ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

    މި ކައުންސިލުން ދޭ މައުލޫމާތާއި އެއްގޮތްވާގޮތުގެ މަތިން، ނެއްލައިދޫ ކުޑަކުދިންގެ ޕާކު މަރާމާތު ކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.

 

 

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތައް 10 އޮކްޓޯބަރ 2022 ވާ ހޯމަ ދުވަހުގެ 14:00 ގެ ނިޔަލަށް،  ބިޑް ރަޖިސްޓްރޭޝަން ލިންކް މެދުވެރިކޮށް ރަޖިސްޓަރ ކުރެއްވުން އެދެމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް ރަޖިސްޓަރވުމަށްފަހު ލިބިވަޑައިގަންނަވާނެއެވެ. އަދި 11 އޮކްޓޯބަރ 2022 ވާ އަންގާރަ ދުވަހު ހެނދުނު 10:00 ގައި ޕްރީބިޑް ސެޝަންއެއް މި ކައުންސިލް އިދާރާގައި އޮންނާނެއެވެ. ޕްރީބިޑް ސެޝަންގައި ބައިވެރިނުވިކަމުގައިވީނަމަވެސް އަންދާސީ ހިސާބު ހުށަހެޅޭނެއެވެ.

ބިޑް ރަޖިސްޓްރޭޝަން ލިންކް: https://forms.office.com/r/aMb3W7VqUp

          އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ، 19 އޮކްޓޯބަރ 2022 ވާ ބުދަ ދުވަހު ހެނދުނު 10:00 ގައި ނެއްލައިދޫ ކައުންސިލްގެ އިދާރާގައެވެ.

 

    މި އިއުލާނާއި ގުޅިގެން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 11 އޮކްޓޯބަރ 2022 ވާ އަންގާރަ ދުވަހު ހެނދުނު 10:00 ގެ ކުރިން  [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރަޖިސްޓަރނުކުރާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

                     ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ.

02 އޮކްޓޫބަރު 2022
ހޯދާ