ދިވެހިރާއްޖެ
10kW ގެ ސޯލަރ ޕީ.ވީ ޕަވަރ ސިސްޓަމެއް ގަނެ ހަރުކޮށްދީ، ކޮމިޝަން ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ
މިފެކަލްޓަިގެ ނަންބަރު MNU-FET/2014/07 އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅުމަށް އެންމެ ފަރާތެއް ހާޒިރުވެފައިވާތީ، އެ އިޢުލާން ކެންސަލްކޮށް، އަލުން އިޢުލާން ކުރަމެވެ.
މި ފެކަލްޓީން ކުރަމުންދާ ދިރާސާއަކަށް 10 ކިލޯވޮޓްގެ ގްރިޑް ޓައިޑް ޕީވީ ޕަވަރ ސިސްޓަމެއް ގަނެ ހަރުކޮށްދީ ކޮމިޝަން ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ތިރީގައިމިވަނީ، މިކަމާބެހޭ ބައެއް މަޢުލޫމާތެވެ.
ސިސްޓަމްގެ ބާވަތް: ދިހަ ކިލޯވޮޓްގެ ޕީވީ ޕަވަރ ސިސްޓަމް (ގްރިޑް ޓައިޑް) ތްރީ ފޭސް.
ސޯލާޕެނަލްތައް: މޮނޮކްރިސްޓަލައިން
ހަރުކޮށްދޭންޖެހޭ ތަން: ސ.ހިތަދޫގައި ހުންނަ ޔުނިވަރސިޓީ ކެމްޕަސް 1 ގެ 3 ބުރީގެ ޢިމާރާތެއްގެ ފުރާޅުގައި
އިތުރު މަޢުލޫމާތު: ފެކަލްޓީ އޮފް އެންޖިނިއަރިންގ ޓެކްނޯލޮޖީ، 3345401
ޕްރޮޖެކްޓާ ބެހޭ އިތުރު މަޢުލޫމާތު: http://www.mnu.edu.mv/images/research/2014/MNUResearchGrant-Aug2014_DEMOApplication.pdf
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މި ފެކަލްޓީ (މއ. ރަށްދެބައި ހިނގުން، މާލެ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
|
|
ތާރީޚު |
ދުވަސް |
ގަޑި |
|
މަޢުލޫމާތު ސާފުކުރެއްވުން |
02 ނޮވެންބަރު 2014 |
އާދީއްތަ |
14:00 (މެންދުރުފަހުގެ) |
|
އަންދާސީހިސާބު ހުށަހެޅުއްވުން |
06 ނޮވެންބަރު 2014 |
ބުރާސްފަތި |
14:00 (މެންދުރުފަހުގެ) |
03 މުޙައްރަމް 1436
