މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ބިދޭސީ ޓީޗަރުން ރާއްޖެއިން ބޭރުން ގެނެސްދޭނެ ފަރާތެއް ހޯދުމަށް

ސަރުކާރު ސްކޫލްތަކަށް 2015 ވަނަ އަހަރަށް ބޭނުންވާ ބިދޭސީ ޓީޗަރުން ރާއްޖެއިން ބޭރުން ގެނެސްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

(1) ރާއްޖޭގައި ހިންގާ ސަރުކާރުގެ ސްކޫލްތަކަށް 2015 ވަނަ އަހަރަށް ބޭނުންވާ ބިދޭސީ ޓީޗަރުން ރާއްޖެއިން ބޭރުން ގެނެސްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު، މިކަމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.

(2) ބީލަމާގުޅޭ ލިޔުންތަކުގެ ސޮފްޓް ކޮޕީ ސީޑީގެ އަގަކީ -/200 (ދުއިސައްތަ) ރުފިޔާއެވެ. ފައިސާ ބަލައިގަތުމާއި ސީޑީ ދޫކުރުން އޮންނާނީ 2014 ނޮވެންބަރު 02 އިން 06 އަށް، ކޮންމެ ދުވަހަކު 09:00 އިން 12:00 އަށް މިމިނިސްޓްރީގެ ފައިނޭންސް ސެކްޝަން (ވެލާނާގޭގެ 08 ވަނަ ފަންގިފިލާ) އިންނެވެ.

(3) ޕްރީބިޑް މީޓިންގ އޮންނާނީ 06 ނޮވެންބަރު 2014 (ބުރާސްފަތި) ދުވަހުގެ 14:00 ގައި މިމިނިސްޓްރީ (ވެލާނާގޭގެ 09 ވަނަ ފަންގިފިލާ) ގެ މީޓިންގރޫމް 04 ގައެވެ.

(4) ބީލަން ހުޅުވުން އޮންނާނީ 20 ނޮވެންބަރު 2014 (ބުރާސްފަތި) ދުވަހުގެ 15:00 ގައި މިމިނިސްޓްރީ (ވެލާނާގޭގެ 09 ވަނަ ފަންގިފިލާ) ގެ މީޓިންގރޫމް 01 ގައެވެ.

އަދި ދަންނަވަމެވެ. ޕްރީބިޑް މީޓިންގގައި ބައިވެރިވެވޭނީ އަދި ބީލަން ހުށަހެޅޭނީ، ބީލަމާބެހޭ ލިޔުންތަކުގެ ސޮފްޓް ކޮޕީ ބައްލަވައިގެންފައިވާ ފަރާތްތަކަށެވެ. ސީޑީ ބައްލަވައިގަންނަވާއިރު ނަންނޯޓް ކުރައްވާނީ، ބީލަމަށް ކުރިމަތިލާ ކުންފުނި/އެޖެންސީގެ ނަމުގައެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436 ނަންބަރު ފޯނާއެވެ.

03 މުޙައްރަމް 1436

27 އޮކްޓޫބަރު 2014
ހޯދާ