އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ޅ. ތިލަމާފުށީގައި ރިސޯޓު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް ޤަވާޢިދާ ޚިލާފަށް ކުރުމާއި ގުޅިގެން ސީޓީ އެޓް ތިލަމާފުށި ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާ ކުރުމާގުޅޭ.

ނޫސްބަޔާން

 

ޅ. ތިލަމާފުށީގައި ރިސޯޓު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް ޤަވާޢިދާ ޚިލާފަށް ކުރުމާއި ގުޅިގެން ސީޓީ އެޓް ތިލަމާފުށި ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާ ކުރުމާގުޅޭ.

މި އެޖެންސީގެ ހުއްދަނެތި، ޅ. ތިލަމާފުށީގައި ރިސޯޓު ތަރައްޤީ ކުރުމުގެ ބައެއް މަސައްކަތްތައް ކޮށްފައިވާކަން މި އެޖެންސީއަށް ސާބިތުވާތީ، ޤާނޫނު ނަންބަރ: 4/93 (ދިވެހިރައްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) އިން ލިބިދޭ ބާރުގެ ދަށުން ހަދާފައިވާ ގަވާއިދު ނަންބަރ: 2012/R-27 (ތިމާވެއްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު) ގެ ޖަދުވަލު (ޖ) ގެ 1 ވަނަ ނަންބަރުގެ ދަށުން ގަވާއިދާ ޚިލާފަށް ކުށްކުރި ފުރަތަމަ ފަހަރަށް ކަނޑައެޅިފައިވާ 20،000.00 (ވިހި ހާސް) ރުފިޔާ އިން ސީޓީ އެޓް ތިލަމާފުށި ޕްރައިވެޓް ލިމިޓެޑް  ވަނީ 21 ސެޕްޓެމްބަރު 2022 ގައި ޖޫރިމަނާކޮށްފައެވެ. އަދި، މި ޖޫރިމަނާގެ ފައިސާ އެ ފަރާތުން ވަނީ 22 ސެޕްޓެމްބަރު 2022 ގައި މި އެޖެންސީއަށް ދައްކާފައެވެ.

އަދި، ޅ. ތިލަމާފުށީގައި ރިސޯޓު ތަރައްޤީ ކުރުމަށްޓަކައި ކުރެވިފައިވާ މަސައްކަތްތަކާއި ރަށުގެ ތިމާވެށީގެ މިހާރުގެ ހާލަތު، އީ.އައި.އޭ ކޮންސަލްޓަންޓް އެއް މެދުވެރިކޮށް ވަޒަންކުރުމަށްފަހު ރިޕޯޓެއް ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 (ތިރީސް) ދުވަސް ތެރޭގައި މި އޭޖެންސީއަށް ހުށަހެޅުމަށާއި، ޅ. ތިލަމާފުށީގައި ރިސޯޓު ތަރައްޤީ ކުރުމަށްޓަކައި މިހާރު ކުރެވިފައިވާ މަސައްކަތްތައް އީ.އައި.އޭ މޮނީޓަރިން ޕްލޭންގައި ހިމަނާ އަދި އިސްލާހުކޮށް، އާ މޮނީޓަރިންގ ޕްލޭން ހުށައަޅާނެ ކަމުގެ ލިޔުމެއް 07 ދުވަހުގެ ތެރޭގައި މި އޭޖެންސީ އަށް ހުށަހަޅުމަށް 21 ސެޕްޓެމްބަރު 2022 ގައި ވަނީ އެންގިފައެވެ. 

27 ޞަފަރު 1444      

23 ސެޕްޓެންބަރު 2022
ހޯދާ