ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އަތޮޅުތަކުގައި ހުންނަ އެސްޓީއޯ ފާމަސީތައް އިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތްތައް ހޯދަން ބޭނުންވެއްޖެ.

ތިރީގައިވާ ރަށުގައި ފާމަސީ އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ. ވީމާ، މިބާވާތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި އަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

ފާމަސީ އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ރަށް:

  1. ހދ. ވައިކަރަދޫ

 1. މަސައްކަތުގެ ވެރިފަރާތް:  ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ

 2. މަސައްކަތުގެ ބާވަތް: 225 އަކަފޫޓުގެ ފާމަސީއެއް އިމާރާތް ކުރުން.

 3. ރަޖިސްޓްރީ ކުރާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް:

 

3.1   ރަޖިސްޓްރީ ކުރުމަށް އެދި ހުށަހަޅާ ފަރާތަކީ ފާއިތުވި 5 (ފަހެއް) އަހަރުދުވުވަހުގެ ތެރޭގައި، 200،000.00 (ދެ ލައްކަ ރުފިޔާ) އަށް ވުރެ ކުޑަ ނޫން އިމާރާތްކުރުމުގެ މަސައްކަތެއް ކޮށްފައިވާ ފަރާތަކަށް ވުން.

3.1.1         ތަޖުރިބާ ހުރިކަމަށް ބަލައިގަނެވޭނީ މަސައްކަތް ކޮށްދެވުނު ފަރާތުގެ ރެފަރެންސް ސިޓީ (ޕޮސިޓިވް ރިފަރެންސް) ހުށަހެޅުމުންނެވެ. އެސްޓީއޯއިން ބޭނުންވެއްޖެ ހިނދެއްގައި ކޮށްފައިވާ މަސައްކަތްތައް ވެރިފައި ކުރުމަށް އިތުރު މައުލޫމާތު ހޯދިދާނެއެވެ.

3.1.2         ރެފަރެންސް ސިޓީގައި މަސައްކަތުގެ ތަފްސީލް ނެތްކަމުގައި ވަނީނަނަމަ، ސިޓީއާއި އެކު އެ މަސައްކަތުގެ ސަޕޯޓިންގ ޑޮކިއުމަންޓްސް ހުށަހަޅަންވާނެއެވެ. އަދި އަމިއްލަ ފަރާތްތަކުގެ ނަމުގައި ހުށަހަޅާ ސިޓީ ބަލައި ނުގަނެވޭނެއެވެ. ހުށަހަޅާފައިވާ ސިޓީ އާއި ސަޕޯޓިންގ ޑޮކިއުމަންޓްސް ތަކުން މަސައްކަތުގެ ތަފްސީލް އަދި މަސައްކަތް ނިންމި ގޮތް ސާފުކޮށް އެނގެން ނެތްނަމަ އެ ސިޓީ ބަލައިނުގަތުމުގެ އިޚްތިޔާރު އެސްޓީއޯއަށް ލިބިގެންވެއެވެ.

 4. ރަޖިސްޓްރީ ކުރުމަށް އެދި ހުށަހަޅަން ޖެހޭ ލިޔުންތައް:

 

4.1   ކުރިން ކޮށްފައިވާ މި ބާވަތުގެ މަސައްކަތުގެ ރިފަރެންސް ސިޓީ (3.1 ގައިވާ ގޮތަށް).

                 

 5. ރަޖިސްޓަރީ ކުރުން: 

 

5.1   ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން 05 އޮކްޓޯބަރ 2022 ވަނަ ދުވަހު 1100 ގެ ކުރިން، ތިރީގައިވާ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރަންވާނެއެވެ.


    އީމެއިލް އެޑްރެސް: [email protected]

 6. ބީލަންކަރުދާސް ދޫކުރުން:

 

6.1   ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 06 އޮކްޓޯބަރ 2022 ވަނަ ދުވަސް ނިމުމުގެ ކުރިން އީމެއިލުންނެވެ.

 

 7. ސުވާލާއި ޖަވާބު:

           

7.1   ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 11 އޮކްޓޯބަރ 2022 ވާ ދުވަހުގެ 1100 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވަންވާނެއެވެ. އަދި 11 އޮކްޓޯބަރ 2022 ވާ ދުވަސް ނިމުމުގެ ކުރިން ހުށަހެޅިފައިވާ ސުވާލުތަކަށް ޖަވާބުދާރީ ވެވޭނެއެވެ.

 

 8. ބީލަން ހުށަހެޅުން:

 

8.1   ބީލަން ހުށަހަޅަންވާނީ 16 އޮކްޓޯބަރ 2022 ވަނަ ދުވަހު 1100 ގެ ކުރިން [email protected] އީމެއިލް އެޑްރެސް އަށެވެ. އަދި ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ އެއްވެސް ބީލަމެއް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

ފޯނު:  1422  

އީމެއިލް: [email protected]  

28 ސެޕްޓެންބަރު 2022
ހޯދާ