ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މި ކޯޕަރޭޝަންގެ 2021 ވަނަ އަހަރުގެ ފައިނޭންޝަލް އޮޑިޓު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

 

ގަވާއިދު ނަންބަރު 2021/R-152 ދައުލަތުގެ ހިއްސާ އޮންނަ ކުންފުނިތައް އޮޑިޓް ކުރުމާބެހޭ ގަވާއިދާ އެއްގޮތަށް މި ކޯޕަރޭޝަންގެ 2021 ވަނަ އަހަރުގެ ފައިނޭންޝަލް އޮޑިޓު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މި މަސައްކަތަށް ބޭނުންވަނީ ޕަބްލިކް އިންޓަރެސްޓް އެންޓިޓީ އޮޑިޓަރެއްގެ ގޮތުގައި، އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގައި ރަޖިސްޓްރީ ކޮށްފައިވާ އޮޑިޓް ފާމެކެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވަލާ އެއްގޮތަށް މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު، މި ކޯޕަރޭޝަންގެ މ.ކަނީރުވިލާ އެއްވަނަ ފަންގިފިލާ އޮފީހަށް ވަޑައިގެން، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. 

      

ދުވަސް

ތާރީޚް

ވަގުތު

މަޢުލޫމާތު ސާފުރުން

އަންގާރަ

27 ސެޕްޓެންބަރު 2022

14:00

އަންދާސީހިސާބު ހުށަހެޅުން

ހޯމަ

03 އޮކްޓޫބަރު 2022

14:00

މަޢުލޫމާތު ސާފުކުރައްވަން ގަޑިއަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި، އަންދާސީހިސާބު ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައި ނުގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ. އަދި ފޯނު މެދުވެރިކޮށްނަމަ 3330587  އަށް ގުޅުއްވުން އެދެމެވެ.

20 ސެޕްޓެންބަރު 2022
ހޯދާ