މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން
ދިވެހިރާއްޖެ
ބައެއް އިކުއިޕްމެންޓްސް ވިއްކާ ފަރާތުން ޕްރޮޕޯޒަލް ހުށަހެޅުމުގެ ދަޢުވަތު

ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރު

MBC-PRC/266/10/2014

 

މިކޯޕަރޭޝަނަށް 1 (އެކެއް) ޓީވީ ޓްރާންސްމީޓަރާއި އެއާ ގުޅޭ ބައެއް ތަކެތި ގަންނަން ބޭނުންވެގެން ކުރެވުނު MBC-F/IU/2014/115 ނަންބަރު އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވުމުގެ ސަބަބުން އެއިޢުލާން ބާޠިލުކޮށް، އެފުރުޞަތު އަލުން ހުޅުވާލަމެވެ.

ވީމާ، ޝައުޤުވެރިވާ ފަރާތްތަކުން 06 ނޮވެންބަރު 2014 ބުރާސްފަތި ދުވަހުގެ 2:00 އަށް އެމް.ބީ.ސީ. ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 16 ނޮވެންބަރު 2014 އާދީއްތަ ދުވަހުގެ 2:00 އަށް އެމް.ބީ.ސީ. ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ހާޒިރުވެ އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅުއްވާއިރު މިކޯޕަރޭޝަނުން ދޭ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކޮށް ހުށަހަޅުއްވަންވާނެއެވެ.

   04 މުޙައްރަމް 1436

28 އޮކްޓޫބަރު 2014
ހޯދާ