ދިވެހިރާއްޖެ
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ޔުނީފޯމް ފޮތި ހޯދުމަށް ކުރި ޢިއުލާން 453/1/2022/29(IUL) އާއި ގުޅިގެން އަގުހުށަހެޅި ފަރާތްތަކުން އެކަށީގެންވާ އަގެއް ހުށަހަޅާފައި ނުވާތީ މި މަސައްކަތަށް އަލުން ކުރިމަތި ލުމަށް ފުރުޞަތު ހުޅުލުވާލަމެވެ.
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ޔުނީފޯމް ފެހުމަށް ފޮތި ހޯދުމަށް ބޭނުންވެއެވެ.
ތަކެތީގެ ތަފްސީލް :
# |
ތަފްސީލް |
Description |
# |
1 |
ލައިޓް ބީޖް ފޮތި |
Light Beige Fabric |
1 |
2 |
ކަޅު ފޮތި |
Black Fabric |
2 |
ވީމާ ، މި ތަކެތި ފޯރުކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2022 އޮކްޓޯބަރ 11 ވާ އަންގާރަ ދުވަހުގެ 11:00 އަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓްގައި ހުންނަ މިކޮމާންޑުގެ މައި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2022 އޮކްޓޯބަރ 23 ވާ އާދިއްތަ ދުވަހުގެ 11:00 ގެ ކުރިން އަންދާސީ ހިސާބު ހުށަހެޅުން އެދެމެވެ.
މަޢުލޫމާތު ސާފު ކުރުމާއި އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ ހުޅުލޭގައި ހުންނަ މިކޮމާންޑުގެ ހެޑްކުއަޓާރޒްގައެވެ.