ދިވެހިރާއްޖެ
މި އިދާރާގެ ވެބްސައިޓް ފަރުމާކޮށްދޭނެ ފަރާތެއްހޯދުމަށް ކުރެވުނު ނަންބަރު (IUL)232-AG/232/2022/29 ( 25 އޮގަސްޓް 2022 ) އިޢުލާނާއި ގުޅިގެން ބިޑް ހުށަހަޅާފައިވަނީ 5 ފަރާތަކުންނެވެ. ހުށަހެޅިފައިވާ ބިޑްތައް، މާލިއްޔަތު ޤަވައިދުގައިވާ ގޮތުގެމަތިން އެކުލަވާލެވިފައިވާ އިވެލުއޭޝަން ކޮމިޓީއާއި ބިޑް ކޮމެޓީން ބަލަންޖެހޭ ކަންތައްތަކަށް ބެލުމަށްފަހު، މި އިދާރާގެ ވެބްސައިޓް ފަރުމާކޮށްދިނުމުގެ މަސައްކަތް ހޭޝް މޯލްޑިވްސް އާއި ހަވާލުކުރުމަށް ހަމަޖެހިފައިވާކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ.
މި އިޢުލާންކުރާ ތާރީހުން ފެށިގެން ސްޓޭންޑް- ސްޓިލް މުއްދަތު ގުނަން ފެށޭނެއެވެ. މި ސްޓޭންޑް- ސްޓިލް މުއްދަތު ތެރޭގައި،
- ބިޑު ހުށަހެޅި ފަރާތްތަކުން ހުށަހަޅާފައިވާ ބިޑުގެ އިވެލުއޭޝަން ކުރިއަށް ގެންގޮސްފައިވާ ގޮތުގެ ތަފްސީލަށް އެދެވިދާނެއެވެ. އަދި،
- މި ބީލަން، އެހެން ފަރާތަކާއި ޙަވާލުކުރުމާމެދު އެއްވެސް ޝަކުވާއެއް ހުށަހަޅަން ބޭނުންވާނަމަ، ޝަކުވާ ހުށަހެޅޭނެއެވެ.
މަތީގައި ދެންނެވުނު ކަންތައްތައް ކުރިއަށް ގެންދަންވާނީ ދައުލަތުގެ މާލިއްޔަތުގެ ޤަވައިދުގެ 10.53 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން 5 (ފަހެއް) ދުވަހުގެ ތެރޭގައެވެ.
1. ބީލަން ޙަވާލު ކުރަން ނިންމާފައިވާ ފަރާތް:-
ކުންފުނީގެ ނަން:- |
ހޭޝް މޯލްޑިވްސް |
ހުށަހަޅާފައިވާ އަގު:- |
69999.00 (ފަސްދޮޅަސް ނުވަހާސް ނުވަސަތޭކަ ނުވަދިހަ ނުވަ ރުފިޔާ) |
މުއްދަތު |
60 ދުވަސް |
ހުށަހަޅާފައިވާ ބިޑުގެ އިވެލުއޭޝަން ކުރިއަށް ގެންގޮސްފައިވާ ގޮތުގެ ތަފްސީލް ނުވަތަ ބީލަމާއި ގުޅިގެން ޝަކުވާ ހުށަހެޅުމަށް ކަނޑައެޅިފައިވާ އެންމެ ފަހު ތާރީޚަކީ 28 ސެޕްޓެމްބަރ 2022 ވަނަ ދުވަހުގެ 14:00 އެވެ. މި ތާރީޚްގައި ސްޓޭންޑް-ސްޓިލް މުއްދަތު ހަމަވާނެއެވެ. ޝަކުވާ ނުވަތަ އިވެލުއޭޝަންގެ ތަފްސީލް ހޯދުމަށް އެދޭއިރު، މަސައްކަތުގެ ނަން، ބީލަންވެރިޔާގެ ނަން، ގުޅޭނެ ފޯނު ނަންބަރު އެނގޭނެހެން ތިރީގައިވާ އީ.މެއިލްއަށް، ހުށަހަޅަންވާނެއެވެ.
އީ.މެއިލް : [email protected]
ފޯން ނަންބަރު :- 6644234