ދިވެހިރާއްޖެ
ކޮމްޕިއުޓަރ ސާމާނު ގަތުމަށް އަންދާސީހިސާބު ބޭނުންވެއްޖެ
އައި.ސީ.ޓީ ޓްރަސްޓް ފަންޑުގެ ދަށުން މި އޮތޯރިޓީން ހިންގާ ޕްރޮޖެކްޓެއްގެ މަސައްކަތަށް ބޭނުންކުރުމަށް ހޯދާ ތިރީގައި މިދަންނަވާ ތަކެތި ގަތުމަށް ކުރި ނަންބަރު: IUL)/165/1/2014/07)ފ(10 ޖުލައި 2014) އިޢުލާނުގައިވާ ސްޕެސިފިކޭޝަނާ އެއްގޮތަށް، އެކަށީގެންވާ އަގެއްގައި ތަކެތި ލިބެން ނެތުމާއެކު، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރީމެވެ.
|
Item |
Quantity |
1 |
USB 3G / Dongle - HSPA+ - Unlocked |
12 |
2 |
Wireless ADSL2 + Modem Router |
03 |
3 |
Laptop - 11.6" Screen - Genuine Windows 8.1 - Minimum Intel® Celeron® Dual-Core 1.8Ghz Processor (or Higher) - 500GB 5400rpm SATA hard drive - 2GB DDR3 memory - USB 3.0, Ethernet (RJ-45) port |
06 |
މި އަންދާސީހިސާބުތައް އިވެލުއޭޓް ކުރެވޭ ގޮތުގެ ތަފުސީލު
އަގަށް: 80 ޕޮއިންޓް (އެންމެ އަގުހެޔޮ ފަރާތަށް ގިނަ މާކްސް ލިބޭ އުސޫލުން)
މުއްދަތު: 10 ޕޮއިންޓް (އެންމެ ކުރު މުއްދަތަށް ގިނަ މާކްސް ލިބޭ އުސޫލުން)
ތަޖުރިބާ: 10 ޕޮއިންޓް (މިފަދަ ތަކެތި ސަޕްލައިކޮށްފައިވާނަމަ، މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބެލުމަށްފަހު)
ހުށަހަޅަންވީ ތަކެތި:
މިތަކެތި ވިއްކޭނެ އަގު:
ސަޕްލައި ކޮންދެއްވޭނެ މުއްދަތު:
ޓެކްނިކަލް ސްޕެސިފިކޭޝަން:
ކުންފުނީގެ މަޢުލޫމާތު (ޕްރޮޕައިލް، ރަޖިސްޓްރޭޝަނުގެ ކޮޕީ: ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން) އެހެން ފަރާތްތަކަށް ވިއްކާފައިވާ މިބާވަތުގެ ތަކެތި ވިއްކި ކަމުގެ ލިޔުން.
އަންދާސީހިސާބު ހުށަހަޅަންވީ ތަނާއި ގަޑި:
އަންދާސީހިސާބު ހުށަހެޅުމާއި ހުޅުވުން އޮންނާނީ ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް ގައި 5 ނޮވެންބަރު 2014 ވާ ބުދަ ދުވަހުގެ 11.00 ގައެވެ. އަންދާސީ ހިސާބު ހުޅުވުން އޮންނާނީ ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.
ވީމާ، މިގޮތުގެ މަތިން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3323344 ނަންބަރު ފޯނާއެވެ.
04 މުޙައްރަމް 1436