ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނިކޮށި ވަށާފާރު ރޭނުމުގެ މަސައްކަތަށް ކުނިކޮށި ސަރަޙައްދުގެ ބައެއް މަގުތައް ބަންދުކުރުމާއި ގުޅޭ

ކުނިކޮށި ވަށާފާރު ރޭނުމުގެ މަސައްކަތަށް ސްޓޭޑިއަމްގެ އިރުމަތި އަދި ދެކުނުމަގުގެ ކުނިކޮށި ސަރަޙައްދު މިއަދުން ފެށިގެން ބަންދު ކުރުމަށްވަނީ ހަމަޖެހިފައެވެ. މި މުއްދަތުގައި ކުނިކޮށްޓަށް ވަދެނިކުތުމަށް ބޭނުން ކުރާނީ ކުނިކޮށީގެ ހުޅަނގުފަރާތު (ފެނަކަ އިރުމަތި މަގު) ގޭޓެވެ.  

          މިކަމުގެ ސަބަބުން ޢާންމުންނަށް ދިމާވެދާނެ ދަތިތަކަށް ނިހާޔަތަށް މަޢާފަށް އެދެމެވެ. މި ފުރުސަތުގައި، ކުނި އެޅުމަށް ކަނޑައަޅާފައިވާ ސަރަޙައްދުތައް ފިޔަވައި އެހެން ސަރަޙައްދުތަކަށް ކުނި ނޭޅުމަށް އިލްތިމާސް ކުރަމެވެ.

02 އޮކްޓޫބަރު 2022
ހޯދާ