ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސްޓީއޯ ސ. ހިތަދޫ ގުދަނުގެ، ބިންގަނޑު ލެވެލްކޮށް، ކޮންކްރީޓް ފްލޯރިންގ އަޅައިދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ.

އެސްޓީއޯ ސ. ހިތަދޫ ގުދަނުގެ، ބިންގަނޑު ލެވެލްކޮށް، ކޮންކްރީޓް ފްލޯރިންގ އަޅައިދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ. ވީމާ، މިބާވަތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި ޢަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

މަސައްކަތުގެވެރިފަރާތް:   ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ. 

ރަޖިސްޓަރީކުރުން:   ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވެލައްވާ ބޭފުޅުން 2022 ސެޕްޓެމްބަރ 28، ވަނަ ދުވަހު 1400 ގެ ކުރިން އީމެއިލް މެދުވެރިކޮށް،  [email protected] އަށް، ތިރީގައިވާ މަޢުލޫމާތު ހިމެނޭގޮތަށް ފޮނުވައި ރަޖިސްޓަރީ ކުރައްވަންވާނެއެވެ.

  • މި މަސައްކަތުގެ އިޢުލާން ނަންބަރު:
  • ކުންފުނި/ ވިޔަފާރީގެ ނަން:
  • ގުޅޭނެ ފަރާތެއްގެ ނަމާއި ފޯނު ނަންބަރު:
  • އީމެއިލް އެޑްރެސް: 

ނޯޓް: ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު ނޯންނާނެވާހަކަ ދެންނެވީމެވެ.

ބީލަންކަރުދާސްދޫކުރުން: ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2022 ސެޕްޓެމްބަރ 28، ވަނަ ދުވަސް ނިމުމުގެ ކުރިން އީމެއިލުންނެވެ.

މައުލޫމާތުދިނުން: ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް 2022 ސެޕްޓެމްބަރު 29، ވަނަ ދުވަހު 1400 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސް.ޓީ.އޯ ސ. ހިތަދޫ ފިހާރައިގައި އޮންނާނެއެވެ.

ސުވާލާއިޖަވާބު: ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް، 2022 އޮކްޓޯބަރ 02، ވަނަ ދުވަހުގެ 1400 ގެ ކުރިން، [email protected] އީމެއިލް އަށް ފޮނުވަންވާނެއެވެ. އަދި 2022 އޮކްޓޯބަރ 03، ވަނަ  ދުވަސް ނިމުމުގެ ކުރިން އީމެއިލުން ޖަވާބުދާރީ ވެވޭނެއެވެ. 

ބީލަން ހުށައެޅުން:ބީލަން ހުށައެޅުމުގެ ސުންގަޑިއަކީ 2022 އޮކްޓޯބަރ 06، ވަނަ ދުވަހު 1400 އެވެ. ބީލަން ހުށަހަޅަން ޖެހޭނީ އީމެއިލް މެދުވެރިކޮށް އެސްޓީއޯގެ [email protected] އީމެއިލް އަށެވެ. ބީލަން ހުށައެޅުމުގެ ސުންގަޑީގެ ފަހުން ލިބިފައިވާ އެއްވެސް ބީލަމެއް ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.

 

އިތުރުމަޢުލޫމާތުހޯއްދެވުމަށްގުޅުއްވާނީ:

ފޯނު: 3344262

އީމެއިލް:[email protected]

 

20 ސެޕްޓެންބަރު 2022
ހޯދާ