ދިވެހިރާއްޖެ
ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރު |
MBC-PRC/265/10/2014 |
މިކޯޕަރޭޝަންގެ އޭ.އެމް ޓްރާންސްމީޓަރ މަރާމާތުކުރަން ބޭނުންވާ ބައެއް ސްޕެއަރޕާޓްސް ގަންނަން ބޭނުންވެގެން ކުރެވުނު MBC-F/IU/2014/114 ނަންބަރު އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައި ނުވުމުގެ ސަބަބުން އެއިޢުލާން ބާޠިލުކޮށް، އެފުރުޞަތު އަލުން ހުޅުވާލަމެވެ.
ވީމާ، ޝައުޤުވެރިވާ ފަރާތްތަކުން 06 ނޮވެންބަރު 2014 ބުރާސްފަތި ދުވަހުގެ 2:00 އަށް އެމް.ބީ.ސީ. ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 16 ނޮވެންބަރު 2014 އާދީއްތަ ދުވަހުގެ 2:00 އަށް އެމް.ބީ.ސީ. ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ހާޒިރުވެ އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅުއްވާއިރު މިކޯޕަރޭޝަނުން ދޭ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކޮށް ހުށަހަޅުއްވަންވާނެއެވެ.
04 މުޙައްރަމް 1436