ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ފާމް ޓު ޕްލޭޓް އިންކިއުބޭޝަން ޕްރޮގްރާމްގެ އޮޕަރޭޝަނަލް ފްރޭމްވޯކް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

ދަނޑުވެރިކަމުގެ ވިޔަފާރިކުރާ ފަރާތްތަކަށް ބޭނުންވާ ވިޔަފާރީގެ އެހީތެރިކަން ފޯރުކޮށްދިނުމަށާއި މި ވިޔަފާރި އިތުރަށް ފުޅާކުރުމަށް މި ކޯޕަރޭޝަނުން އއ.ތޮއްޑޫގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ފާމް ޓު ޕްލޭޓް އިންކިއުބޭޝަން ޕްރޮގްރާމް ގެ އޮޕަރޭޝަނަލް ފްރޭމްވޯކް، ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާތީ މި ކޯޕަރޭޝަނުން 01 ސެޕްޓެންބަރު 2022 ގައި ކުރި ނަންބަރު (IUL)-BCC/PRC/2022/33 އިޢުލާނު ބާތިލުކޮށް، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވަލާ އެއްގޮތަށް މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު، މި ކޯޕަރޭޝަންގެ މ.ކަނީރުވިލާ އެއްވަނަ ފަންގިފިލާ އޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.  

      

ދުވަސް

ތާރީޚް

ވަގުތު

މަޢުލޫމާތު ސާފުރުން

އާދީއްތަ

09 އޮކްޓޫބަރު 2022

14:00

އަންދާސީހިސާބު ހުށަހެޅުން

ބުރާސްފަތި

13 އޮކްޓޫބަރު 2022

14:00

 

މަޢުލޫމާތު ސާފުކުރައްވަން ގަޑިއަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި، އަންދާސީހިސާބު ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައި ނުގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ. އަދި ފޯނު މެދުވެރިކޮށްނަމަ 3330587  އަށް ގުޅުއްވުން އެދެމެވެ.

 

 

29 ސެޕްޓެންބަރު 2022

29 ސެޕްޓެންބަރު 2022
ހޯދާ