ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ހިއުމަން ރިސޯސް އޮފިސަރ

 
 
މަޤާމު: ހިއުމަން ރިސޯސް އޮފިސަރ

ރޭންކް:

އެމް.އެސް 2
ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 2
ޑިވިޜަން: ޕަރސަނެލް މެނޭޖްމަންޓް އެންޑް އޯގަނައިޒޭޝަނަލް ޑިވެލޮޕްމަންޓް
މުސާރަ: -/6295 ރުފިޔާ
ސަރވިސް އެލެވަންސް: -/2000 ރުފިޔާ
ލިވިންގ އެލަވަންސް -/3000 ރުފިޔާ
އެހެނިހެން އެލަވަންސް: އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސް: 2203/25 ރުފިޔާ
އޯވަރޓައިމް އެލަވަންސް: އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
ބޭނުންވާ އަދަދު: 01
ތަޢުލީމާއި ތަޖުރިބާ:
  1. ހިއުމަން ރިސޯސް މެނޭޖްމެންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
މަޤާމުގެ މަސްއޫލިއްޔަތު:
  1. ސިވިލް ސަރވިސްގެ ވަޒީފާތަކުގެ ކްލެސިފިކޭޝަން ސިސްޓަމް އާއި ގްރޭޑިންގ ސިސްޓަމް އެކުލަވާލުމާއި، ސިވިލް ސަރވިސްގެ ވަޒީފާތަށް އިވެލުއޭޓް ކުރުމުގެ މަސައްކަތް ބެލެހެއްޓުމާއި ހިންގުން. 
  2. ސިވިލް ސަރވިސްގެ ވަޒީފާތަކުގެ މުސާރައާއި އިނާޔަތްތަކުގެ އޮނިގަނޑު އެކުލަވާލުމާއި، ސިވިލް ސަރވިސްގައި ހިމެނޭ އިދާރީ އަދި ފަންނީ މަޤާމުތަކާއި އެހެނިހެން މަޤާމުތަކުގެ ޝަރުޠުތަކުގެ އޮނިގަނޑު އެކުލަވާލައި މުރާޖަޢާ ކުރުމުގެ މަސައްކަތް ކުރުމާއި ބެލެހެއްޓުން.
  3. ސިވިލް ސަރވިސްގައި ހިމެނޭ އޮފީސްތަކުގެ އިދާރީ އޮނިގަނޑު މުރާޖަޢާ ކުރުމުގެ މަސައްކަތް ކުރުމާއި ބެލެހެއްޓުން.
  4. ސެކްޝަނުގެ އެހެން ޔުނިޓުތަކުގެ މުވައްޒަފުންނާއެކު ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުން އަދި އެ ޔުނިޓުތަކުގެ މަސައްކަތްތަކުގައި އެހީތެރިވެދިނުން.
  5. ޙަވާލުވެފައިވާ މަސައްކަތްތަކާ ގުޅިގެން އަދާކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުން.
  6. ކޮމިޝަނުގެ އިދާރާގެ މަސައްކަތްތަކުގެ ތެރެއިން ސެކްރެޓަރީ ޖެނެރަލް ހަވާލުކުރާ މަސައްކަތްތައް ކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:

05 ނޮވެންބަރު 2014 ވާ ބުދަ ދުވަހުގެ މެންދުރު ފަހު 14:30 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ (ހ. ވެލާނާގެ 12 ވަނަ ފަންގިފިލާ)

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ތަޢުލީމާއި ތަމްރީނު (ކަނޑައެޅިފައިވާ އިންސައްތަ: %38)
  • މަސައްކަތުގެ ތަޖުރިބާ (ކަނޑައެޅިފައިވާ އިންސައްތަ: %8)
  • އިންޓަވިއު އަދި ޕްރެޒެންޓޭޝަން (ކަނޑައެޅިފައިވާ އިންސައްތަ: %54)    

އިންޓަވިއު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު 2014 ނޮވެންބަރު 09 އާއި 2014 ނޮވެންބަރު 13 އާ ދެމެދު މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3307302 ނުވަތަ 3307303 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3303648 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އިތުރު މަޢުލޫމާތު މި ކޮމިޝަންގެ ވެބްސައިޓް http://www.csc.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.

02 މުޙައްރަމް 1435

26 އޮކްޓޫބަރު 2014
ހޯދާ