ތައްޔާރުކުރާއިރު މި މަޢުލޫމާތު ކަރުދާހުގައި ދީފައިވާ މަޢުލޫމާތު ރަނގަޅަށް ކިޔައި އަދި އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންނަމަ އެ މަޢުލޫމާތެއް ހޯދުމާއި ، ބީލަމުގައި ހިމަނަންޖެހޭ ހުރިހާ ލިޔެކިޔުންތައް ހަމަކޮށްގެން ބީލަން ތައްޔާރުކޮށް ބީލަން ހުށަހެޅުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.

9.2.           އަންދާސީހިސާބު ހުށަހަޅާފަރާތާއި ޢާއިލީގޮތުން ގުޅުމެއް ހުރިފަރާތެއް ނުވަތަ ވިޔަފާރީގެ ގުޅުމެއް އޮންނަ ފަރާތެއް  މިއޮތޯރިޓީގައި ވަޒީފާއަދާކުރާނަމަ،އެކަން ބަޔާންކޮށް ލިޔުމެއް ހުށަހަޅަންވާނެއެވެ. މިފަދަ ލިޔުމެއް ހުށަހަޅަންޖެހޭ ފަރާތެއްކަމަށް މި މިއޮތޯރިޓީއަށް ފާހަގަކުރެވި އެފަދަ ލިޔުމެއް ހުށަހަޅާފައި ނުވާނަމަ،އެ އަންދާސީހިސާބެއް ބާޠިލުކުރެވޭނެއެވެ. މި ނަންބަރުގައި ޢާއިލީގޮތުން ގުޅުންހުރިކަމަށް މާނަކޮށްފައި ވަނީ،އަނބިމީހާ،ފިރިމީހާ،މަންމަ،ބައްޕަ،ދަރިން/ދޮންދަރިން،އެއްބަނޑު/އެއްބަފާ،އެއްބަނޑުއެއްބަފާ މީހުންނާއި،މުވައްޒަފު ކައިވެނިކޮށްގެން އުޅޭ މީހާގެ އެއްބަނޑު/އެއްބަފާ،އެއްބަނޑުއެއްބަފާ މީހުންނާއި،އެމީހާގެ މައިން ބަފައިންނަށެވެ.

9.3.           މި އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަހަޅަންޖެހޭކަމަށް މި ކަރުދާހުގެ 6ވަނަ ބައިގައި ބުނެފައިވާ ލިޔުމެއް ހުށަހަޅާފައި ނެތްނަމަ އެ އަންދާސީ ހިސާބު ބާޠިލުކުރުމުގެ އިޚްތިޔާރު މިއިދާރާއަށް ލިބިގެންވެއެވެ.

9.4.           އަންދާސީ ހިސާބުތައް ހުޅުވާނީ ހަމަޖައްސާފައިވާ ބައްދަލުވުމަށް ހާޒިރުވެވަޑައިގަންނަވާ ބީލަން ހުށައެޅުއްވި ފަރާތްތަކުގެ/ މަންދޫބުންގެ ހާޒިރުގައެވެ

9.5.           ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 17.09 ގައި ބަޔާންކޮށްފައިވާ ފަދައިން ބީލަމެއްގައި ގަވާއިދާ ޚިލާފަށް ކުރާ ކަންތައްތައް ބެލުމަށް މައްސަލަ ހުށަހެޅުމުގައި ޢަމަލުކުރަންވާނީ ދައުލަތުގެ މާލިއްޔަތާބެހޭ ސަރކިއުލަރ ނަންބަރު 13-K/CIR/2018/01 ގެ ޖަދުވަލު 17 ގައިވާ "ބީލަމަކާ ގުޅިގެން މައްސަލަ ހުށަހެޅުމާއި، ހުށަހެޅޭ މައްސަލަތައް ބެލުމުގައި ޢަމަލުކުރާނެގޮތުގެ އުޞޫލު" އާ އެއްގޮތަށެވެ. އަދި މިގޮތައް ހުށައެޅޭ މައްސަލަތައް ބެލުމުގައިވެސް އަމަލުކުރަމުންދާނީ ދެންނެވުނު އުޞޫލާއި އެއްގޮތަށެވެ.

9.6.           ބީލަން ހުށައެޅިފަރާތްތަކަށް ޕޮއިންޓު ލިބުނުގޮތުގެ ތަފްޞީލު ބީލަން ހުށައެޅި ފަރާތްތަކަށް ލިޔުމުން އެންގުމުގެ އިތުރުން މިއިދާރާގެ ނޯޓިސްބޯޑުގައާއި ވެބްސައިޓްގައި އާއްމުކުރެވޭނެއެވެ.

‏02 އޮކްޓޫބަރ 2022

 

އަންދާސީ ހިސާބު ހުށައަޅާ ފޯމް

 

ޕްރޮޖެކްޓްގެ ނަން:

އިސްމާޢީލް ކަލޭފާނު ޒިޔާރަތްސަރަހައްދު ވަކިކޮށް މަރާމާތު ކުރުން

އިޢުލާންގެ ނަމްބަރ:

(IUL)343/343/2022/84

އިޢުލާން ތާރީޚް:

‏02 އޮކްޓޫބަރ 2022

މުއްދަތު ހަމަވާ ތާރީޚް:

10 އޮކްޓޫބަރ 2022

 

  1. 1.    ބީލަން ހުށައަޅާ ފަރާތުގެ މަޢުލޫމާތު

ނަން:

 

އައި.ޑީ ކާޑު/ރ. ނަމްބަރ:

 

އެޑްރެސް:

 

ގުޅޭނެ ނަންބަރު:

 

ޖީ.އެސް.ޓީ/މީރާ ރަޖިސްޓްރޭޝަން ނަންބަރު:

 

އީމެއިލް:

 

 

  1. 2.    މަސައްކަތުގެ އަގު :

ހުށައަޅާ އަގުގެ (ޖީއެސްޓީ ހިމަނައިގެން) ދިވެހި ރުފިޔާއިން

ހުށައަޅާ އަގު (ދިވެހި ރުފިޔާއިން):

 

ޖީ.އެސް.ޓީ:

 

ޖުމުލަ އަގު:

 

މަސައްކަތް ނިންމާ މުއްދަތު ( ބަންދު ދުވަސްތައް ހިމަނައިގެން )

 

 

  1. 3.    މަތީގައިވާ މަޢުލޫމާތު ދެއްވި ފަރާތް

މަތީގައި އެވާ މަޢުލޫމާތުތަކަކީ އަޅުގަނޑު / މިކުންފުނިން ދީފައިވާ ތެދު މަޢުލޫމާތެވެ. މިބިޑްގައި ޞައްޙަނޫން އެއްވެސް މަޢުލޫމާތެއް ދީފައިވާ ނަމަ، މިބިޑް ބާޠިލް ވާނެކަން މިޕްރޮޖެކްޓާ ބެހޭ މާޢުލޫމާތު ކަރުދާހުން އަޅުގަނޑަށް / މިކުންފުންޏަށް ވަނީ މަޢުލޫމާތު ލިބިފައެވެ. އަދި މިބީލަމަށް 90 (ނުވަދިހަ) ދުވަހުގެ ވެލިޑިޓީ މުއްދަތެއް ދިނުމަށް އަޅުގަނޑު/މިކުންފުނި އެއްބަސްވަމެވެ.

ނަން

އެޑްރެސް

އައި.ޑީ ކާޑު ނަންބަރު

ސޮއި

ތައްގަނޑު

.................................................

 

 

....................................

 

..........................

 

 

ނޯޓް: ސޮއިކުރަނީ މެނޭޖިންގް ޑިރެކްޓަރ ނުވަތަ ވިޔަފާރީގެ ވެރިފަރާތް ނޫންނަމަ ސޮއިކުރުމުގެ އިޚްތިޔާރު ދީފައިވާކަމުގެ ލިޔުން ހުށައަޅަންވާނެއެވެ.

 

 

#

 

ހުށައަޅަން ޖެހޭ ލިޔުންތައް

ހުށަހަޅާ ފަރާތުން ޗެކްކުރި

ü

އިދާރާއިން ޗެކްކުރި

ü

1

އަންދާސީ ހިސާބު ހުށައަޅާ ފޯމް

 

 

2

ބީލަން ހުށަހަޅާ ފަރާތުގެ ޕްރޮފައިލް (ޖަދުވަލު 1)

 

 

3

ކުންފުނި ނުވަތަ ވިޔަފާރީގެ ރަޖިސްޓްރީ ކޮޕީ

 

 

4

ޖީ.އެސް.ޓީ/ މީރާ ރަޖިސްޓްރީ ސެޓްފިކެޓް ކޮޕީ

 

 

5

އެސްއެމްއީ ރެޖިސްޓްރޭޝަންގެ ކޮޕީ

 

 

6

ތަޖުރިބާ ބަޔާންކުރާ ލިޔުން (ޖަދުވަލު 2)

 

 

ނޯޓު: ބީލަން ހުށަހަޅާއިރު، މިބައިގައި މިހިމެނޭ ލިޔުންތައް ހަމައަށްހުރިތޯ ޗެކްކުރައްވާ ލިސްޓް ކުރެވިފައިވާ ތަރުތީބުން ލިޔުންތައް ބެހެއްޓެވުމަށް ސަމާލުކަން ދެއްވުން އެދެމެވެ. އަދި ލިޔުންތައް ހަމައަށް ހުރިކަން ޔަޤީންކުރުމަށް "ހުށަހަޅާފަރާތުން ޗެކްކުރި" ގޮޅީގައި ފާހަގަޖައްސަވާ އެކަން ކަށަވަރު ކުރެއްވުން އެދެމެވެ. ހުށަހަޅާ އަންދާސީ ހިސާބުގައި މަތީގައިވާ މަޢުލޫމާތުގެ ތެރެއިން ނަންބަރު 1 ން 5 އަށް ހުށައަޅަން ބުނެފައިވާ ލިޔުމެއް ހުށަނާޅާނަމަ އެ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބާޠިލްކުރެވޭނެއެވެ.އަދި ނަންބަރު 6 ގައި ހުށަހަޅަންބުނާ ލިޔުމެއް ހުށަނާޅާނަމަ އެބަޔަށްވާ ޕޮއިންޓްނުލިބޭނެއެވެ.

 

02 އޮކްޓޫބަރު 2022
ހޯދާ