ދިވެހިރާއްޖެ
އިޢުލާން
މުލީ ރީޖަނަލް ހޮސްޕިޓަލްގެ ލެބޯޓްރީ ބޮޑްކުރުމަށް ކުރަންޖެހޭ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް.
މިހޮސްޕިޓަލުންދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ހޮސްޕިޓަލްގެ ލެބޯޓްރީބޮޑު ކުރުމަށް ކުރަންހުރި މަރާމާތު މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެގެން ކުރެވުނު ނަންބަރ(IUL)MRH-MNT/MRH/2022/66 (11 ސެޕްޓެމްބަރ 2022) އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުތަކުގެ މަޢުލޫމާތު ފުރިހަމަނުވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އެ ފުރުސަތު ހުޅުވާލަމެވެ.
ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 29 ސެޕްޓެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 13:00އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު،06 އޮކްޓޯބަރ 2022ވާ ބުރާސްފަތި ދުވަހުގެ 13:00އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ތަކާއި މަޢުލޫމާތު ފުރިހަމަނުވާފަރާތްތަކުގެ އަންދާސީހިސާބު ބާތިލްކުރެވޭނެވާހަކަ ދެންނެވީމެވެ.މިމަސައްކަތް ކުރުމަށް އެދި އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ނަމްބަރ 2014/18ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫން 19/2014ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 6720605 އެވެ.
25 ސެޕްޓެމްބަރ 2022