މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ލިމިޓެޑް (އެގްރޯނެޓް) ގެ ބިޒްނަސް ޕްލޭން ހަދައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑު)ގެ އެހީއާއެކު ދިވެހިސަރުކާރުން ހިންގަމުން ގެންދާ  [މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް] (MAP) އަށް އިފާޑުން ފޯރުކޮށްދޭ ފައިސާއިން ބައެއް، އެގްރޯނެޓްގެ ބިޒްނަސް ޕްލޭނެއް އެކުލަވައިލުމަށް ޚަރަދުކުރުމަށް ހަމަޖެހިފައިވެއެވެ.

ވީމާ، މި މަސައްކަތަށް ކޮންސަލްޓަންސީ ފޯރުކޮށްދިނުމަށް ޝަރުޠުފުރިހަމަވާ ކޮންސަލްޓިންގ ފާރމްތަކަށް، ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު (expression of interest)، މިނިސްޓްރީގެ ޕްރޮޖެކްޓް އިންޕްލިމެންޓޭޝަން ޔުނިޓުން ހުޅުވާލަމެވެ. ޝައުޤުވެރިކަން ފާޅުކުރާ ފަރާތްތަކުން، މި މަސައްކަތް ކުރުމަށް ބޭނުންވާ ކޮލިފިކޭޝަން (ފެންވަރު) އާއި ތަޖުރިބާ ހުރިކަން ދައްކުވައިދޭ މަޢުލޫމާތު ފޯރުކޮށްދޭންވާނެއެވެ. އަދި މި އިޢުލާނާއެކު ހިމަނާފައިވާ "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ގެ ޓެމްޕްލޭޓް ފުރިހަމަކޮށް ތިރީގައި ބަޔާންކޮށްފައިވާ އެޑްރެހަށް ފޮނުވަންވާނެއެވެ.

މި މަސައްކަތަށް ކުރިމަތިލާ ކޮންސަލްޓިންގ ފާރމް (ކޮންސަލްޓަންޓް) އަކީ، މަޞްލަޙަތު ފުށުއެރުމެއް ނެތް، ނުވަތަ މަޞްލަޙަތު ފުށުއެރުމެއް ވުމުގެ ފުރުޞަތު އޮތް ނުވަތަ އެކަށީންގެންވާ ހަމަތަކުން ބަލާއިރު އެފަދަ ފުށުއެރުމެއް އޮވެދާނެކަމަށް ބެލެވޭ ފަރާތަކަށް ވެގެންނުވާނެއެވެ. އަދި އިފާޑުން ހުއްދަ ނުދޭހާހިނދަކު، މިދެންނެވިފަދައިން މަޞްލަޙަތު ފުށުއެރުމެއް ވާކަމަށް ބެލެވޭ ފަރާތްތަކުގެ ހުށަހެޅުންތައް ޑިސްކޮލިފައިކުރެވޭނެއެވެ.

ކޮންސަލްޓަންޓް ހޮވޭނީ، އިފާޑުގެ ޕްރޮޖެކްޓް ޕްރޮކިއުމަންޓް ހޭންޑްބުކްގައި ބަޔާންކޮށްފައިވާ "ކޮލިޓީ އެންޑް ކޮސްޓް ބޭސްޑް ސިލެކްޝަން" އާ އެއްގޮތްވާ ގޮތުގެމަތިންނެވެ. މިދެންނެވި ހޭންޑް ބުކް އިފާޑުގެ ވެބްސައިޓްގެ www.ifad.org/project-procurement. މި ލިންކުން ބައްލަވައިލެއްވޭނެއެވެ.

ޝޯޓްލިސްޓްކުރެވޭ ކްރިޓީރިއާ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ޓެމްޕްލޭޓްގެ އެނެކްސް 1 ގައި ހިމެނިފައިވާނެއެވެ. ކޮންސަލްޓަންޓުގެ ކޮލިފިކޭޝަން ނުވަތަ ފެންވަރު އެންހޭންސްކުރުމަށްޓަކައި އެހެން ފާރމްތަކާއެކު ޖޮއިންޓް ވެންޗަރ ނުވަތަ ސަބް-ކޮންސަލްޓަންސީ ހެދިދާނެއެވެ.

"އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" އާ ގުޅިގެން އެއްވެސް ކަމެއް ސާފުކުރަން ނުވަތަ ކްލެރިފައިކުރައްވަން ބޭނުންފުޅުވާނަމަ، އެކަމެއް 06 އޮކްޓޫބަރު 2022 ވަނަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން ތިރީގައިވާ އީ-މެއިލް އަށް ފޮނުއްވަންވާނެއެވެ. މިގޮތުން ފޮނުވާ ކްލެރިފިކޭޝަން ރިކުއެސްޓްތަކަށް 09 އޮކްޓޫބަރު 2022 ގެ 15:00 ގެ ކުރިން ޖަވާބު ފޮނުވޭނެއެވެ.

 "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހަޅުއްވާނީ، 13 އޮކްޓޫބަރު 2022 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެކަމަށް ޚާއްޞަކޮށްފައިވާ ފޯމުތައް މެދުވެރިކޮށް ލިޔުމުން ނުވަތަ އީމެއިލް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށެވެ.

 މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް

ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓް

މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ

5 ވަނަ ފަންގިފިލާ، މ.ހަޒާރުމާގެ، ފަރީދީމަގު

މާލެ، ދިވެހިރާއްޖެ

ފޯން: 3033410

އީމެއިލް: [email protected]

29 ސެޕްޓެންބަރު 2022
ހޯދާ