ދިވެހިރާއްޖެ
މި ސެންޓަރުގެ 2014 ވަނަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާއަށް 700 މީހުންނަށް ރިފްރެޝްމެންޓް ތައްޔާރުކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާން ނަންބަރު IUL)CHSE-SMT/1/2014/31)ފ(16 އޮކްޓޫބަރު 2014) ގައި މަޢުލޫމާތު ސާފުކުރުމަށްފަހު ބިޑް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ 3 ފަރާތް ނެތުމުގެ ސަބަބުން އެއިޢުލާން ބާޠިލުކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ.
އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުން ސަމާލުކަންދޭންވީ ކަންތައްތައް:
- ކޯޓޭޝަނުގައި ޖީ.އެސް.ޓީ ވަކިން އެނގޭގޮތަށް މުޅިޖުމްލަ އަގު ބަޔާންކޮށްފައި އޮންނަންވާނެއެވެ.
- އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ.
- އަންދާސީހިސާބު ހުށަހަޅަން ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް ނުވަތަ ކޮންމެ ކޮމްޕެނީއަކަށްވެސް ހުށަހެޅޭނީ އެންމެ އަންދާސީހިސާބެކެވެެ.
- ހުށަހަޅާ ފަރާތުގެ މަޢުލޫމާތު: ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރަޖިސްޓްރޭޝަނުގެ ކޮޕީ، މިމަސައްކަތާ ގުޅިގެން ކުންފުނީގެ ފަރާތުން މުޢާމަލާތު ކުރާނެ ފަރާތުގެ ނަން، މަޤާމު އަދި ފޯނު ނަންބަރު ހިމަނަންވާނެއެވެ.
ހުށަހަޅަންޖެހޭ ތަކެތި:
- މީގެކުރިން ކުރެއްވި މިބާވަތުގެ މަސައްކަތުގެ ލިޔުމެއް
- ކުންފުންޏެއްނަމަ ކުންފުނީގެ ޕްރޮފައިލް ހުށަހެޅުން
- އަމިއްލަ ފަރާތެއްނަމަ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ޖީ.އެސް.ޓީއަށް ރަޖިސްޓަރީ ކޮށްފައިވާ ސެޓުފިކެޓު އޮފް ރަޖިސްޓްރޭޝަނުގެ ކޮޕީ
- އިތުރު ސަޕޯޓިންގ ލިޔުމެއްވާނަމަ ހުށަހެޅުން
ޕޮއިންޓް ދެވޭގޮތް:
- އަގަށް: %85
- ތަޖުރިބާ:
ތަޖުރިބާއަށް ބަލައި ޕޮއިންޓް ދެވޭނެ މިންގަނޑު:
މަސައްކަތުގެ އަދަދު |
ޕޮއިންޓް |
1 - 5 |
05 |
6 - 10 |
10 |
11 ނުވަތަ އެއަށްވުރެ މަތި |
15 |
ނޯޓް: މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަނަށް ލިބިގެންވެއެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވަން އެދި ވަޑައިގަންނަވާ ފަރާތްތަކުން 04 ނޮވެންބަރު 2014 ވާ އަންގާރަ ދުވަހުގެ 10:30 އަށް ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަނަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުވުން އެދެމެވެ. އަދި ކޯޓޭޝަން ހުޅުވުމަށްހަމަޖެހިފައިވަނީ 09 ނޮވެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 10:30 އަށް ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަނަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. މިގަޑިއަށްފަހު ލިބޭ ހުރިހާ ކޯޓޭޝަންތައް ބާޠިލުވާނެއެވެ.
06 މުޙައްރަމް 1436