ނޫރާނީ ސްކޫލް، ސ. ހިތަދޫ
ދިވެހިރާއްޖެ
ނޫރާނީ ސްކޫލުގައި ހުރި މަރާމާތުތައް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް

ނޫރާނީ ސްކޫލުގައި ހުރި ތިރީގައި މިދަންނަވާ މަރާމާތުތައް، އަމިއްލަ ތަކެތީގައި ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، އަމިއްލަ ތަކެތީގައި މިދަންނަވާ މަރާމާތުތައް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

1- ސްކޫލް ޢިމާރާތުގެ ފުރާޅުގެ ޓިނު ބަދަލުކުރުން

2- ސްކޫލް ޢިމާރާތުގެ ކުޑަދޮރުތައް އެލްމެނިއަމް ދޮރަށް ބަދަލުކުރުން

3- ސްކޫލް ޢިމާރާތުގެ ދެކުނުފަރާތާއި ހުޅަނގުފަރާތު ބޭރުބިތުގައި ސިމެންތިޖެހުން

4- ގޯތިތެރޭގައި ގާ އަޅައި ވާރކްވޭ ހެދުން

މަރާމާތު

5 ނޮވެންބަރު 2014 ވާ ބުދަދުވަހުގެ ހެނދުނު 11:00 ގައި ނޫރާނީ ސްކޫލުގައި

މަޢުލޫމާތު ދިނުން

9 ނޮވެންބަރު 2014 ވާ އާދީއްތަދުވަހުގެ ހެނދުނު 11:00 ގައި ނޫރާނީ ސްކޫލުގައި

އަންދާސީހިސާބު ހުށަހެޅުން

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައެއްނުގަނެވޭނެއެވެ. އަދި މަޢުލޫމާތުތައް ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބާޠިލުކުރެވޭނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގެވުމުގެ ގޮތުން އިޢުލާންކުރީމެވެ.

04 މުޙައްރަމް 1436

28 އޮކްޓޫބަރު 2014
ހޯދާ