އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އއ.ތޮއްޑޫ ކައުންސިލަށް ޕިކަޕެއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން

 

ބީލަންހުށަހެގެ ދަޢުވަތު

ޕްރޮޖެކްޓްގެ ނަން:

އއ.ތޮއްޑޫ ކައުންސިލަށް ޕިކަޕެއްސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން

ޕްރޮޖެކްޓްގެ ނަންބަރު:

(PROJ)339/2022/8

އިޢުލާނު ނަންބަރު:

(IUL)339-ESMS/339/2022/124

އިޢުލާނުގެ ވަނަ:

2 ވަނަ

ބީލަމުގެ މާޢުލޫމާތު

މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް އއ.ތޮއްޑޫ ކައުންސިލަށް ޕިކަޕެއްސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން  ބޭނުންވެއްޖެއެވެ. މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ހުޅުވާލަމެވެ.މި ބީލަމުގައި ބައިވެރިވެވޭނީ ވިޔަފާރިރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުންރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތައް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާފަރާތްތަކަށެވެ.

ބީލަން ހުށަހެޅުމަށް ރަޖިސްޓަރީވުން

ބީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ވަގުތަކީ 2022 އޮކްޓޯބަރ 05 ވަނަ ދުވަހުގެ 13:00 އެވެ.  ބީލަމަށް ރަޖިސްޓްރީ ކުރަން ކަނޑައެޅިފައިވާގަޑީގެ ފަހުން ލިބޭ އެއްވެސް ފޯރމެއް ބަލައި ނުގަނެވޭނެ އެވެ.

ބީލަމުގައި ބައިވެރިވުމަށް އެދޭފަރާތްތަކުން މި އިޢުލާނާއި އެޓޭޗްކުރެވިފައިވާ ބިޑް ރެޖިސްޓްރޭޝަން ފޯރމް ފުރިހަމަ ކުރެއްވުމަށްފަހު އީ-މެއިލް: [email protected] އަށް މެއިލްކުރުމުން ރަޖިސްޓްރ ނަންބަރ ޖަހާ އެސްލިޕް މެއިލް ކުރެވޭނެއެވެ. އަދި ރަސްމީގަޑީގައި ކައުންސިލްގެ ރިސެޕްޝަނުން ފޯމް ބަލައިގަތުމުގެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. ބީލަމުގައި ރަޖިސްޓްރީވިކަމަށް ޔަގީންކުރުމަކީ ހުށަހަޅާފަރާތުގެ ޒިންމާއެކެވެ.

ބީލަން ހުޅުވުން

ބީލަން ހުޅުވުން އޮންނާނީ  2022 އޮކްޓޯބަރ 09 ވަނަ ދުވަހުގެ 13:00 ގައި ތޮއްޑޫ ކައުންސިލްގެ ޖަލްސާކުރާ މާލަމްގައެވެ.

އިތުރު މަޢުލޫމާތު

މ ޕްރޮޖެކްޓާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއް ވާނަމަ 2022 އޮކްޓޯބަރ 08 ވަނަ ދުވަހުގެ 18:00 ގެ ކުރިން މަތީގައި ދެންނެވިފައިވާ އީމެއިލް އެޑްރެހަށް އީ-މެއިލް ކުރަންވާނެއެވެ.

26 ސެޕްޓެންބަރު 2022
ހޯދާ