ދިވެހިރާއްޖެ
19 ނޮވެންބަރު 2022 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ބާ އިމްތިޙާނުގައި ރަޖިސްޓަރވުމަށް ހުޅުވާލެވުނު ފުރުޞަތުގައި މަޤުބޫލު ސަބަބެއް އޮވެގެން ރަޖިސްޓަރ ކުރެވިފައިނުވާ ފަރާތްތަކުން އިމްތިޙާނުގައި ރަޖިސްޓަރވުމަށް ފަހު ފުރުޞަތެއް ދިނުމަށް މި ކައުންސިލުން ނިންމާފައިވާތީ، އެއްވެސް މަޤުބޫލު ޙާލަތެއް މެދުވެރިގެން މި އިމްތިޙާނަށް ރަޖިސްޓަރ ކުރެވިފައިނުވާ ފަރާތްތަކުން، 4 އޮކްޓޯބަރ 2022 ވާ އަންގާރަ ދުވަހުގެ ދަންވަރު 12:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް އިމްތިޙާނުގައި ރަޖިސްޓަރކުރުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ރެޖިސްޓްރޭޝަން ލިންކް:https://forms.gle/8125hDSrJD1msFDT8
އިމްތިޙާނުގެ ރަޖިސްޓްރޭޝަނަށް ބޭނުންވާ ލިޔެކިޔުންތައް:
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް އެއްގަނޑަކަށް އަރާގޮތަށް ނަގާފައިވާ ސްކޭން ކޮޕީ
- ޕާސްޕޯޓު ސައިޒުގެ ފޮޓޯ
- ޤާނޫނީ ރޮނގުން ފުރިހަމަ ކޮށްފައިވާ ފުރަތަމަ ޑިގްރީގެ އެކްރެޑިޓެޑް ސެޓްފިކެޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަ ކޮށްފައިވާކަން އެނގޭގޮތަށް އެ ކޯހެއް ފުރިހަމަކުރި މަރުކަޒަކުން ދޫކޮށްފައިވާ ސްޓޭމްޕް ޖެހި ލިޔުން (ޤާނޫނީ ރޮނގުން ފުރިހަމަ ކޮށްފައިވާ ޑިގްރީއަކީ އެ ޑިގްރީއެއް ޙާޞިލުކުރި ޤައުމެއްގައި ނުވަތަ ޖުރިސްޑިކްޝަނެއްގައި، ޤާނޫނީ ވަކީލުކަމުގެ ހުއްދަ ދިނުމަށް ބަލައިގަންނަ ޤާނޫނީ ދާއިރާގެ ޑިގްރީއަކަށް ވާންވާނެއެވެ.)
- ޑިގްރީ ކޯހުގެ ޓްރާންސްކްރިޕްޓް (ޑައުންލޯޑް ކުރާ ޓްރާންސްކްރިޕްޓެއްނަމަ މަރުކަޒުގެ ސްޓޭމްޕް އޮންނަންވާނެއެވެ.)
އެޕްލިކޭޝަން އަދި ރެޖިސްޓްރޭޝަން ޕްރޮސެސް ކުރިއަށްދާ ގޮތް:
- ބާ އިމްތިޙާނުގައި ބައިވެރިވުމަށް އެދި އެޕްލިކޭޝަން ފޯމު ހުށަހެޅުން.
- ބާ ކައުންސިލުން ފޯމުތައް ޕްރޮސެސްކުރުމަށްފަހު، ޕްރޮސެސްކުރެވޭ ތަރުތީބުން، ފޯމު ހުށަހެޅި ފަރާތްތަކުން ދެން ކުރިއަށްދާންވީގޮތުގެ އިރުޝާދު ދިނުން.
- މަޢުލޫމާތުތައް ފުރިހަމަވާ ފަރާތްތަކަށް ބާ އިމްތިޙާނުގެ ފީ ދެއްކުމުގެ އިރުޝާދުތައް އީ-މެއިލް މެދުވެރިކޮށް ފޮނުވުން. (ފީ ދެއްކުމުގެ އިރުޝާދު ލިބިފައިވާ ފަރާތްތަކުން، 20 އޮކްޓޫބަރު 2022 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00ގެ ކުރިން ބާ އިމްތިޙާނުގެ ފީ ދައްކަންވާނެއެވެ.)
- މަޢުލޫމާތުތައް ފުރިހަމަ ނުވާ ފަރާތްތަކަށް ވަކި މުއްދަތެއްގެ ތެރޭގައި އެކަންކަން ފުރިހަމަކުރުމަށް އީ-މެއިލް މެދުވެރިކޮށް އެންގުން. (4 އޮކްޓޯބަރ 2022 ވާ އަންގާރަ ދުވަހުގެ ދަންވަރު 12:00 ގެ ކުރިން އިސްލާޙުކުރަން އެންގޭ ކަންކަން ރަނގަޅުނުކުރާނަމަ، އެ ފަރާތެއްގެ އެޕްލިކޭޝަން ކެންސަލްވާނެއެވެ.)
- ބާ އިމްތިޙާނަށް ފީ ދެއްކުމުން، ބާ ކައުންސިލުން ފައިސާ ބަލައިގަނެ، ފީ ދެއްކި ކަމުގެ ރަސީދެއް އެފަރާތަށް އީ-މެއިލް މެދުވެރިކޮށް ފޮނުވުން.
- ބާ އިމްތިޙާނުގެ ފީ ދެއްކުމުން، ބާ އިމްތިޙާނުގެ ރެޖިސްޓްރޭޝަން ފުރިހަމަވީއެވެ. އަދި، މި ފީ ދެއްކުމުން، އިމްތިޙާނުގައި ރެޖިސްޓަރީ ކުރެވިފައިވާ ކަމުގެ ކޮންފަރމޭޝަން މެސެޖެއް، އީ-މެއިލް މެދުވެރިކޮށް ބާ ކައުންސިލުން ފޮނުވާނެއެވެ.
- ރެޖިސްޓްރޭޝަން ސުންގަޑި ހަމަވުމަށްފަހު ހުށަހެޅޭ ފޯމުތައް އަދި ފީ ދެއްކުމުގެ ސުންގަޑިއަށްފަހު ލިބޭ ޕޭމަންޓްތައް ބާ ކައުންސިލުން ބަލައި ނުގަންނާނެއެވެ.
- ރެޖިސްޓްރޭޝަން ފީ އަކީ ނޮން-ރީފަންޑަބަލް ފީ އެކެވެ.
- މަޤުބޫލު ސަބަބެއް މެދުވެރިވެގެން ރެޖިސްޓަރކުރެވިފައިވާ ކެނޑިޑޭޓަކު އިމްތިޙާނުގައި ބައިވެރިވުމަށް ޢުޒުރުވެރިވާނަމަ، އެ މައްސަލައެއްގައި ގޮތެއް ނިންމާނީ އެސެސްމަންޓް ބޯޑުންނެވެ.
އިމްތިޙާނާ ގުޅޭ އަސާސީ ކަންކަން
އިމްތިޙާނުގައި ބައިވެރިވުމުގެ ޝަރުޠު(ތައް) |
|
އިމްތިޙާނުގެ ތާރީޚު |
- އިމްތިޙާނު އޮންނާނީ 19 ނޮވެންބަރު 2022 ގައެވެ. - އިމްތިޙާނު ހިނގާނީ 2 ސެޝަންއަކަށް ބަހާލައިގެން އެއް ދުވަހެއްގެ މަތިންނެވެ. - ސެޝަންތަކާބެހޭ ތަފްޞީލީ މަޢުލޫމާތު ބައިވެރިންނާ ޙިއްސާކުރެވޭނީ އިމްތިޙާނު ޓައިމްޓޭބަލް/ ޝެޑިޔުލްއާއެކުއެވެ. |
އިމްތިޙާނުގެ ފީ |
- އިމްތިޙާނުގެ ފީ އަކީ 6,500 ރ (ހަ ހާސް ފަސް ސަތޭކަ ރުފިޔާ) އެވެ. - ބާ އިމްތިޙާނުގެ ފީ އަކީ ނޮން-ރިފަންޑަބަލް ފީ އެކެވެ. |
އިމްތިޙާނު ބާއްވާ މަރުކަޒު |
- ބާ އިމްތިޙާނުގައި ބައިވެރިވުމަށް މާލެއަށް ދަތުރުކުރަން ޖެހުމުގެ ސަބަބުން ދިމާވާ އެކިއެކި ދަތިތަކާއި ގުޅިގެން މަސްލަހަތުވެރިން ފާޅުކޮށްފައިވާ ކަންބޮޑުވުންތަކަށް ރިޢާޔަތްކޮށް، 19 ނޮވެންބަރު 2022 ގައި ބޭއްވުމަށް ތާވަލުކޮށްފައިވާ ބާ އިމްތިޙާނު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭއްވުމުގެ ފުރުސަތު ހުޅުވާލުމަށް ދެވަނަ އެގްޒެކެޓިވް ކޮމިޓީއިން ވަނީ ނިންމަވާފައެވެ. ވީމާ، 2022 ވަނަ އަހަރުގެ ބާ އިމްތިޙާނުގައި ރަޖިސްޓްރީ ވުމަށް އެދި ހުށަހަޅާ ފޯމުގައި އިމްތިޙާނު ހެދުމަށް ބޭނުންވާ ތަން ޚިޔާރު ކުރުމުގެ ފުރުޞަތު ވާނީ ހުޅުވާލެވިފައެވެ. - ނަމަވެސް، މާލެ ސިޓީގެ އިތުރުން ބާ އިމްތިޙާނު ބާއްވާނެ އިތުރު މަރުކަޒުތައް ކަނޑައަޅާނީ އިމްތިޙާނުގެ ރަޖިސްޓްރޭޝަނުގެ ކަންކަން ނިންމައި، ބާ އިމްތިޙާނު މާލެ ސިޓީ ފިޔަވައި އެހެން ސަރަޙައްދުތަކުގައި ބޭއްވުމަށް އެދި، ރަޖިސްޓްރޭޝަން ފުރިހަމަކޮށްފައިވާ ފަރާތްތަކުގެ ޢަދަދަށާއި އިމްތިޙާނު މާލެއިން ބޭރުގައި ބޭއްވުމަށް ހިނގާނެ ޚަރަދަށް ރިޢާޔަތް ކުރުމަށް ފަހުއެވެ. |
އިމްތިޙާނުގެ ބަސް |
- 2022 ވަނަ އަހަރުގެ ބާ އިމްތިޙާނުގެ ކަރުދާސް އެކުލަވާލާފައި ވާނީ ދިވެހި އަދި އިނގިރޭސި ބަހުންނެވެ. އަދި އިމްތިޙާނު ކުރެވޭ ޕްރައިމަރީ ލޭންގުއޭޖަކީ އިނގިރޭސި ބަސްކަމަށްވާތީ، ބާ އިމްތިޙާނުގެ އަށްޑިހަ ފަހެއް އިން ސައްތައިގެ (%85) ސުވާލު ހުންނާނީ އިނގިރޭސި ބަހުންނެވެ. އަދި ބާ އިމްތިޙާނުގެ ފަނަރަ އިން ސައްތައިގެ () ސުވާލު ހުންނާނީ ދިވެހިބަހުންނެވެ. |
އިމްތިޙާނުގެ ފޯމެޓް |
- އިމްތިޙާނު ކަރުދާހަކީ ސްޓެންޑަޑައިޒްޓް މަލްޓިޕްލް ޗޮއިސް އިމްތިޙާނެކެވެ. އެގޮތުން ސުވާލު ކަރުދާހުގައި ބާ އިމްތިޙާނުގެ ސިލަބަހުގައި ހިމެނޭ 6 ސަބްޖެކްޓް އޭރިއާއާ ގުޅޭ 120 މަލްޓިޕްލް ޗޮއިސް ސުވާލު ހިމެނިފައިވާނެއެވެ. - ބާ އިމްތިޙާނުގެ ދިގުމިނަކީ 4 ގަޑިއިރެވެ. މި 4 ގަޑިއިރު ބަހާލެވިފައިވަނީ 2 ގަޑިއިރުގެ 2 ސެޝަނުގެ މައްޗަށެވެ. އެގޮތުން ކޮންމެ ސެޝަނެއްގައި ދެވޭ ސުވާލު ކަރުދާހުގައި 60 ސުވާލު ހިމެނިފައިވާނެއެވެ. އަދި ކޮންމެ ސެޝަންއަކަށް ބައިވެރިން 1 ގަޑިއިރު ކުރިން ހާޒިރުވާންޖެހޭނެއެވެ. އިމްތިޙާނު ކަރުދާހުގެ 2 ސެޝަނަށްވެސް ހުރިހާ ކެނޑިޑޭޓުން ހާޒިރުވާންވާނެއެވެ. - އިމްތިޙާނުގައި ހިމެނޭ ކޮންމެ ސުވާލަކަށް 4 އިޚްތިޔާރީ ޖަވާބު ހިމެނިފައިވާނެއެވެ. މީގެ ތެރެއިން ކެނޑިޑޭޓުން ފާހަގަކުރަންޖެހޭނީ އިޚްތިޔާރީ ޖަވާބުތަކުގެ ތެރެއިން އެންމެ ރަނގަޅު އެއް ޖަވާބެވެ. - ކޮންމެ ސުވާލަކަށް ލިބޭނީ 1 މާކުހެވެ. އަދި ކެނޑިޑޭޓުންނަށް ލިބޭ ޖުމްލަ މާކްސް ބިނާވާނީ ރަނގަޅަށް ޖަވާބުދެވޭ ސުވާލުތަކުގެ ޢަދަދުގެ މައްޗަށެވެ. |
އިމްތިޙާނުގެ ނަތީޖާ |
- އިމްތިޙާނުގެ ޕާސިންގ ސްކޯރ ކަނޑައަޅާނީ އެސެސްމަންޓް ޕޮލިސީގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން އެސެސްމަންޓް ބޯޑުންނެވެ. - އިމްތިޙާނު ކަރުދާސް މާކް ކުރާނީ އޯ.އެމް.އާރް ސްކޭނަރ/އޮޕްސްކޭން މެޝިނުންނެވެ. - އިމްތިޙާނުގެ ނަތީޖާ ލިބޭނީ 'ޕާސްޑް' ނުވަތަ 'ފެއިލްޑް'، މިގޮތަށެވެ. - އިމްތިޙާނު ބާއްވާ ތާރީޚުން ފެށިގެން އެއްމަސް ދުވަހުގެ ތެރޭގައި އިމްތިޙާނުގެ ނަތީޖާ ދޫކުރެވޭނެކަމަށް ލަފާކުރެވެއެވެ. |
އިމްތިޙާނާ ބެހޭ އިތުރު މަޢުލޫމާތު THE BAR EXAM - Bar Council of the Maldives (maldivesbarcouncil.org) އަދި މި އިޢުލާނާއެކު އެޓޭޗްކޮށްފައިވާ 'ބާ އެގްޒާމް ސްޓެންޑަޑްސް 2022' އަދި 'އެސެސްމަންޓް ރޫލްސް އެންޑް ޕޮލިސީސް' އިން ލިބިވަޑައިގަންނަވާނެއެވެ.
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް، [email protected] އަށް އީ-މެއިލް ކުރައްވާ، ނުވަތަ 3333990 މެދުވެރިކޮށް ބާ ކައުންސިލަށް ގުޅުއްވުން އެދެމެވެ.