ދިވެހިރާއްޖެ
އިޢުލާން
ލިނިންގް މޯލްޑިވްސް އިންޓަރނޭޝަނަލް ޗެލެންޖް 2022 މުބާރާތަށް ޓެކްނިކަލް އޮފިޝަލުން ހޯދުމާއި ބެހޭ
ލިނިންގް މޯލްޑިވްސް އިންޓަރނޭޝަނަލް ޗެލެންޖް 2022
ލިނިންގ މޯލްޑިވްސް އިންޓަރނޭޝަންލް ޗެލެންޖް 2022 މުބާރާތް 18 އޮކްޓޯބަރ އިން 23 އޮކްޓޯބަރ 2022 އަށް މާލޭ ކުޅިވަރު އެކުވެނި ބެޑްމިންޓަން އިންޑޯ ހޯލްގައި ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.
ވީމާ، މިމުބާރާތުގައި ޓެކްނިކަލް އޮފިޝަލްކަން ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 10 އޮކްޓޯބަރ 2022 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ބެޑްމިންޓަން އެސޯސިއޭޝަންގެ މެއިލް: [email protected] އަށް އެފަރާތްތަކުގެ މަޢުލޫމާތު ޙިއްސާކޮށްދެއްވުން އެދެމެވެ. އަދި މި މުބާރާތް ކުރިޔަށްދާ މުއްދަތުގައި ވަޒީފާއިން ވީއްލުމަށް އެދޭ ފަރާތްތެއްނަމަ ވަޒީފާއަދާކުރަމުންދާ މަޤާމު، ތަން، ސާރވިސް ނަމްބަރު (އައިޑީ ނަންބަރު) އަދި ވަޒީފާއިން ވީއްލުމަށް އެދި އެޑްރެސް ކުރަންވީ ފަރާތެއްގެ މަައުލޫމާތު ޙިއްސާކޮށްދެއްވުން އެދި ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 ން ހަވީރު 15:30 ށް މިއެސޯސިއޭޝަންގެ ފޯން ނަމްބަރ (3314057) އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.