މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.ހޮޅުދޫ ކައުންސިލަށް 02 މަސްދުވަހަށް ކުއްޔަށް ޕިކަޕެއް ހޯދުން

   ނަމްބަރ: (IUL)295-PR/295/2022/68

                                       

އިޢުލާން

                      

        ނ. ހޮޅުދޫ ގޭބީސީތަކުގައި އުފެދޭ ކުނި މެނޭޖްކުރުމަށް 1.5 ޓަނުގެ ޕިކަޕެއް 2 މަސްދުވަހުގެ މުއްދަތަޢް ކުއްޔަށް ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

        ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 02 އޮކްޓޯބަރ 2022 ވާ އާދިއްތަދުވަހުން ފެށިގެން 05 އޮކްޓޯބަރ 2022 ވާ ބުދަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެވެސް  10:00 ން 11:00 އަށް ކައުންސިލް އިދާރާގެ ނަމްބަރ 6560009 އަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 11 އޮކްޓޯބަރ 2022 ވާ އަންގާރަ ދުވަހުގެ 11:00 އަށް ޕްރޮޕޯސަލް  ހުށަހެޅުއްވުން  އެދެމެވެ. ޕްރޮޕޯސަލްތައް  ކެނޑުން  އޮންނާނީ 11 އޮކްޓޯބަރ 2022 ވާ އަންގާރަ ދުވަހުގެ  11:05 ގައި ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެވަގުތު ތިބި ފަރާތްތަކުގެ ޙާޟިރުގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

        ޕްރޮޕޯސަލް ހުށަހަޅަން ވެރިފަރާތް ނޫން އެހެން ފަރާތަކުން ޙާޟިރުވާނަމަ އިއުތިރާޟެއްނެތް ކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ސާފު ނުކުރައްވާ ފަރާތްތަކާއި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. 

 

02 އޮކްޓޯބަރ 2022

02 އޮކްޓޫބަރު 2022
ހޯދާ