މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު - ދެފުޓްސަލް ދަނޑުގެ ޢުމްރާނީ މަސައްކަތްތަކެއް ކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

 ދެފުޓްސަލް ދަނޑުގެ ޢުމްރާނީ މަސައްކަތްތަކެއް ކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

 

      މި ކުންފުނިން ހިންގަމުން އަންނަ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ)ގައި، މި ކުންފުނިންދޭ މިންގަނޑުތަކާއި އެއްގޮތަށް ދެފުޓްސަލް ދަނޑުގެ ޢުމްރާނީ މަސައްކަތްތަކެއް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތައް ހޯދަން ބޭނުންވެއެވެ. އެގޮތުން ކުރަންޖެހޭ މަސައްކަތްތަކުގެ ތެރޭގައި، "މޭސަންރީ އެންޑް މެޓަލްް ވޯކްސް ފޯ ފެންސިން، ގުރައުންޑް ވޯކްސް، ޕްލަންބިން އެންޑް ޑްރެއިނޭޖް ސިސްޓަމް، ލައިޓިން އެންޑް އިލެކްޓްރިކަލް އިންސްޓޯލޭޝަން، ފިނިޝިން"ފަދަ މަސައްކަތްތައް ހިމެނެއެވެ.

     މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2022 އޮކްޓޫބަރު 6 ވާ ބުރާސްފަތިދުވަހުގެ ހެދުނު 11:30 ގެ ކުރިން، ސިޓީ, ފެކްސް ނުވަތަ އީމެއިލް([email protected])  މެދުވެރިކޮށް ޝައުގުވެރިކަން (EOI) ފާޅުކުރުން އެދެމެވެ. ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުން އެފަރާތެއްގެ ފުރިހަމަ ނަމާއި އެޑްރެސް، އީމެއިލް، ގުޅޭނެ ނަންބަރުތައް އަދި ޤާބިލުކަން އަންގައިދޭ ލިޔުންތައް (ޕްރޮފައިލް، ތަޖުރިބާ ފަދަ ލިޔުންތައް) ފޯރުކޮއްދެއްވަން ވާނެއެވެ. ގަޑި ޖެހުމަށްފަހު ފާޅުކުރާ ޝައުޤުވެރިކަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

     މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ 'ނެޝަނަލް ކޮންޓްރެކްޓަރސް ރަޖިސްޓްރީ'ގައި GC01/ GC02 ދާއިރާއިން ރަޖިސްޓްރީވެފައިވާ ފަރާތަކަށްވާންވާނެއެވެ.

      މިކުންފުނިން ބޭނުންވެއްޖެ ހާލަތެއްގައި، ޝައުޤުވެރިކަން ފާޅުކުރާ ފަރާތްތަކަށް އަގު ހުށަހެޅުމުގެ ފުރުސަތު "ރިކުއެސްޓް ފޯ ކޯޓޭޝަން" މެދުވެރިކޮށް ފަހުން ހުޅުވާލެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3337266/3337643/3337204/3337236/3337279 ، ފެކްސް 3331772 ، އީމެއިލް [email protected] ، ވެބްސައިޓް    www.macl.aeroއަށެވެ.

 

02 އޮކްޓޫބަރު 2022
ހޯދާ