ދިވެހިރާއްޖެ
`
ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލްގެ އިދާރާ
އުލިގަން، ދިވެހިރާއްޖެ.
ނަންބަރ:(IUL)245/245/2022/56
އިޢުލާން
މަސްޖިދު މޫސާ ޢަލީގެ ލޭންޑްސްކޭޕް ހެދުމަށް ބޭނުންވާ ގައު އަޅާ ސަޕްލައިކޮށްދިނުން
އުލިގަމު މަސްޖިދު މޫސާ ޢަލީގެ ލޭންޑްސްކޭޕް ހެދުމަށް ބޭނުންވާ ގައު އަޅާދީ އިދާރާއަށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މި މަސައްކަތާއި ގުޅޭ ބީލަން ފޮތް މި އިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައި ވާނެއެވެ. އަދި މިމައުލޫމާތުތަކުގެ އިތުރުން މައުލޫމާތެއް ސާފްކުރުމަށް ބޭނުންވާނަމަ 29 ސެޕްޓެމްބަރު 2022، 14:00ގެ ކުރިން ތިރީގައިވާ އީމެއިލް އަށް މެއިލްކޮށްގެން ނުވަތަ ނަންބަރު: 6500036، 6501013 ފޯނާއި ގުޅުއްވާގެން މައުލޫމާތު ސާފްކުރެއްވުން އެދެމެވެ.
ބީލަމުގައި ރަޖިސްޓަރީ ވުމަށާއި މަޢުލޫމާތު ސާފުކުރުމަށް [email protected] އަށް މެއިލްކުރުން އެދެމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2022 ސެޕްޓެމްބަރު 22ން 29 ސެޕްޓެމްބަރު 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ބީލަމުގައި ރަޖިސްޓަރީ ވުމަށްފަހު، 2022 އޮކްޓޫބަރު 5 ވާ ބުދަ ދުވަހުގެ 13:30 އަށް މި އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުން އެދެމެވެ.
މިހެންވެ މިކަންއާއްމުކޮށްއެންގުމަށްޓަކައި އިޢުލާންކުރީމެވެ.
25 ޞަފަރު 1444