ދިވެހިރާއްޖެ
މުލަކަތޮޅު ރަތްމަންދޫ ކައުންސިލްގެ އިދާރާ
ރަތްމަންދޫ، ދިވެހިރާއްޖެ. ނަމްބަރ: (IUL)362/362/2022/23
މުލަކަތޮޅު ރަތްމަންދޫ ފުޓްސަލް ދަނޑާއި ކުޑަކުދިންގެ ޕާރކް އަޅުމަށް ކަނޑައަޅާފައިވާ 2 ބިން ސާފުކުރާނެ ފަރާތެއް ހޯދުމާއި ގުޅޭ
މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވާމަންޓް އިން ރަތްމަންދޫގައި ތަރައްޤީ ކުރުމަށް ނިންމަވާފައިވާ ފުޓްސަލް ދަނޑާއި ކުޑަކުދިންގެ ޕާރކް އެޅުމަށް ކަނޑައަޅާފައިވާ ބިންތައް ސާފުކުރުމުގެ މަސައްކަތް ކުރުމަށް ޝައުގުވެރިވެލައްފާ ފަރާތްތަކުން ތިރީގައިވާ ގޮތުގެ މަތިން ރަތްމަންދޫ ކައުންސިލްގެ ޖަލްސާ ކުރާ މާލަމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ޢަންދާސީ ހިސާބު ހުށަހުޅުއްވުން އެދެމެވެ.
- ފުޓްސަލް ދަނޑު ބޮޑުމިން '146 * '93
2. ކުޑަކުދިންގެ ޕާރކު ބޮޑުމިން '130 * '35
މިބީލަން ހުޅުވާލެވިފައިވަނީ ނަންބަރު: 18/2014 "ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު" ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، ނަންބަރު: 19/2014 " އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު " ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 02 އޮކްޓޯބަރ 2022 ވަނަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 09 އޮކްޓޯބަރ 2022 ވަނަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުނުވާ ފަރާތްތަކާއި، އަންދާސީ ހިސާބު ހުށަހެޅުމަށް ގަޑިޖެހިގެން ޙާޟިރުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށާ އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އަންދާސީ ހިސާބު ހުށަހަޅާފަރާތުގެ ސިޓީއާއެކު ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއާއި ބަދަލުގައި އަންނަފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
24 ޞަފަރު 1444
20 ސެޕްޓެމްބަރ 2022