ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ލެކްޗަރަރ (އިންސްޓްރަކްޝަނަލް ޑިޒައިނަރ) - ސެންޓަރ ފޮރ އެޑިއުކޭޝަނަލް ޓެކްނޮލޮޖީ އެންޑް އެކްސެލެންސް

މަޤާމް :ލެކްޗަރަރ - އިންސްޓްރަކްޝަނަލް ޑިޒައިނަރ
ބޭނުންވާ އަދަދު :1

މަޤާމު:

ލެކްޗަރަރ (އިންސްޓްރަކްޝަނަލް ޑިޒައިނަރ)

ބޭނުންވާ އަދަދު:

01

ދާއިރާ

އެޑިއުކޭޝަން/ އިންސްޓްރަކްޝަނަލް ޓެކްނޮލޮޖީ / އިންސްޓަރަކްޝަނަލް ޑިޒައިން

އޮފީސް:

ސެންޓަރ ފޮރ އެޑިއުކެޝަނަލް ޓްކެނޮލޮޖީ އެންޑް އެކްސެލަންސް  (ކ. މާލެ)

ގްރޭޑް:

7

ސްޕައިން ޕޮއިންޓް:

40

މުސާރަ:

މަހަކު 12,687.50 ރ

ސަރވިސް އެލަވަންސް:

މަހަކު 5,437.50 ރ

އިނާޔަޔްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުސޫލުން ދެވޭނެއެވެ.

މަގާމުގެ ޝަރުތު:

އެމް.އެން.ކިޔު.އެފް ލެވެލް 9 ގެ ސަނަދާއި ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ގުޅޭ ދާއިރާއިން ހާސިލުކޮށްފައިވުން އަދި މި ދެ ސަނަދުގެ ޖުމްލަ ކިޔެވުން މަދުވެގެން 04 އަހަރުގެ ފުލްޓައިމް އިކްއިވަލަންޓް ކްރެޑިޓް (ރާއްޖޭގެ އެމް.އެން.ކިޔު.އެފް މިންގަނޑުން 480 ކްރެޑިޓްސް) ހާސިލްކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ކިޔަވައިދިނުމުގެ އެންމެ ފަހުގެ ގޮތްތަކަށް ރިސަރޗްގެ އެހީގައި އަހުލުވެރިވުން
  • މަތީ ތަޢުލީމް އުނގަންނައި ދިނުމުގައި ބްލެންޑެޑް ލާރނިންގ އަދި އެޑިއުކޭޝަނަލް ޓެކްނޮލޮޖީގެ ބޭނުންކުރެވިދާނެ ގޮތްތަކާއި ބެހޭގޮތުން ރިސާރޗްހެދުން.
  • ކުރިއަރަމުން އަންނަ އިންސްޓްރަކްޝަނަލް ޓެކްނޮލޮޖީސް ކިޔަވައިދިނުމުގައި ބޭނުންކުރެވިދާނެ ގޮތްތައް ހޯދާ ލަފާދިނުން.
  • އިންސްޓްރަކްޓަރސް ނުވަތަ ކޯސް ފަރުމާކޮށް ކިޔަވައިދޭ ފަރާތްތަކަށް އިރުޝާދު ދިނުމުގައި ތަފާތު ވަޞީލަތްތައް (ތަފާތު މީޑިޔާ އަދި އޮންލައިން ރިސޯސަސް ހިމެނޭ ގޮތަށް) ބޭނުންކުރުމުގައި އެހީތެރިވެދިނުން
  • ކަމާބެހޭ ފަރާތްތަކަށް އިރުޝަދުދިނުމުގައި ބޭނުންކުރާނެ ތަފާތު ގޮތްތައް އަދި އުނގެނުމާއި އުނގަންނައިދިމަށް އެންމެ އެކަށީގެންވާ ގޮތްތަކާ ބެހޭ ލަފާ އަދި މަޝްވަރާ ދިނުން
  • ބްލެންޑެޑް ޑެލިވަރީ، އެކްސެސިބިލިޓީ އަދި ކޮޕީރައިޓް އާއި ގުޅޭ ކަންތައްތަކުގައި ސްޓޭންޑެޑް ހިފެހެއްޓުމާއި ގުޅޭ ގޮތުން ލަފާ ދިނުން
  • އައު ބްލެންޑެޑް ކޯސް އިންސްޓްރަކްޓަރުންނަށް ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޓްރެއިނިންގ ނަގައިދިނުން.
  • ބްލެންޑެޑް ލާރނިންގ ކޯސްތަކަށް ސްޓާފުން އަހުލުވެރިކުރުވުން.
  • ޕްރޮޖެކްޓް މެނޭޖްކުރުން: މީގެ ތެރޭގައި މީޓިންގތައް ބޭއްވުން، އެޖެންޑާ ތައްޔާރުކުރުން، ޓައިމްލައިން ހެދުން  އަދި ޓީމް މެމްބަރުންނަށް މަސައްކަތް ހަވާލުކޮށް ބެލެހެއްޓުން.
  • ކޯސް ފަރުމާކުރުމުގައި ފޭސް ޓު ފޭސް ކުލާސް އަދި އޮންލައިން ލަރނިންގ މެނޭޖްމަންޓް ސިސްޓަމްގެ މި ދެ ބައި ލާމެހިގެން ގުޅުވައިގެން ދަރިވަރުންގެ އުނގެނުމަށް އެންމެ ކާމިޔާބު އަދި ފަހިވާނެ ގޮތްތަކާމެދު ލަފާ އަދި މަޝްވަރާ ދިނުން
  • ކޯސް ފަރުމާކުރާ ނުވަތަ ކިޔަވައިދޭ ފަރާތްތަކަށް ކޯހުގައި ހިމެނޭ ބައިތަކާ ގުޅޭ ކަންކަމާބެހޭ ގޮތުން ލަފާ ދިނުން: މިސާލަކަށް އެކްސެސިބިލިޓީ (އެންމެންނަށް ލިބުން)، ރީޑަބިލިޓީ (ސާފުކޮށް ފަސޭހައިން ކިޔަން އެނގުން)، އުނގެނުމުގެ ލަނޑުދަނޑިތައް ހާސިލް ވާނެގޮތަށް ދަރިވަރުން އެ ކޮންޓެންޓް ބޭނުންކުރުން
  • ގްރެފިކް / މަލްޓިމީޑިއާ ސްޓާފް ނުވަތަ އެސް.އެމް.އީ (ސަބްޖެކްޓް މެޓާ އެކްސްޕާޓް) އާއެކު ކޯސްތަކުގެ ކޮންޓެންޓް މޫޑުލް އަށް އަޕްލޯޑްކުރެވިފައިވޭތޯ ބަލާ ޗެކުކުރުން.
  • ކޮލިޓީ އެޝުއަރެންސް އިންސްޓްރޫމަންޓްސް ބޭނުންކޮށްގެން ކޯސް ޑިޒައިން އަދި އިމްޕްލިމެންޓްކުރުން
  • އިންސްޓްރަކްޝަނަލް ޑިޒައިން ޕްރޮސެސް ރިވިއު ކުރުމަށް ސެޝަންތައް ރާވާ ހިންގުން އަދި އަމަލީ ގޮތުން ބައިވެރިވުން.
  • ޤަވާއިދުން ރިވިއު ސެޝަންތައް ބާއްވާ ބްލެންޑެޑް ކޯސްތައް ކުރިއަށްދާގޮތް މޮނިޓަރ ކޮށް އިވެލުއޭޓް ކުރުން
  • ކޯސް ހިންގުމަށް ބޭނުންވާތަކެތި ފުރިހަމަކުރެވިފައިވޭތޯ ޔަޤީންކުރުން. މީގެ ތެރޭގައި ކޮޕީރައިޓް ހުއްދަ، ކޯސް ޕެކޭޖް، ވެލްކަމް ލެޓަރ، ކްލާސް ފެކްޓް ޝީޓް ފަދަތަކެތި ހިމެނޭ.
  • ޖިއޮގްރަފިކަލް އަދި ޓްރާންސެކްޝަނަލް ޑިސްޓެންސް ލާރނިންގ އަށް ބޭނުންވާ މެޓީރިއަލް / ޓިއުޓޯރިއަލްތައް ލައިބްރަރީ، ސްޓޫޑަންޓް ސާރވިސް އަދި ސްޓޫޑަންޓް ސަޕޯޓް މެދުވެރިކޮށް ދަރިވަރުންނަށް ފޯރުކޮށްދިނުން.
  • ކޯހުގައި ބޭނުންކުރަންޖެހޭ ތަކެތީގެ ކޮޕީރައިޓް ހުއްދަ ހޯދުން
  • ޔުނިވަރސިޓީގައި ހިންގާ ބްލެންޑެޑް ކޯސްތައް ޑިޒައިންކޮށް، އިމްޕްލިމެންޓްކޮށް އަދި އިވޭލުއޭޓްކުރުމުގައި ކޯސްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ކުރަންޖެހޭ މަސައްކަތްތައްކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

09 އޮކްޓޯބަރު 2022 ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.

   https://tinyurl.com/MNUHR-2022-278     

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ކޮޕީ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން ސެޓްފިކެޓްތަކުގެ އޮރިޖިނަލްތައް ހުށަހަޅަންވާނެއެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.

ނޯޓް:

 

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

އިތުރު މަޢުލޫމާތު:

  • މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
    • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345144 ނަމްބަރު ފޯނަށެވެ.
02 އޮކްޓޫބަރު 2022
ހޯދާ