ދިވެހިރާއްޖެ
މަޤާމް :ޑީން | |
---|---|
ބޭނުންވާ އަދަދު :1 | |
މަޤާމް: ޑީން (ސްކޫލް އޮފް މެޑިސިން)
މަޤާމުގެ ކްލެސިފިކޭޝަން: އެކެޑެމިކް ބޭނުންވާ ޢަދަދު: 1 މަޤާމުގެ މުއްދަތު: ޢައްޔަނު ކުރާ ދުވަހުން ފެށިގެން 4 އަހަރު ދުވަސް
ލިބޭ އުޖޫރައާއި އެހެނިހެން އިނާޔަތްތައް: 1. މުވައްޒަފަށް ލިބޭ މުސާރަ އާއި އެލަވަންސް
2. ޓެނުއަރޝިޕް އެލަވަންސް: މި އެލަވަންސް ހަމަޖައްސާނީ ފުލް-ޓައިމް އިކްއިވެލަންޓް ސްޓޫޑަންޓުންގެ އަދަދަށް ބަލައި ޑީނުންނާއި ސެންޓަރުތަކުގެ ވެރިން އައްޔަންކުރުމުގެ އުޞޫލުގެ (ރ) ގައިވާގޮތުގެ މަތިނެވެ. 3. ފޯން އެލަވަންސް: މަހަކު -/500 ރުފިޔާ
މަޤާމުގެ އަސާސީ ޝަރުޠުތައް:
ޑީންނުންނާއި ސެންޓަރުގެ ވެރިން ޢައްޔަނު ކުރުމުގެ އުޞޫލު ޔުނިވަރސިޓީގެ ވެބް ސައިޓުން ލިބޭނެއެވެ. URL: https://mnu.edu.mv/wp-content/uploads/2022/09/Deans-Selection-Policy.pdf
އެޕްލިކޭޝަން ފޮނުވަންވީތާރީޚް: 2022 އޮކްޓޫބަރު 2 ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް. https://tinyurl.com/MNU-HR-2022-SM-270 ހުށަހަޅަންޖެހޭ ލިޔުންތައް: 1. މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ. 2. ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް. 3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް. 4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓްފިކެޓެއްނަމަ،އެކްރިޑިޓްކޮށްފައިވާ ސަނަދު. އަދި އަސްލާއެއްގޮތްކަން އެނގޭނެ ތައްގަނޑު ޖަހާފައިނުވާނަމަ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ސެޓްފިކެޓުތަކުގެ އޮރިޖިނަލް ޔުނިވަރސިޓީއަށް ހުށަހަޅާ ވެރިފައި ކުރަންވާނެއެވެ.) 5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (އީމެއިލް އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު ހިމަނައިގެން.) ނޯޓް:
މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345141 ނަންބަރު ފޯނާއެވެ. އީމެއިލް: [email protected] |