މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވިލިމާލޭގައި ޕަބްލިކް ޓްރާންސްޕޯޓްގެ ގޮތުގައި ބޭނުންކުރުމަށް ތިމާވެއްޓާއި ރައްޓެހި އިލެކްޓްރިކް ބަގީ ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމާއިގުޅޭ،

ވިލިމާލޭގައި ޕަބްލިކް ޓްރާންސްޕޯޓްގެ ގޮތުގައި ބޭނުންކުރުމަށް ތިމާވެއްޓާއި ރައްޓެހި އިލެކްޓްރިކް ބަގީ ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކޮށްފައިވާ ނަންބަރު: (IUL)425-A2/1/2022/259 (25 ސެޕްޓެމްބަރ 2022) އިޢުލާނުގައިވާ ބިޑް ހުށަހެޅުމަށް ދެވިފައިވާ ތާރީޚް ފަސްކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އަގުހުށަހެޅުއްވުމަށް ތިރީގައިވާ ތާވަލާއެއްގޮތަށް މާލޭ ސިޓީކައުންސިލްގެ އިދާރާގެ ޕްރޮކިއުމަންޓް ސެކްޝަންނަށް ވަޑައިގެން ބިޑްހުށަހެޅުމަށް ދަންނަވަމެވެ.

 

 

ތާރީޚް

ގަޑި

ތަން / ތަފްޞީލް

އަގު ހުށަހެޅުން

13 އޮކްޓޯބަރ 2022

10:00

ހ.ހުޅުގަލި، 1 ވަނަ ފަންގިފިލާ/ކަރަންކާ މަގު، މާލެ ސިޓީ ކައުންސިލްގެ އިދާރާ/ އެޑްމިން ސެކްޝަން، މީޓިން ރޫމް

 

ނޯޓް: އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ މަޢުލޫމާތު ސެޝަނަށް ވަޑައިގެން ފަރާތްތަކަށެވެ.

  • އިތުރު މަޢުލޫމާތު: 
  • މާލޭ ސިޓީ ކައުންސިލްގެ އިދާރާ / ޕްރޮކިއުމަންޓް ސެކްޝަން ، ހ.ހުޅުގަލި (3 ވަނަ ފަންގިފިލާ)  ފޯން: 3025487   / އީމެއިލް: [email protected]
02 އޮކްޓޫބަރު 2022
ހޯދާ