މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކ. ތުލުސްދޫގެ ބަދަރު ސަރަޙައްދުގައި، މި އިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް ފެރީ ގިމަތައެއް ޑިޒައިންކޮށް އިމާރާތްކޮށް ހިންގައިދޭނޭ ފަރާތެއް ހޯދުން

ކ. ތުލުސްދޫގެ ބަދަރު ސަރަޙައްދުގައި، މި އިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް ފެރީ ގިމަތައެއް ޑިޒައިންކޮށް އިމާރާތްކޮށް ހިންގައިދޭނޭ ފަރާތެއް ހޯދުން

މިކައުންސިލުން ދޭ މަޢުލޫމާތާއިއެއްގޮތަށް ތުލުސްދޫ ބަދަރު ސަރަހައްދުގައި ފެރީ ގިމަތައެއް ޑިޒައިންކޮށް އިމާރާތްކޮށް ހިންގައިދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިފެރީ ގިމަތަ ހިންގުމަށް 45 އަހަރު ލިބިގެންދާނެއެވެ. އަދި ޑިޒައިންކުރުމާއި އިމާރާތްކުރުމަށް 18 މަސްދުވަސް ލިބިގެންދާނެއެވެ.

ވީމާ މިމަސައްކަތް ކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 06 އޮކްޓޯބަރ 2022 ވަނަ ދުވަހު 13:00 ގެ ކުރިން މިއިދާރާގެ ފޯނު ނަންބަރު 6640183 އަށް ގުޅުއްވައިގެން ނުވަތަ މިއިދާރާ އީމެއިލް ([email protected])   އަށް އީމެއިލް ކުރައްވާ ނަންނޯޓް ކުރެއްވުން އެދެމެވެ. އަދި މައުލޫމާތު ސާފުކުރެއްވުމަށް 06 އޮކްޓޯބަރ ވަނަ ދުވަހު 11:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 13 އޮކްޓޯބަރ 2022 ވަނަ ދުވަހުގެ 11:00 އަށް ޕޮރޮޕޯސަލް ހުށައެޅުއްވުން އެދެމެވެ. ބިޑް ހުޅުވުން އޮންނާނީ، ބިޑް ހުށަހަޅުއްވާ ދުވަހު، ހުށައެޅުއްވި ފަރާތްތަކުގެ ހާޟިރުގައި އެގަޑީގައެވެ. ބިޑްގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ފަރާތަކަށްވެސް ބިޑް ހުށައެޅޭނެއެވެ.

މިމަސައްކަތަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

03 ރަބީޢުލްއައްވަލް 1444

29 ސެޕްޓެންބަރު 2022
ހޯދާ