މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
To hire an Export & Import Agent for a period of 2 Years

 

 

                                                           (IUL)MMPRC-PRO/1/2022/6I :ނަންބަރ                                                                  

 

އިޢުލާން

 

މިކޯޕަރޭޝަންގެ ފަރާތުން ރާއްޖެއިން ބޭރުގައި ބައިވެރިވާ ފެއަރ، ރޯޑް ޝޯ އަދި އެހެނިހެން އިވެންޓްތަކަށާއި ފަރާތްތަކަށް ފޮނުވާ ޕްރޮމޯޝަނަލް މެޓީރިއަލްސް ފަދަ ތަކެތި އެއަރޕޯޓަށް ގެންދިއުމާއި، އަދި ބޭރުގެ އެކި ފަރާތްތަކުން މިކޯޕަރޭޝަނަށް ފޮނުވާ ތަކެތީގެ ކަސްޓަމް ކްލިއަރެންސްއާއި ގުޅޭ އެންމެހާ ކަންތައްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު އިއުލާނަށް (ނަންބަރު: (IUL)MMPRC-PRO/1/2022/20) ޝަރުތު ހަމަވާ ފަރާތެއް އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ އެ އިއުލާން ބާޠިލުކޮށް އަލުން އެ ފުރުސަތު ހުޅުވާލަމެވެ.

ވީމާ މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2022 ސެޕްޓެމްބަރ 27 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ބިޑް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. އަދި 2022 އޮކްޓޯބަރ 04 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް، ހ. ޒޮނާރިއާގެ ހަތަރުވަނަ ފަންގިފިލާގައި ހުންނަ މި ކޯޕަރޭޝަންގެ އޮ ފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.  މި އިޢުލާން އާއި އެކު މަޢުލޫމާތު ކަރުދާސް އެޓޭޗް ކުރެވިފައި ވާނެއެވެ. އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 2022 އޮކްޓޯބަރ 02 ވާ އާދީއްތަ ދުވަހުގެ މެންދުރު ފަހު 13:00 ގެ ކުރިން ތިރީގައި ބަޔާންކުރެވިފައިވާ މި ކޯޕަރޭޝަންގެ އީމެއިލް އެޑްރެސްއަށް އީމެއިލްކުރެއްވުން އެދެމެވެ.

އީމެއިން އެޑްރެސް: [email protected] copy to [email protected]

ނަން: ހަސަން ޝަހީލް

މަޤާމް: ޖެނެރަލް މެނޭޖަރ، ޕްރޮކިއުމެންޓް

 

                                                                   24 ޞަފަރް 1444

                                                                  20 ސެޕްޓެމްބަރު 2022               

 

20 ސެޕްޓެންބަރު 2022
ހޯދާ