ދިވެހިރާއްޖެ
މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ކޮމްޕިއުޓަރ ސިސްޓަމް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ބިޑް ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން 26 ސެޕްޓެމްބަރ 2022 އިން ފެށިގެން 04 އޮކްޓޯބަރ 2022 ގެ ނިޔަލަށް ކައުންސިލް އިދާރާގައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. އަދި ހަމަ މީގެ އިތުރު ބިޑަށް ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް ބިޑާއި ބެހޭ މައުލޫމާތު ދެވޭނީ އީމެއިލް މެދުވެރިކޮށެވެ. ވީމާ ، ތިރީގައިވާ މައުލޫމާތު ފުރިހަމަ ކުރެއްވުމަށްފަހު [email protected]މެއިލް އަށް ރަޖިސްޓްރީ ކުރެއްވުމަށް ފޮނުއްވައިދެއްވުން އެދެމެވެ. ބިޑަށް ރަޖިސްޓްރީވުމުން ރަޖިސްޓްރީ ކުރެވުނުކަން ހުށަހަޅާފައިވާ މެއިލް އަށް އެންގޭނެވާހަކަ ދެންނެވީމެވެ. މެއިލް ފޮނުއްވާއިރު އިޢުލާން ނަންބަރު ޖެއްސެވުން އެދެމެވެ.
- ކުންފުނީގެ ނަން.
- ކުންފުނީގެ މެއިލް.
- ގުޅޭނެ މޮބަލް ނަންބަރ.
|
ތާރީޚް |
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފުކުރުން |
05 އޮކްޓޯބަރ 2022 |
ބުދަ |
11:00 |
އަންދާސީ ހިސާބު ހުށައެޅުން |
10 އޮކްޓޯބަރ 2022 |
ހޯމަ |
11:00 |
މި ބީލަމަށް ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
އިތުރު މަޢުލޫމާތު |
|
އަގު |
85% |
މުއްދަތު |
މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށައެޅުމަށް ހަމަޖެހިފައިވާ ދުވަހުގެ އެގަޑީގައި އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތު ހުޅުވާލީމެވެ. މަތީގައި ދެންނެވިފައިވާ ތާރީޚްތަކަށާއި ގަޑިތަކަށް ބަދަލެއް އަންނަނަމަ މިއިދާރާއިން އާންމުކޮށް އަންގާ އިޢުލާންކުރަމުން ގެންދާނެ ވާހަކަ ދެންނެވީމެވެ.
ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެއެވެ.
30 ޞަފަރު 1444
26 ސެޕްޓެމްބަރ 2022