އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަމިއްލަތަކެތީގައި އއ. ފެރިދޫ ބަނދަރު ސަރަޙައްދުގައި މޮނިއުމަންޓެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް (2 ވަނަ އިޢުލާނު)

ޢިއުލާން

                  މިކަމަށް ޝައުޤުވެރިވާ ފަރާތްތައް، 2022 އޮކްޓޫބަރ 02 ވާ އާދީއްތަ ދުވަހުން ފެށިގެން 2022 އޮކްޓޫބަރ 05  ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:30 ގެ  ކުރިން [email protected] އަށް ނުވަތަ އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާއަށް، ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ / އައިޑީކާޑު ކޮޕީއަކާއި، ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓާއި ފުރުމަށްފަހު ފޮނުއްވުމަށް ދަންނަވަމެވެ. މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2022 އޮކްޓޫބަރ 12 ވާ ބުދަ ދުވަހުގެ ހެނދުނު  10:00 ގައި މި ކައުންސިލްގެ އިދާރާގައެވެ.
                  އަމިއްލަ ތަކެތީގައި އއ.ފެރިދޫ ބަނދަރު ސަރަހައްދުގައި މޮނިއުމަންޓެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިކައުންސިލުން ކުރި ނަންބަރ:A/IUL/344/2022/57  ( 01 ސެޕްޓެމްބަރ 2022)  އިއުލާނަށް އެކަށީގެންވާ އަގެއް ލިބިފައި ނުވާތީ މިމަސައްކަތްކުރުމަށް އަލުން އިއުލާން ކުރަމެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުނަމަ 2022 އޮކްޓޫބަރ 05 ވާ ބުދަ ދުވަހު މެންދުރުފަހު 14:00ގެ ކުރިން [email protected] އަށް މެއިލްމެދުވެރިކޮށް ނުވަތަ އއ.ފެރިދޫ ކައުންސިލްގެ އިދާރާއަށް ލިޔުމުން ހުށަހެޅުއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

29 ސެޕްޓެންބަރު 2022
ހޯދާ