ދިވެހިރާއްޖެ
މިރަށު ލޭންޑްޔޫސް ޕްލޭންގައި މަސްކައްކާ ހިއްކުމުގެ މަސައްކަތް ކުރުމަށް ހުއްދަދެއްވާފައިވާ ބިމުން 2000އަކަފޫޓްގެ 6ބިން ކުއްޔަށް ދޫކުރުމަށް ކައުންސިލުންވަނީ ނިންމާފައެވެ. މި ބިންތަކުގައި މަސްކައްކާ ހިއްކުމުގެ މަސައްކަތް ފިޔަވައި އިތުރު މަސައްކަތެއް ނުކެރެވޭނެއެވެ. އަދި މިބިންތަކުން އެއްފަރާތަކައް ދެބިން ކުއްޔަށް ނުދެވޭނެއެވެ.
ޝަރުތު:
މިބިންތަކައް އެދި ހުށަހެޅޭނީ މިރަށުގެ ރައްޔިތުންގެ ތެރެއިން 18އަހަރު ފުރިފައިވާ މިރަށުގެ ރަޖިސްޓްރީގައި އޮތް މީހުންނަށެވެ. އަދި ރަށުގެ، ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކަށާއި ކުންފުނި ތަކަށެވެ.
ބީލަމުގައި ބައިވެރިވުން:
މިބިންތަކަށް އެދި ހުށަހެޅުމަށް ހަމަޖެހިފައިވަނީ ސިޓީލާ ބީލަމު ޢުޞޫލުންނެވެ. މިގޮތުން ބީލަމުގައި ބައިވެރިވާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި -/500.00ރ (ފަސްސަތޭކަ ރުފިޔާ) މިކައުންސިލަށް ދައްކަންވާނެއެވެ. މި ފައިސާ ބިޑް ހުށަހެޅުމުގެ ކުރިން ކައުންޓަރަށް ދައްކާ، ފައިސާ ބެހެއްޓި ޑިޕޮސިޓް ސްލިޕް މި ބިޑް ހުށަހަޅާ ފޯމް ނުވަތަ ސިޓީއާއިއެކު ހުށަހަޅަން ވާނެއެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި ދައްކާ ފައިސާ ބީލަން ނިމުމުން، ބީލަމުގައި ބައިވެރިވި ފަރާތްތަކަށް ދޫކުރެވޭނެއެވެ. ނަމަވެސް ބީލަން ކާމިޔާބު ވުމަށްފަހު، ބީލަން ދޫކޮށްލާނަމަ އެފަރާތެއްގެ ޑިޕޮސިޓް ފައިސާ އަނބުރާ ނުދެވޭނެއެވެ. ބިން ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކުން އަގުޖައްސަވާ ސިޓީ ފޮނުވަންވާނީ ކޮންމެ ރަސްމީ ދުވަހަކު ހެނދުނު 8:00އިން 13.30އަށް މިއިދާރާއަށެވެ. އަދި ސިޓީއާއިއެކު ހުށަހަޅާ ފަރާތުގެ އައިޑީ ކާޑްގެ ކޮޕީ ގެންނަންވާނެއެވެ. މެއިލް ކުރައްވާނަމަ [email protected] މިމެއިލްއަށް ފޮނުއްވާ ލިބުނުކަން ކަށަވަރު ކުރައްވަންވާނެއެވެ.
ބީލަން ފެށޭއަގާއި ބީލަން ކާމިބުކުރުން:
ކޮންމެ ބިމެއްވެސް ކުއްޔަށް ދޫކުރުމަށް ފެށޭއަގަކީ އަކަފޫޓެއް 0.15 (ފަނަރަ ލާރި) އެވެ. އިތުރު ކުރެވޭނީ މަދުވެގެން ފަހަރަކު އަކަފޫޓަކަށް 0.2 ( ދެ ލާރި ) އެވެ. އަދި ބީލަން ކާމިޔާބު ކުރެވޭނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ޖެހިޖެހިގެން 3ދުވަހު އެއްއަގެއްގައި އޮވެއްޖެނަމަ، އެއަގެއް ހުށަހެޅި ފަރާތަކަށެވެ. އަދި އެދުވަހެއްގެ ލިބޭއަގުތައް އެދުވަހުގެ 14.00ގެ ފަހުން ކައުންސިލް އިދާރާގެ ނޯޓިސް ޢާއްމުކުރާ ބޯޑުގައި ޢާއްމުކުރެވޭނެއެވެ. ބީލަން ކާމިޔާބު ކުރާފަރާތްތަކާއެކު ކަނޑައެޅިފައިވާ އެއްބަސްވުމުގެ ދަށުން ބިން ކުއްޔަށް ދޫކުރެވޭނެއެވެ. މިގޮތުން އެއްބަސްވުމުގެ ދަށުން އެޑްވާންސް ޕޭމެންޓްގެ ގޮތުގައި ކުއްޔަށް ހިފާ ފަރާތުން 2މަހުގެ ކުލި ދައްކަންޖެހޭނެއެވެ.
މިއިޢުލާނުގެ ދަށުން ކުއްޔަށް ދޫކުރެވޭ 6 ބިން އޮންނަ ސަރަހައްދު ދައްކުވައިދޭ ރަށުގެ އައުޓްލައިން ޗާޓެއް މި އިޢުލާނާއިއެކު އާންމު ކުރެވިފައިވާނެއެވެ. ބިމަށް އެދި ހުށަހަޅާނީ ކުރެހުން ބަލައިގެން، ބޭނުންވާ ބިމުގެ ނަމްބަރ ޖައްސަވައިގެންނެވެ.
ވީމާ، މަސްކައްކާ ހިއްކުމުގެ މަސައްކަތް ކުރުމަށް، ބިން ކުއްޔަށް ހިފުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މިއަދުން ފެށިގެން، 15 ނޮވެމްބަރ 2022ވަނަ ދުވަހުގެ ނިޔަލަށް ބީލަން ހުށަހެޅުމުގެ ފުރުޞަތުވަނީ ހުޅުވާލެވިފައެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މިއިދާރާގެ 6780034އަށެވެ.
މިހެންވެ މިކަން އާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.