މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
02 ޓަނުގެ 02 ސެކަންޑްހޭންޑް ޕިކަޕް ވިއްކާނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

އެމް.ޑަބްލިޔޫ.އެސް.ސީ ގެ މަސައްކަތްތަކުގައި ބޭނުންކުރުމަށް 02 ޓަނުގެ 02 ސެކަންޑްހޭންޑް ޕިކަޕް ވިއްކާނެ ފަރާތެއް ހޯދުން (ރިޓެންޑަރކުރުން)

މިކުންފުނީގެ ފަރާތުން ކުރި އިޢުލާން ނަންބަރު: MWSC-61/ADV/2014/090 ގެ ދަށުން އަގު ހުށަހެޅުމަށް އެއްވެސް ފަރާތަކުން ހާޒިރުވެފައިނުވާތީ އެއިޢުލާން ބާޠިލުކޮށް، އަލުން މިކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތްވާގޮތުގެ މަތިން އެމް.ޑަބްލިޔޫ.އެސް.ސީ ގެ މަސައްކަތްތަކުގައި ބޭނުންކުރުމަށް 02 ޓަނުގެ 02 ސެކަންޑްހޭންޑް ޕިކަޕް ވިއްކާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް އަގު ހުށަހެޅުމުގެ ދަޢުވަތު އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ.

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް 04 ނޮވެންބަރު 2014 ދުވަހުގެ 15:00 އަށް އެމް.ޑަބްލިޔޫ.އެސް.ސީ ފެން ބިލްޑިންގގެ 05 ވަނަ ފަންގިފިލާއަށް ވަޑައިގެންދެއްވުން އެދެމެވެ.

އަދި އަގު ހުށަހެޅުން އޮންނާނީ 13 ނޮވެންބަރު 2014 ދުވަހުގެ 15:00 ގައި އެމް.ޑަބްލިޔޫ.އެސް.ސީ ފެން ބިލްޑިންގގެ 05 ވަނަ ފަންގިފިލާގައެވެ. އަގު ހުށަހަޅުއްވާއިރު ރާއްޖެއިން ބޭރުން ގެންނަ ވެހިކަލެއްނަމަ، އެކަން އެނގޭނެގޮތަށް އަގު ހުށަހެޅުއްވުން އެެދެމެވެ. އަގު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.

ޕްރޮކިއުމަންޓް ޑިޕާޓްމަންޓް

30 އޮކްޓޫބަރު 2014
ހޯދާ