ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ސީނިއަރ ޕްރޮޑިއުސަރ

މަޤާމް :ސީނިއަރ ޕްރޮޑިއުސަރ
ބޭނުންވާ އަދަދު :1

                                   ވަޒީފާގެ ފުރުޞަތު

މަޤާމް:

ސީނިއަރ ޕްރޮޑިއުސަރ

އަސާސީ މުސާރަ

-/8,150 ރުފިޔާ

ސަރވިސް އެލަވަންސް:

-/3,000 ރުފިޔާ

މަޤާމުގެ ރޭންކް

ޓީޕީ 3

ބޭނުންވާ ޢަދަދު:

01

މަސައްކަތް ކުރަންޖެހޭތަން:

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް

ޓީވީ ޕްރޮޑަކްޝަން

މަޤާމުގެ ބާވަތް:

01 (އެކެއް) އަހަރު ދުވަހުގެ ކޮންޓްރެކްޓް

  • މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށްފަހު ކުންފުނީގެ ސިޔާސަތާ އެއްގޮތްވާގޮތުގެ މަތިން އެއްބަސްވުން އާ ކުރެވޭނެއެވެ.

މަޤާމުގެ ޝަރުތު:

  • މަޤާމާއި ގުޅޭ ދާއިރާއިން އެޑްވާންސް ޑިޕްލޮމާއިން އޮތުން ނުވަތަ މަޤާމާގުޅޭ ދާއިރާއިން  ޑިޕްލޮމާއެއް އޮތުމާއެކު މަޤާމާގުޅޭ ދާއިރާއިން (ހަތަރެއް) 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ މަޤާމާގުޅޭ ދާއިރާއިން 8 (އަށެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ޕްރޮގްރާމް ތަކުގެ އައިޑިއަރ އާއި ކޮންޓެންޓް ، މެނޭޖަރއާއެކު ޝެއަރ ކޮށް ތަޖުރިބާ ޙިއްސާ ކުރުން.
  • ޑިޕާޓްމަންޓުން ކަޑައަޅާފައިވާ އުޞޫލެއްގެ މަތިން ޕްރޮގްރާމް ތައްޔާރުކުރުން.
  • އޮފީހުން ބާއްވާ ޓްރެއިނިންގ ތަކުގައި ލިބިފައިވާ ހުނަރާއި ތަޖުރިބާގެ އަލީގައި ފަންނީ އެހީތެރިކަން ދިނުން.
  • ޕީއެސްއެމްއިން އުފައްދާ ޕްރޮޑަކްޝަންސްތަކުގެ ޕްރީ ޕްރޮޑަކްޝަން، ޕްރޮޑަކްޝަން އަދި ޕޯސްޓްޕްރޮޑަކްޝަންގެ މަސައްކަތްކުރުން
  • ހަވާލުކުރެވޭ ޕްރޮޑަކްޝަންސްތައް ޑައިރެކްޓްކުރުމާއި ކޮލިޓީ ރަނގަޅު ކުރުމަށް މަސައްކަތްކުރުން.
  • ދިމާވާ މައްސަލަތައް ވަގުތުން ވަގުތަށް ޙައްލު ކުރުން.
  • ޗެނަލްގައި މަސައްކަތް ކުރާ ޕްރޮޑިއުސަރުންނާ ގުޅިގެން އެކުވެރި މާޙައުލެއްގައި މަސައްކަތް ކުރުން.
  • ޕްރޮގްރާމްސްކްރިޕްޓްލިޔުމާއި ތަރުޖަމާކުރުން.
  • ސޯސަލް މީޑިއާގައި ޕްރޮގްރާމް ޕްރޮމޯޓްކުރުން އަދި އަޕްޑޭޓްކުރުން.
  • ޕްރީ ޕްރޮޑަކްޝަންއިން ފެށިގެން ޕްރޮގްރާމް ނިމި އާކައިވްކުރުމާއި ހަމަޔަށް ޒިންމާނެގުން.
  • މަސައްކަތާއި ގުޅޭ ޓްރޭނިންގތަކުގައި ފުރުޞަތު ލިބޭ މިންވަރަކުން ބައިވެރިވުން.
  • ޕީއެސްއެމްއިން ކަނޑައަޅާ ތަނެއްގައި މަސައްކަތްކުރުން.
  • ހަވާލުވާ އެކި ޕްރޮޑިއުސަރުންގެ ޕްރޮގްރާމްތައް / އަދި ޕްރޮޑިއުސަރުން މޮނިޓަރ ކުރުމާއި އެ ޕްރޮޑިއުސަރެއް އުފައްދާ ޕްރޮގްރާމްގެ ފެންވަރު ރަނގަޅުކުރުމަށް އެހީތެރިވެދިނުން.
  • ކުރާ މަސައްކަތްތަކަށް ޖަވާބުދާރިވުމާއި ޒިންމާވުން.
  • ޚާއްސަ ހާލަތެއްގައި ކުންފުނިން ކަނޑައަޅާ ވަގުތެއްގައި ވަޒީފާގެ ދާއިރާއިން އެހެނިހެން މަސައްކަތެއް ކުރުން.
  • ޕްރޮޑަކްޝަންތަކުގެ ފެންވަރު ރަނގަޅު ކުރުމަށާއި މަސައްކަތް ތަރައްޤީކުރުމަށް ޑިޕާޓްމަންޓުން ކަނޑައަޅާ އުސޫލެއްގެ މަތިން އެހީތެރިވެދިނުން.

އިތުރު އެލަވަންސްތައް:

  • އެޓެންޑެންސް އެލަވަންސް: ކުންފުނީގެ ސިޔާސަތުގައި އޮންނަ އުސޫލުގެ ތެރެއިން ދުވާލަކަށް 35 (ތިރީސް ފަސްރުފިޔާ)
  • ޓެކްނިކަލް ކޯ އެލަވަންސް: ކުންފުނީގެ ސިޔާސަތުގައި އޮންނަ އުސޫލުގެ ތެރެއިން ޝަރުތު ހަމަވާނަމަ އަސާސީ މުސާރައިގެ %20 އެލަވަންސް ދެވޭނެއެވެ.

ވަޒީފާ އަށް އެންމެ ގާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • މިމަގާމަށް ކުރިމަތިލާ ފަރާތެއްގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ކޮލިފިކޭޝަނާއި ހުނަރުގެ އިތުރުން، ކުރިން މިފަދަ މަސައްކަތެއްގައި އުޅެ ތަޖްރިބާ ލިބިލައްވާފައިވާ ފަރާތެއްނަމަ، އެފަރާތަކަށް އިސްކަންދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • އެކްރެޑިޓް އަދި އެޓެސްޓް ކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ (އެޓެސްޓްނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެއެވެ.)
  • ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އާއި ޕާސްޕޯރޓް ސައިޒު ގެ 1 ފޮޓޯ.
  • ޕޮލިސް ރިޕޯރޓް. (3 މަސް ހަމަނުވާ)

އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:

އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު  އެފަރާތްތަކަށް އެކަންޏެވެ.

ސުންގަޑި:

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 09 އޮކްޓޯބަރ 2022 ވަނަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/careersއަށް ލިޔުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ. ނުވަތަ [email protected] އަށް ލިޔުންތައް މެއިލް ކުރެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000368، 3000364، 3000207 އާއި ގުޅުއްވުން އެދެމެވެ.

                           03 ރަބުޢުލްއައްވަލް 1444

29 ސެޕްޓެންބަރު 2022
ހޯދާ