ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ / އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް :ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ / އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު :1

މަޤާމު:

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

1

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު

ޑިޕާޓްމަންޓް:

މަރކެޓިންގ

ގްރޭޑް:

5

ސްޕައިން ޕޮއިންޓް:

24

މުސާރަ:

މަހަކު  7,151.26 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު  3,064.83 ރުފިޔާ

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް

ކޮންޓްރެކްޓްގެ މުއްދަތު:

ކޮންޓްރެކްޓް ފެށޭ ދުވަހުން ފެށިގެން 10 މޭ 2023 އަށް

އިނާޔަޔްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުސޫލުން ދެވޭނެއެވެ.

މަގާމުގެ ޝަރުތު:

  • މަސައްކަތުގެ ދާއިރާއިން އެމް.އެންކިޔޫ.އެފް ލެވެލް 7/8 ގެ ސެޓްފިކެޓެއް ލިބިފައިވުން، ނުވަތަ،
  • މަސައްކަތުގެ ދާއިރާއިން އެމް.އެންކިޔޫ.އެފް ލެވެލް 5 ގެ ސެޓްފިކެޓަކަށްފަހު، މަސައްކަތާ ގުޅޭ ދާއިރާއިން 2 އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައިވުން. ނުވަތަ،
  • މަސައްކަތުގެ ދާއިރާއިން ސެޓިފިކެޓް ލެވެލް 4 ގެ ސަރޓިފިކެޓަށްފަހު 5 އަހަރު ދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން

 

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ މަޤާމަށް ޤާބިލު ފަރާތެއް ނުލިބިއްޖެނަމަ، އެޑްމިނިސްޓްރޭޓިވް އޮފިސަރ މަޤާމަށް ފުރުޞަތު ހުޅުވާލަމެވެ.

 

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

1

 

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު

ޑިޕާޓްމަންޓް:

މަރކެޓިންގ

 

ގްރޭޑް:

4

ސްޕައިން ޕޮއިންޓް:

18

 

މުސާރަ:

މަހަކު  5,956.80 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު  2,552.92 ރުފިޔާ

 

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް

 

ކޮންޓްރެކްޓްގެ މުއްދަތު:

ކޮންޓްރެކްޓް ފެށޭ ދުވަހުން ފެށިގެން 10 މޭ 2023 އަށް

 

އިނާޔަޔްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުސޫލުން ދެވޭނެއެވެ.

 

މަގާމުގެ ޝަރުތު:

  1. ސެޓިފިކެޓް ލެވެލް 5/6 ގެ ސަރޓިފިކެޓެއް މަސައްކަތުގެ ދާއިރާއިން ލިބިފައިވުމާއެކު 1 އަހަރުދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،
  2. ސެޓިފިކެޓް ލެވެލް 4 ގެ ސަރޓިފިކެޓްއަށްފަހު 2 އަހަރުދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،
  3. ގްރޭޑް 12 ނިންމާފައިވުމާއެކު، އިދާރީ އަދި އޮފީސް މަސައްކަތުގެ މަދުވެގެން 4 އަހަރު ދުވަހުގެ ޞަރީޙަ ތަޖުރިބާ (ފޯރމަލް ޓްރޭނިންގ އާއެކު) ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • މާކެޓިންގ ޕްލޭންތައް މެނޭޖްކޮށް ތަންފީޒުކުރުމުގައި މާރކެޓިންގ މެނޭޖަރަށް އެހީތެރިވުމާއި ރޭވުމާ އެއްގޮތަށް ބަޖެޓްގެ ތެރޭގައި ކަނޑައެޅިފައިވާ މުއްދަތުގައި ޕްރޮފެޝަނަލްކޮށް ޕްލޭން ތަންފީޒުކުރުން.
  • މާރކެޓިންގ މެނޭޖަރަށް ބޭނުންވާ މާރކެޓް ރިސާޗް ކުރުމާއި، ރިޕޯޓާއި ބްރީފްތަކާއި އަޕްޑޭޓްތައް އެކުލަވާލުން.
  • މާރކެޓިންގެ ޙަރަކާތްތަކާ ގުޅޭ ސިޔާސަތުތައް ތަންފީޒުކުރުމާއި ރިވިޔޫ ކުރުމުގައި މާރކެޓިންގ މެނޭޖަރަށް އެހީތެރިވުން.
  • މާރކެޓިންގ އާ ގުޅޭ މުވައްޒަފުންނަށް އަންގަންޖެހޭ އެންގުންތައް އަންގާ އެހީތެރިވުން.
  • މާރކެޓިންގ އާ ބެހޭ ގޮތުން އެކުލަވާލާފައި ހުންނަ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް ތަންފީޒުކުރުމުގައި އެހީތެރިވުން.
  • މާރކެޓިންގ މެނޭޖަރު އަންގާއެހެން މަރކެޓިންގ ޙަރަކާތްތަކުގައި ބައިވެރިވުން.
  • ޔުނިވަރސިޓީ އާ ދޭތެރޭ މީހުންދެކޭގޮތް ރަނގަޅުކުރުމަށް، ޕީ.އާރު ފުރުޞަތުތައް ހޯދުމަށް ޔުނިވަރސިޓީގެ އެތެރެއާއި ބޭރުގެ ފަރާތްތަކާ ނެޓްވާރކް ކުރުން.
  • ޔުނިވަރސިޓީގެ މީޑިއާގައި ބޭނުން ކުރެވޭ އިވެންޓް ތަކާއި ތަންތަނާއި މިހުންގެ ފޮޓޯއާއި ކުރެހުން ފަދަ ތަކެތީގެ ލިޔުމުގެ ލައިބްރެރީއެއް އެކުލަވައިލައި ކެޓަލޮގްކޮށް ބެލެހެއްޓުން
  • ޔުނިވަރސިޓީގެ ޕްރޮމޯޝަން އާ ބެހޭ ޖަލްސާތަކާއި ކޮމިޓީތަކާއި ޓާސްކް ފޯސް ތަކުގައި ޢަމަލީ ގޮތުންބައިވެރިވުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

2022 ސެޕްޓެންބަރު 29 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.

https://tinyurl.com/MNU-HR-2022-267

 

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ތިރިގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)

https://tinyurl.com/MNU-Job-Application-form-Dhv

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

 

  • މިމަޤާމުގެ ތަޢުލީމީ އަދި މަސައްކަތު ދާއިރާ ކަމުގައި ބަލާނީ މަރކެޓިންގ، މަލްޓިމީޑިއާ އަދި ޕަބްލިކް ރިލޭޝަންސް މިދާއިރާތަކެވެ.
  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

އިތުރު މަޢުލޫމާތު:

  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345136 ނަމްބަރު ފޯނަށެވެ.
21 ސެޕްޓެންބަރު 2022
ހޯދާ