ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
                    
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ކުޑަހުވަދޫ މަގުހެދުމުގެ މަޝްރޫޢުގެ ދެވަނަފިޔަވަހީގެ މަސައްކަތަށް ދަތިވާގޮތަށް ހުރިތަކެތި ނެގުމާ ގުޅޭ
                                ދ.ކުޑަހުވަދޫ މަގުހެދުމުގެ މަޝްރޫޢުގެ ދެވަނަފިޔަވަހީގެ މަސައްކަތްތައް ކުރަމުންދާއިރު، އެމަސައްކަތް ކުރާފަރާތަށް ދަތިވާގޮތަށް މަގުމަތީގަޔާއި ހުސްބިންތަކުގައި ޤަވާއިދާހިލާފަށް ބައެއްފަރާތްތަކުން ތަކެތިބަހައްޓުމާއި ތަންތަން އިމާރާތް ކުރާކަންވަނީ ފާހަގަ ކުރެވިފައިވެއެވެ. އަދި އެކަމުގެ ސަބަބުން މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ދަތިވެ މަސައްކަތް ލަސްވުމަށް ދިމާވެފައިވެއެވެ.
ވީމާ، އެމަސައްކަތައް ދަތިވާގޮތަށް ބަހައްޓާފައިވާ ތަކެއްޗާއި އިމާރާތްތައް މިހާރުން މިހާރަށް ނެގުމަށް އިލްތިމާސްކޮށް އަންގަމެވެ. އަދި، މިގޮތައް ޤަވާއިދާއި ޚިލާފަށް ބަހައްޓާފައިވާ ތަކެއްޗާއި އިމާރާތްތަކަށްވާ ގެއްލުމެއްގެ ޒިންމާ މިއިދާރާއިން ނުއުފުލާނެވާހަކަ ދަންނަވަމެވެ.
             20 ސެޕްޓެންބަރު 2022
            
        
                    ހޯދާ  
                
                